ތިބާގެ ކުށަކާހުރެ ކަރުނައަޅަން އަނބިންނަށް ނުޖައްސުވާށެވެ! ތިބާގެ ކުށަކާއިމެދު އަނބިން ކުރާ ޝަކުވާ ވަޤުތުން އައްސަވައިވޮޑިގެންވާކަން ޤުރްއާނުން އެނގެން އެބައޮތެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތިބާގެ ކުށަކާހުރެ ކަރުނައަޅަން އަނބިންނަށް ނުޖައްސުވާށެވެ! ތިބާގެ ކުށަކާއިމެދު އަނބިން ކުރާ ޝަކުވާ ވަޤުތުން އައްސަވައިވޮޑިގެންވާކަން ޤުރްއާނުން އެނގެން އެބައޮތެވެ!: މުފްތީ މެންކް

އަނބިންގެ ތެރޭގައިވެސް ފިރިންގެ ތެރޭގައިވެސް ތިބޭނީ ރަނގަޅު މީހުންނާއި ނުބައި މީހުންނެވެ. އެއީ އެކަން އޮންނާނެ ގޮތެވެ. ކޮންމެ މީހަކުވެސް ބަލަންވީ ތިމާއަކީ ރަނގަޅު މީހަކު ކަމުގައިވުމަށެވެ. އެއިރުން އެމީހަކު ހުންނާނީ ރަނގަޅު މަގުގައެވެ. އިން ޝާ ﷲ.  

ކައިވެނިކުރުމަށްފަހު ގިނަ ފިރިންނަށް އަނބިމީހާ އާއި މެދު ވިސްނެނީ ހަމައެކަނި އަނބިމީހާގެ ގޮތުގައެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. އޭނާގެ ކުރިއަށް މާލޮބުވެތިކަންބޮޑު ދަރަޖައެއް ވެއެވެ. އެއީ އޭނާއަކީ މިވެނި ބައްޕައަކާއި މިވެނި މަންމައަކު އެންމެ ލޯބިވާ ދަރިފުޅުކަމެވެ. 

އަނބިންނަށް ނުބައިބަސްތައް ބުނެ ހިތުގައި ނުޖައްސަންވީ އެސަބަބަށްޓަކައެވެ. އަހުރެންގެ އަނބިމީހާވެސް ރޮޔެވެ! އެކަމާއިދެރަވެ ކަންބޮޑުވެގެން ތިއަރޮނީ ކީއްވެގެންތޯ ސުވާލުކުރީމާ އަނބިމީހާ ބުނަނީ ރޮނީ ހިތްދަތިވެގެން ނޫން ކަމަށާއި އުފަލުން ކަމަށެވެ.  

އުފަލުން ރޯނަމަ އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ފިރިމީހާ ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން ހިތްދަތިވެގެންރޯނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުގެ ޒިންމާ އުފުލަން ފިރިންނަށް ޖެހޭނެއެވެ. އަދި އެކަން އަނބުރާ އައިސް އެމީހަކާއި ބައްދަލުވެސް ކުރާނެއެވެ.  

ފިރިންގެ ނުބައިކަން ބޮޑުވެގެން ޝަކުވާކުރަން ކޯޓަށްދާން ޖެހިއްޖެނަމަ ނުވަތަ މައިންބަފައިންގެ ގާތަށްދާންޖެހިއްޖެނަމަ އެއީ ވަރަށް ނުރައްކައުތެރިކަމެކެވެ. އޭނާއެކުރާ ޝަކުވާގެ އަޑު ވަޤުތުން އައްސަވައިވޮޑިގެންވެއެވެ.  

މިހެން މިބުނަނީ ފިރިމީހާގެ ޢަމަލުތަކާއިބެހޭގޮތުން ޝަކުވާކުރައްވަން ރަސޫލް ގެ އަރިއަހަށް ވަޑައިގެންނެވި ޞަހާބީ، ޙައުލާ (ރޢ) ކުރެއްވެވި ޝަކުވާގެ އަޑު އައްސަވައިވޮޑިގެން ވަޤުތުން ޤުރްއާނުގެ އާޔަތް ބާވައިލެއްވެވީތީއެވެ. ވީމާ މިއީ ޝައްކުރަންޖެހޭ ކަމެއް ނޫނެވެ.  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން