ޤިޔާމަތް ދުވަހު ސުވަރުގެ ވަދެވޭނީ ދުނިޔޭގަވެސް ސުވަރުގޭގަ އުޅެވޭ މީހުންނަށް! އެފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޤިޔާމަތް ދުވަހު ސުވަރުގެ ވަދެވޭނީ ދުނިޔޭގަވެސް ސުވަރުގޭގަ އުޅެވޭ މީހުންނަށް! އެފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތް!: ބިލާލް އައްސަދު

ބައެއް ޢިލްމްވެރިން ސިފަކުރައްވަވާ ގޮތުގައި ދުނިޔޭގައި ސުވަރުގެއެއް ވެއެވެ. އަހުރެމެން ވަންނަން ބޭނުންވެގެން މިއުޅޭ ސުވަރުގެއަށް ޤިޔާމަތް ދުވަހު ވަދެވޭނީ އެސުވަރުގެއަށް ވަދެވިއްޖެ މީހަކަށެވެ. ދުނިޔޭގައި އެސުވަރުގެއަށް ނުވަދެވިއްޖެ މީހަކަށް ޤިޔާމަތް ދުވަހު ވަންނަން ބޭނުންވާ ސުވަރުގެއަކަށް ނުވަދެވޭނެއެވެ.  

އެސުވަރުގެއަކީ ހޭދަކޮށްގެން ވަދެވެން އޮތް ސުވަރުގެއެއް ނަމަ ކިތަންމެ ބޮޑު ހޭދައެއް ކޮށްގެންވެސް އެސުވަރުގެއަށް ވަންނަން މަސައްކަތްކުރާނެއެވެ. ނަމަވެސް އެ ސުވަރުގެއަކީ ހޭދަކޮށްގެން ވަދެވެން އޮތް ތަނެއް ނޫނެވެ. އަދި ލޮލަށް ފެންނާނެ ތަނެއްވެސް ނޫނެވެ.  

އެސުވަރުގެއަށް ވަދެ އެސުވަރުގޭގައި އުޅެން ވަކިތަނަކަށް ދާކަށްވެސް ނުޖެހޭނެއެވެ. އެމީހަކު ހުރިތަނެއްގައި ހުރެގެން ތިމާއަށް ކުރިމަތިވާ ކޮންމެ ޙާލަތަކީވެސް ﷲ ތަޢާލާ މިންވަރުކުރެއްވެވި ޙާލަތެއކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ކިޔަމަންތެރިކަމުގައި ދިރިއުޅޭނަމަ އެއުޅެވެނީ އެސުވަރުގޭގައެވެ.  

ޢިލްމްވެރިން އެގޮތަށް ވިދާޅުވާ ސަބަބަކީ މިބުނި މަގުން ދުނިޔޭގައި އުޅޭނަމަ އެމީހަކަށް ކުރިމަތިވާ އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ. ހާސްވެ ކަންބޮޑުވެގެން ނުވަތަ ހިތްދަތިޙާލުގައި ދިރިއުޅޭކަށް ނުޖެހޭނެއެވެ. ކޮންމެ ޙާލަތެއް ކުރިމަތިވިނަމަވެސް އެއީ ތިމާއަށް ﷲ ތަޢާލާ ކުރިމަތިކުރެއްވެވި ޙާލަތެއްކަމަށް ޤަބޫލުކޮށް ހުންނާނީ އުފަލުންނެވެ. ކެތްތެރިވެގެންނެވެ.  

މިބުނި ގޮތަށް ދުނިޔޭގައި އުޅެވޭނީ އީމާންކަން ފިސާރި ވަރަގުގަދަކުރެވިގެންނެވެ. ﷲ ތަޢާލާއަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރެވޭ މީހަކަށެވެ. އެފަދަ މުސްލިމަކަށް ޤިޔާމަތް ދުވަހު ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން