ސިޙުރު ޖެހުމުން ގިނަ ބައަކަށް މިކަންކަން ކުރިމަތިވާނެ! ސަލާމަތްވުމަށް އަވަހަށް މަސައްކަތްކުރަން ފަށަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ސިޙުރު ޖެހުމުން ގިނަ ބައަކަށް މިކަންކަން ކުރިމަތިވާނެ! ސަލާމަތްވުމަށް އަވަހަށް މަސައްކަތްކުރަން ފަށަންވާނެ!

ސިޙުރު ޖެހުމުން ފެންނާނެ ޢަލާމާތްތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންކަމުން މިގެނެސްދެނީ ސިޙުރު ޖެހުމުން ފެންނާނެ ބައެއް ޢަލާމާތްތަކެވެ.  

"ސިޙްރު" ގެ މާނައަށް ބަލައިފިނަމަ އެއީ ސިއްރުން ކުރެވޭ ކަންތައްތަކަކަށް ކިޔާ ނަމެއް ކަމަށްވެސް ބުނެވެއެވެ. އެއީ ސިޙްރުހަދާމީހުން އެކަންކުރާނީ ވަރަށް ސިއްރުން ކަމުގައިވާތީއެވެ. ސިޙްރު ހަދާ މީހުންނަކީ މާވަރުގަދަ ބައެއް ކަމަށް ބެލެވުނު ނަމަވެސް އެއީ އެންމެ ބޮޑެތި ފިނޑިންނެވެ. ސަބަބަކީ އެމީހުން އެހެން މީހުންނަށް ގެއްލުންދެނީ ފިލައި ފޮރުވިގެންތިބެކަމަށްވާތީއެވެ.  

ބޮޑެތި ސިޙްރުތައް ހެދުމަށް ޤަބުރުސްތާނުތައް ބޭނުންކުރެއެވެ. ޤަބުރުސްތާނުގައި ތިބެގެންވެސް ސިހުރު ހަދައެވެ. ސިހުރު ހަދަން ޤަބުރުސްތާނުގައި ތަކެތި ވަޅުލައެވެ. ޤަބުރުސްތާނުން ތަކެތި ނަގައިގެންވެސް ސިހުރު ހަދައެވެ. އަދި މަހާނަކޮނެ މައްޔިތުންގެ ކަށްޓާއި ގުނަވަންތައް ނަގައިގެންވެސް ސިހުރު ހަދަން ބޭނުންކުރެއެވެ. ޤަބުރުސްތާނާއި ގުޅުވައިގެން ސިހުރު ހަދާ ކަމަށް ބެލެވެނީ އެންމެ ނުބައި ސިހުރު ހަދާ މީހުންނެވެ.  

މިފަދަ ގޮތަކަށް ސިހުރު ހަދައިފިނަމަ ބިރުވެރި ހުވަފެން ފެނުން ގިނަވާނެއެވެ. ނިދީގައި އާދައާއި ޚީލާފަށް އަޑުގަދަކުރެވޭނެއެވެ. ކިތަންމެ ގިނައިން ނިދި ނަމަވެސް ނިދީގެ ވަރުބަލިކަމެއް ނުފިލާނެއެވެ. އަބަދުވެސް ހުންނާނީ ނިދަން ބޭނުންވެފައެވެ.  

ނިދީގައި (ހުވަފެނުގައި) ޢާދައާއި ޚިލާފަށް ގިނައިން މަރުވެފައިވާ މީހުން ފެންނާނެއެވެ. އަދި ދިރިތިބި މީހުން މަރުވެގެން އުޅޭތަންވެސް ފެންނާނެއެވެ. އަދި ތިމާ މަރުވެގެން އުޅޭތަންވެސް ފެނިދާނެއެވެ. މަހާނަތަކާއި ޖަނާޒާތައްވެސް ފެންނާނެއެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ގިނައިން ފެންނާނީ މަރުވުމާއި ގުޅުންހުރި ކޮންމެވެސް ކަމެކެވެ.  

ހަމައެއާއިއެކު ދިރިހުރި ނަމަވެސް އުޅޭނީ މަރުވެފައި ތިބޭ މީހުންގެ މިސާލުގައެވެ. އަބަދުވެސް ހުންނާނީ ވަރުބަލިވެފައެވެ. އެއްވެސް ކަމެއް ކުރާހިތް ނުވެ މާޔޫސްކަމުގައެވެ.  

ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކްރްތައް ކިޔައިގެން ނިދާފައި އޮއްވާ މިބާވަތުގެ ހުވަފެންތައް ފެންނަ ނަމަ އެއީ ހަމަ ވަރަށް ބޮޑު މައްސަލައެކެވެ. އެއްގޮތަކަށްވެސް އަޅައިނުލައި ދޫކޮށްލައިގެން ނުވާނެއެވެ. އަވަހަށް ގޮސް ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.

 

- މައްލޫމާތު: ސިހުރުން ސަލާމަތްވުމަށް މަގެއް

 

މިއަދު އޮންލައިން