ތިމާ ޙާޞިލްކުރަން ބޭނުންވަނީ އެކަމަކަށް ތިމާގެ ބާރު ނުފޯރުވޭނެ ކަމެއް ނަމަ ހާސްވެ ތެޅިނުފޮޅި މިވަޙީ ބަސްފުޅަށް ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ތިމާ ޙާޞިލްކުރަން ބޭނުންވަނީ އެކަމަކަށް ތިމާގެ ބާރު ނުފޯރުވޭނެ ކަމެއް ނަމަ ހާސްވެ ތެޅިނުފޮޅި މިވަޙީ ބަސްފުޅަށް ޢަމަލުކޮށްބަލަ!

އަބަދުވެސް މިބުނަނީ ޙާޞިލްކުރަން ބޭނުންވާ ބޮޑެތި ކަންކަން ޙާޞިލުކުރަން ތަކްލީފަކަށްވަނީ އަހަރެމެންނަށެވެ. އިންސާނުންނަށެވެ! އެއީ ﷲ ތަޢާލާ ދެއްވެވި ބާރެއް ފިޔަވައި އެހެން އެއްވެސް ބާރެއް އަހަރެމެންނަށް ލިބިގެންނުވާތީއެވެ. ކިތަންމެ ކުޑަކުޑަކަމެއް ނަމަވެސް ޙާޞިލްކުރެވެން އޮތީ ﷲ ތަޢާލާ އެކަމަކަށް އިރާދަކުރެއްވެވުމުން ކަމުގައިވާތީއެވެ.

އެހެންނަމަވެސް އެންމެހައި ކަންކަމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ "މާލިކުލްމުލްކް"، ﷲ ތަޢާލާ ހިންމަވައިދެއްވަވަން އިރާދަ ކުރައްވަވައިފިނަމަ އެއްވެސް ކަމަކީ އެކަލާނގެ ޙަޟްރަތަށް  ބޮޑުކަމެއް ނޫނެވެ! އިރާދަކުރެއްވެވުމުން އެކަމެއް އޮންނާނީވެނިމިފައެވެ. "ވާށޭ" ވަޙިކުރެއްވެވުމާއިއެކު އެކަމެއް އޮންނާނީ ވެނިފައެވެ.  

ވީމާ ކިތަންމެ ކުޑަކުޑަ ކަމަކަށް ނުވަތަ ކިތަންމެ ބޮޑު ކަމަކަށް، ކޮންމެ ކަމަމަށް ބޭނުންވި ނަމަވެސް ތަޤްވާވެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކުރާށެވެ! އިންސާނުންނަށް އަޅުވެތި ނުވެ ﷲ އަށް އަޅުވެތިވާށެވެ! 

ކޮންމެ ކަމެއްވެސް ﷲ އަށް ވަކީލްކޮށްގެން ކުރާށެވެ! އެއިރުން ﷲ ގެ ލޯބިވެވޮޑިގަތުން ލިބިގެންދާނެއެވެ! ތިބާއަށް ބޮޑުވީކަންކަން އިސާހިތަކު ލުއިފަސޭހަމަގަކުން ޙައްލުކުރެވިގެން ހިނގައިދާނެއެވެ. 

"ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމް ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު ﷲ އަށް ވަކީލްކުރައްވާށެވެ! ހަމަކަށަވަރުން، ވަކީލް ކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ." (އާލްޢިމްރާން: 159) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން