ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާ ރަހްމަތަށް އެދިގެން ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމާ ރަހްމަތަށް އެދިގެން ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެއް!

ﷲ ތަޢާލާގެ ޙަޟްރަތުން ލޯބިވެވޮޑިގަތުމާއި ރަޙްމަތަށް އެދިގެން ކުރެވެންހުރި ވަރަށް ކުދި ޢަމަލުތައްވެސް އެބަހުއްޓެވެ. 

މިޘާލަކަށް ބުނާނަމަ ސުބްހާނަﷲ، އަލްޙްމދުލިﷲ، ﷲ އަކްބަރު ކިޔުމަކީ ﷲ ތަޢާލާ އެމީހަކަށް ރަޙްމަތް ލައްވަވާ ކަންކަމެވެ. لَا إِلَٰهَ إِلَّا ٱللَّٰهُ ކިޔުމަކީ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. 

ބައެއް މީހުންނަށް ހެޔޮ ކަމެއް ކުރެވުމުންވެސް، އަދި ކުށެއް ކުރެވުމުންވެސް ވިއްދައިގެން މިފަދަ ޛިކުރުތައް ކިޔައެވެ. އެގޮތަށް ކަންތައް އެކުރަނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށާއި ރަޙްމަތަށް އެދިގެންނެވެ. 

މިފަދަ ކަންކަމަށް ސަމާލުކަންދީގެން އުޅޭ މީހަކަށް މިއީ ކުރަން ވަރަށް ފަސޭހަ ކަންކަމެވެ. ކިތަންމެ ގިނައިންވެސް ކުރެވޭނެ ކަންކަމެވެ. ޚިޔާލަސް ގެންނަންވީ މިފަދަ ޢަމަލުތައް ކުރަން އާދަކޮސްފި މީހެއްގެ ހެޔޮކަމުގެ ފަތަށް ބުރަވެގެންދާނެ މިންވަރަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން