ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ! ތައުބާވެ ޘާބިތުވެވިއްޖެނަމަ ޢަޛާބު ދެއްވަވާނެ ކަމަށް ބިރުގަތުމެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެ! ތައުބާވެ ޘާބިތުވެވިއްޖެނަމަ ޢަޛާބު ދެއްވަވާނެ ކަމަށް ބިރުގަތުމެއް ނެތް!

ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އެކަން ޤަބޫލުކުރެވި އިޚްލާޞްތެރިކަމާއިއެކު ތައުބާވެ އެގޮތުގައި ޘާބިތުވެ ހުރެވިއްޖެ މީހަކަށް ކައްވަޅުގައިވެސް އަދި ޤިޔާމަތް ދުވަހުވެސް ޢަޛާބު ދެއްވަވާނެ ކަމަށް ބިރުގަތުމެއް ނެތެވެ. ސަބަބަކީ ތައުބާވުމުން އެމީހަކު ފާފައެއް ނުކުރާފަދައެވެ.  

އެންމެ އަވަހަށް ޢިޖާބަކުރައްވަވާ ދުޢާއަކީވެސް ތައުބާވެ ފާފަ ފުއްސަވައިދެއްވެވުން އެދިގެން ކުރާ ދުޢާއެވެ. އެހެނީ އެދުޢާކުރާ ވަޤުތުގައި އެދުޢާ ޢިޖާބަކުރައްވަވާނެ ކަމެވެ. އިން ޝާ ﷲ. ﷲ ތަޢާލާއީ ތައުބާވުމުން ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެކަން ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.  

ދެން އޮތީ ތައުބާވުމަށްފަހުގައިވެސް ފާފަ ކުރެވުމެވެ. އެއީ ހަމަ ކުރެވޭ ކަމެކެވެ. ތައުބާވުމަށްފަހުގައިވެސް ފާފައެއް ކުރެވިއްޖެނަމަ އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ވިއްދައިގެން ހެޔޮކަމެއް ކުރުމެވެ. އެގޮތަށް ކަންތައް ކުރާނަމަ އެމިހާގެ ދަރަޖަ ދާނީ މަތިވެރިވަމުންނެވެ. އިން ޝާ ﷲ  

ދެން ބުނެލަން އޮތީ އަބަދުވެސް ހަނދާންކޮށްދޭ ވާހަކައެވެ. އެއީ ފާފަކުރުމާ ފާފަކުރެވުމާ އެއީ ތަފާތު ދެކަމެކެވެ. މިޘާލަކަށް ފާފަތައް ފުއްސަވާނެކަމަށް ޤަބޫލުކޮށް ފާފަކުރުންމަތީގައި ދެމިހުރެގެން ނުވާނެއެވެ. އެއރުންވާނީ ބިރެއް ނެތި ފާފަކުރާ މީހަކަށެވެ. އެއީ ވަރަށް ނުރައްކާތެރިކަން ބޮޑު ކަމެކެވެ. އެއިރުންވާނީ ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިކަމެއް ނެތް މީހަކަށެވެ. އަބަދުވެސް ހުންނަންވާނީ ﷲ ތަޢަލާއަށް ބިރުވެތިވާ އަޅެއްގެ ގޮތުގައެވެ. ތައުބާވުމުގެ ފުރުޞަތު ނުލިބި މަރުވާންޖެހިޑާނެކަމަށް ބިރުން ހުންނަ މީހެއްގެ ގޮތުގައެވެ. އެއިރުން ފާފަކުރެވުމާއި ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ސުވާލު:. އަޅުގަނޑުގެ ސުވާލަކީ ވަރަށް ގޯސްކޮށް އުޅުނު މީހަކު، ތައުބާވެގެން ވަރަށް ރަނގަޅަށް މިހާރު އުޅޭމީހެއް، އެކަމަކު އޭނަ ކުރިންކޮށްފައިވާ ގޯސް ކަމަކުން އެމީހަކަށް ކައްވަޅުގެ ޢަޛާބު ލިބޭނެތޯ؟ (އެމީހާ ތައުބާވެފައިވާ ނަމަވެސް.) 

ޖަވާބު:. ތައުބާ ވުމަކީ ފާފަ ފުހެވިގެން ގޮސް ކުށެއް ނުކުރާ މީހެއް ފަދައިން ބަދަލުވެގެން ދާކަމެއް.  

- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް  

ޑރ. އިޔާޟްގެ ޖަވާބުން އެނގިގެންދަނީ ކުރިން ފާފަކުރެވިފައިވީނަމަވެސް ތައުބާވުމުން އެފާފަތައް ފުއްސަވައިދެއްވަވާނެ ކަމާއި އުންމީދުކުރަންވީ ކުރިން ކުރެވިފައިވާ ފާފައަކަށް ޢަޛާބު ނުދެއްވަވާނެކަމަށެވެ. 

 

މިއަދު އޮންލައިން