ރަނގަޅު ނިމުމަކަށް އެދޭމީހާއަށް ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަން ނުފެށި ހުއްޓާ 60 އަހަރުވެއްޖެނަމަ ހުރިހާ ކަމެއް ބަހައްޓާފައިވެސް އެކަމަށް މަސައްކަތް ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަނގަޅު ނިމުމަކަށް އެދޭމީހާއަށް ޤުރްއާން ހިތުދަސްކުރަން މަސައްކަތްކުރަން ނުފެށި ހުއްޓާ 60 އަހަރުވެއްޖެނަމަ ހުރިހާ ކަމެއް ބަހައްޓާފައިވެސް އެކަމަށް މަސައްކަތް ފަށާށެވެ!

އަބަދުވެސް އެންމެ ބޮޑަށް ސަމާލުކަންދޭން އޮތީ މަރަށް ތައްޔާރުވުމަށެވެ. އެެހންކަމާއިއެކުވެސް 60 އަހަރުވަންދެން ދުނިޔޭގައި ހުރެވިއްޖެނަމަ މަރަށް ތައްޔާރުވަން ކުރާ މަސައްކަތް އިތުރުކުރާށެވެ! "މެކްހަށް" ޖަހާށެވެ! 

މިއުންމަތުގެ މީހުންގެ ޢުމުރަކީ 60 އަހަރާއި 70 އަހަރު ކަމަށް ބުނެވެނީ އެއިގެ ކުރިން މަރުނުވާނެތީއެއް ނޫނެވެ. އެއީ ޢާންމު ގޮތެއްގައި އެންމެ ދިގު ޢުމުރުކަމަށް ބަލައިގެންނެވެ. ﷲ ތަޢާލާ އިރާދަކުރައްވަވާ މުއްދަތަކަށް ޢުމުރު ދިގުކުރެއްވެވުމަކީ މުޅިން ތަފާތު ކަމެކެވެ. 

ވީމާ 60 އަހަރުވުމުން ދުނިޔެއާއިގެން އޮޅުލުން ނިމުމަކަށް ގެންނާށެވެ. އެއިގެ މާނައަކީ ދިރިއުޅެން އެއްވެސް މަސައްކަތެއް ނުކުރުމެއް ނޫނެވެ. ދިރިއުޅެން ކުރާ މަސައްކަތަށްވުރެ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް ބޮޑުތަނުން އިތުރުކުރުމެވެ.  

ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތްކުރަން ފަށަންވީ ޢުމުރުން ދުވަސްވުމަކުން ނޫނެވެ. އެންމެ ޒުވާން ޢުމުރުގައެވެ. އެހެންކަމާއިއެކުވެސް ކަންކަން ދިމާވާގޮތަކުން އެކަމަށް މަސައްކަތް ނުފަށައި ހުއްޓާ 60 އަހަރަށް އަޅައިގެންފިނަމަ އެވަހަށް އެކަމަށް މަސައްކަތްކުރަން ފަށާށެވެ. އިން ޝާ ﷲ އެއިރުން އެމީހަކު ދުނިޔެއާއި ވަކިވާނީ އެކަމަށް މަސައްކަތްކުރުންމަތީގައެވެ. އެއީ އެމީހަކަށް ލިބޭނެ ވަރަށް ރަނގަޅު ނިމުމެކެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

 

މިއަދު އޮންލައިން