އިސްތިޚާރާ ކުރަންފަށަންވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިސްތިޚާރާ ކުރަންފަށަންވާނީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން-

ބައެއް މީހުން ހަމަހުރެފައި އިސްތިޚާރާކުރަން އެބަފަށައެވެ. ބައެއް މީހުން އިސްތިޚާރާ ކުރަނީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވެސް ނުވާޙާލުގައެވެ. އުޅޭނެ ގޮތަކަށް އުޅެމުންނެވެ.  

އެފަދަ މީހުން ވިސްނައިލާށެވެ! އިސްތިޚާރާ ކުރުން ކަމަށް ބުނެވެނީ ތިމާއަށް އަމިއްލައަށް ގޮތް ނިންމަން ނުއެނގޭ، ނުވަތަ ވަކިގޮތެއް ނިންމަން އުނދަގޫވާ ކަންކަމުގައި ޢަމަލުކުރާނެ ގޮތެއްގެ ހެޔޮވިސްނުން ދެއްވެވުން އެދިގެންނެވެ.  

އެހެންކަމަށްވާއިރު ފުރަތަމަ ކަމަކަށް ތިމާއަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދެން ލަދުވެތިވާން ނުޖެހޭނެ މީހަކަށްވާންޖެހޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ. ސުންނަތް ނަމާދުތައް ކުރަންފަށާށެވެ. ޚާއްޞަކޮށް ދަމުނަމާދުކުރަމުން ގެންދާށެވެ. ގިނަގިނައިން ޛިކުރުތައް ކިޔާމީހަކަށްވާށެވެ! ޖުމުލަގޮތަކަށް ބުނާނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ އަޅަކަށްވާށެވެ!  

މިކަންކަމަކީ ހަމައެކަނި އިސްތީޚާރާ އާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. ދުޢާ ޢިޖާބަކުރެއްވެވުމާއި ގުޅިފައިވާ ކަންކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

އިޝްތިޚާރާ ނަމާދުކުރަންވީ ކިހާދުވަހަކުތޯ؟ ނަތީޖާ އެނގޭނީ ކިހިނެއްތޯ؟ 

ތިމާއަށް ކަމެއް ނިންމަން އުނދަގޫ ވެގެން އިޝްތިހާރާ ނަމާދު ކުރާނަމަ ކުރަންވީ މުއްދަތަކާއި އަދި އިސްތިޚާރާ ކުރާ މީހަކަށް ރަނގަޅު ވިސްނުން ލިބުނުކަން އެނގޭނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  

ޖަވާބަކީ: އެކަމެއް ވަކިކޮޅެއްގައި ޖެހި ނިމެންދެން އިޝްތިހާރާމަތީގައި ދެމި ހުންނާށެވެ. އެއީ ރަނގަޅު ކަމެއް ނަމަ އެކަމެއް ކުރުމުގެ މަގު ފަސޭހަވެގެން ދާނެއެވެ. ނުބައި ކަމެއް ނަމަ އެކަމުން ދުރުހެލި ވެވޭނެއެވެ. (ސަބަބު ތަކުގައި ހިފަންވާނެއެވެ. އެގޮތުން އެކަމަކަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ.) 

- ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުލްލަތީފް

 

 

މިއަދު އޮންލައިން