ހަނދުމަކޮށްދިނުމެއް!: ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި 3 ވަނަ ރަކްޢަތަށް ތެދުވެވިއްޖެ އަމަލުކުރަންއޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ހަނދުމަކޮށްދިނުމެއް!: ފުރަތަމަ އައްތަޙިއްޔާތު ނުކިޔައި 3 ވަނަ ރަކްޢަތަށް ތެދުވެވިއްޖެ އަމަލުކުރަންއޮތް ގޮތް-

ނަމާދުކުރަންވާނީ ވީހައިވެސް ފަރުވާތެރިކަމާއިއެކުގައެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ނަމަވެސް ބައެއް ފަހަރު ކަންތައްތައް ދިމާވާގޮތުން މީހަކަށް ދެވަނަ ރަކްޢަތުގައި އައްތަޙިއްޔާތު ނުކިޔައި 3 ވަނަ ރަކްޢަތަށް ތެދުވެވިދާނެއެވެ.  

އެފަދައިން ދިމާވެއްޖެ ނަމަ ޢަމަލުކުރަންވީ ގޮތް:  

ނަމާދުގަ، ހަނދާންނެތިގެން ފުރަތަމަ އައްތަހިއްޔާތު ނުކިޔައި ތެދުވެވެން އުޅެވިއްޖެ ނަމަ އަލުން އަނބުރާ އިށީންނާނީއެވެ. ނަމަވެސް ކޮޅަށް ތެދުވެވިއްޖެ ނަމަ (އަލުން ނުއިށީނދެ) ބާކީ ބައާއިގެން ކުރިއަށްދާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.  

- ޝައިޚް ޢަލީ ޒައިދު

 

 

މިއަދު އޮންލައިން