މާބޮޑު ކަސްރަތަކާ ނުލައިވެސް ލޫޅާފަތިވެ ސިފަރީތިވާން ބޭނުންނަމަ ތިބާގެ ހަށިގަނޑު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ކާނެ ފުރުޞަތު ހަށިގަނޑަށް ދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
މާބޮޑު ކަސްރަތަކާ ނުލައިވެސް ލޫޅާފަތިވެ ސިފަރީތިވާން ބޭނުންނަމަ ތިބާގެ ހަށިގަނޑު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ކާނެ ފުރުޞަތު ހަށިގަނޑަށް ދޭށެވެ!

ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި ގުޅިގެން ކެއުމުގެ ވައްޓަފާޅިއަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އައީއަކީ ރަނގަޅު ބަދަލެއް ނޫނެވެ. ގެއްލުންހުރި ބަދަލެކެވެ. އެހެންވެ ގިނަ މީހުންނަކީ އިރުއިރުކޮޅުން ކޮންމެވެސް އެއްޗެއް ކައި އުޅޭ ބައަކަސްވެއްޖެއެވެ. އެގޮތުން ގިނައިން ކެވެނީވެސް ތެލުލި އެއްޗެއްސާއި ހަކުރުހުންނަ ތަކެއްޗެވެ. ތައްޔާރީ ކާނާއެވެ! ލުއިކާނާގެ ބާވަތްތަކެވެ. 

ގޮތްބަލަންވެސް ހަމައެކަނި ކާވަޤުތުތަކުގައި ކާންފަށައިބަލާށެވެ! ސަރުބީތައް ވިރި، މީހާ ހިކި ލޫޅާފަތިވާތަން ފެންނަންފަށާނެއެވެ. އެއީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ 

އެއީ ނުކައި ހުންނަ ވަޤުތުތަކުގައި ތިބާގެ ހަށިގަނޑު، ހަށިގަނޑުގައި ހުންނަ ސަރުބީތައް ކާތީއެވެ. އިރިއިރުކޮޅުން ކެއުން ހުއްޓައިލާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ހަށިގަނޑު އެކަމަށް ހޭނޭނެއެވެ. އިރުއިރުކޮޅާ ކާން ބޭނުމެއް ނުވާނެއެވެ. އެއީ މިބުނި ގޮތަށް ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީތައް ކާން ހަށިގަނޑު ހޭނިގެންދާތީއެވެ. 

މިއީ ގިނަބައަކަށް ފައިދާކޮށްފައިވާ ތަޖުރިބާއެކެވެ. ޢާންމުގޮތެއްގައި 2 ހަފްތާއިން ބަދަލުތައް އިޙްޞާޞްކުރެވެން ފަށާނެއެވެ. ތިބާވެސް ނިކަން ތަޖުރިބާކޮށް ހަށިގަނޑަށް ހެޔޮއާދޭތޯ ބަލައިލަބަލާށެވެ! 

- ޑރ. ގްރައިގް

މިއަދު އޮންލައިން