މިއީ ތިމާއަށްޓަކާ ލިޔުއްވިގެންވާ ޙާލަތަކަށްވުމުން ޙާލަތު ބަދަލު ނުކުރައްވަވާނެކަމަށް ހީވެސް ނުކުރާށެވެ! ދުޢާކުރުމުން ބަދަލުކޮށް ދެއްވަވާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
މިއީ ތިމާއަށްޓަކާ ލިޔުއްވިގެންވާ ޙާލަތަކަށްވުމުން ޙާލަތު ބަދަލު ނުކުރައްވަވާނެކަމަށް ހީވެސް ނުކުރާށެވެ! ދުޢާކުރުމުން ބަދަލުކޮށް ދެއްވަވާނެ! އިން ޝާ ﷲ: ބިލާލް އައްސަދު

ކަންކަން ކުރިމަތިވުމުން ބައެއް މީހުންނަށް ބުނެވެއެވެ. "މިއީ އަހުރެންނާއިމެދު ﷲ ތަޢާލާ ލިޔުއްވަވާފައިވާ ގޮތެވެ. އަހުރެން ދުޢާކުރިޔަސް މިނޫން ގޮތަކަށް ބަދަލެއް ނުވާނެއެވެ."  

މިފަދަ ބަސްތައް އެބުނެވެނީ ކަން އޮތްގޮތް ނުއެނގޭތީއެވެ. ދުޢާކުރީމާ ބަދަލުކުރައްވަވައި ދެއްވަވާނެ ކަންތައްތަކާއި ކޮށްނުދެއްވަވާނެ ކަންތައްތަކެއް ހުރެއެވެ. 

މިޘާލަކަށް ތިމާގެ ބަނޑުގައި އޮތީ ފިރިހެންކުއްޖެއްކަން ސްކޭންތަކުން ޔަޤީންވީމާ އެކުއްޖާއަކީ އަންހެން ކުއްޖަކަށް ބަދަލުކޮށްދެއްވެވުން އެދިގެން ދުޢާކުރިނަމަވެސް އެކަން ހިންމަވައި ނުދެއްވަވައިފާނެއެވެ. ނަމަވެސް ސްކޭންތަކުން ފިރިހެންކުއްޖެއްކަމަށް ދެއްކިޔަސް އަންހެންކުދިންވެސް އެބަ ލިބެއެވެ. އެޙާލަތުގައި އެއްގޮތަކީ އޭނާ އެދުނު ގޮތަށް ބަދަލުކޮސްދެއްވެވުމެވެ. ނުވަތަ ސްކޭންތަކުން ނުބައިކޮށްފެނުނީއެވެ. އެކަން އެވީގޮތެއް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާއެވެ.  

އަހުރެން ބުނާނީ މިބާވަތުގެ ކަންކަމަށް އެދިގެން ދުޢާނުކުރުމަށެވެ. އަންހެންކުއްޖަކު ބޭނުންވެގެން އުޅެނިކޮށް ފިރިހެންކުއްޖަކު ލިބިއްޖެނަމަ އެކަމަށްވެސް ޝުކުރުވެރިވެ އަންހެން ކުއްޖަކު ދެއްވެވުން އެދި ދުޢާކުރާނީއެވެ.  

އެއިގެ ބަދަލުގައި ދުނިޔެއަށް އުފަންވެ ބޮޑުވާފަހުން ފިރިހެނަކު ތިމާ އަނެހންކުއްޖަކަށް ބަދަލުވެ އެހެން މައެއްގެ ބަނޑުން އަލުން އުފަންކޮށްދެއްވެވުން އެދިގެން ދުޢާކުރިނަމަވެސް އެދުޢާ ޢިޖާބައެއް ނުކުރައްވަވާނެއެވެ.  

ދެން ވިސްނައިލާށެވެ! ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަން ކުރައްވަވަނީ ޢުމުރު ކަނޑައަޅުއްވަވާފައެވެ. ނަމަވެސް ދުޢާކުރުމުންނާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމުންނާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޢުމުރު ދިގުކޮށް ދެއްވަވާ ކަންކަން ކަމުގައި އެނގެން އެބައޮތެވެ.  

ދިރިއުޅުމެން އަންނައިރު ކުރިމަތިކުރައްވަވާ ކަންކަމަކީ ދުޢާކުރުމުން ޙާލަތު ބަދަލުކޮށްދެއްވަވާ ކަންކަމެވެ. ވީމާ ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް މިއީ ތިމާއަށްޓަކައި ލިޔުވެވިގެންވާ ޙާލަތުކަމަށާއި ޙާލަތު ބަދަލުނުކުރައްވަވާނެ ކަމަށް ހީނުކުރާށެވެ! އާނއެކެވެ. ކުރިމަތިވާނީ ލިޔުއްވިގެންވާ ޙާލަތެކެވެ. ނަމަވެސް އެޙާލަތު ދުޢާކުރުމުން ބަދަލުކޮސްދެއްވަވާނެކަން ޔަޤީންކޮށްގެން ހުރެ ދުޢާކުރަމުން ގެންދާށެވެ! ޙާލަތު ބަދަލުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން