އަންހެނުންގެ ފައިތިލަ ނިވާކުރަންޖެހޭނެ!: ޝައިޚް ޢަބްދުއްސަލާމް ދާވޫދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އަންހެނުންގެ ފައިތިލަ ނިވާކުރަންޖެހޭނެ!: ޝައިޚް ޢަބްދުއްސަލާމް ދާވޫދު

މިހާރަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން އެބަފެނޭ ބުރުގާ އަޅާ ކުދިންވެސް ފައި ނިވާ ނުކޮށް އުޅޭތަން. ހާއްސަކޮށް ފައިތިލަ، އިސްޓާކީނު ނުލާ ނުވަތަ ނިވާ ނުކޮށް އުޅޭތަން.  

ހަޤީގަތުގަ އިސްލާމްދީނުގައި އައުރަ ނިވާކުރުމަށް އައިސްފައިވަނީ ފިރިހެނުންނާއި އަންހެނުން. އެހެންނަމަވެސް އަންހެނުންގެ ހަށިގަނޑުން ބޮޑުބައެއް ނިވާކުރުމަށް އަންގަވާފަވަނީ. އޭގެ ހަޤީގީ ސަބަބަކީ އިންސާނާ ޚަލްޤު ކުރެވިފައިވާ ޠަބީއަތާ ގުޅިގެން އަންހެނާގެ ނާޒުކުކަމާއި އެކަނބުލޭގެ ހަށިގަނޑަށް ލެނބުން ފިރިހެނުންގެ ކިބައިގައި ބޮޑުވާނެތީ. 

އެ ނިވާވުން ފުރިހަމަ ކުރުމަށްޓަކާ ބުރުގާ އަޅަމުންދާއިރުގަ ހުރިހާ އަންހެންކުދިންވެސް ނުވަތަ ހުރިހާ އަންހެނުންވެސް ރައްކާތެރިވާންޖެހޭނެ ފުރިހަމައަށް ނިވާވެ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް ނިވާވެގެން ހުރުމަށް.  

އެގޮތުން ތަޤުވާވެރިކަމުގެ ލިބާހަކީ އެއީ ހުރިހާ އިރެއްގައިވެސް ފުރިހަމައަށް ނިވާވަމުން ގެންދިއުން. އެގޮތުން ފައިތިލަ ކަމުގައިވިޔަސް އަދި ހަށިގަނޑުގެ ގުނަވަންތައް ކަމުގައި ވިޔަސް ރައްކާތެރިކަމާއެކު ނިވާކުރުމަށް ފަރުވާތެރިވާންޖެހޭނެ. 

- ޝައިޚް ޢަބްދުއްސަލާމް ދާވޫދު

މިއަދު އޮންލައިން