އެންމެ ފަހު ވަޤުތު އަރްޙަމުއް ރާޙިމީންގެ ޝަފާޢަތަށް ނަރަކައިން ނިކުތުމުގެ ފުރުސަތު ލިބޭނެ މީހުން-: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެންމެ ފަހު ވަޤުތު އަރްޙަމުއް ރާޙިމީންގެ ޝަފާޢަތަށް ނަރަކައިން ނިކުތުމުގެ ފުރުސަތު ލިބޭނެ މީހުން-: ޝައިޚް ސަމީރު

ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުން. ޤިޔާމަތް ދުވަހު މީސްތަކުންގެ ހިސާބު ބައްލަވާ. އެއްބަޔަކު ނަރަކައަށް، އަނެއް ބަޔަކު ސުވަރުގެއަށް ދާންޖެހޭ. ނަރަކައަށް ވަންނަ މީހުންގެ ތެރެއިން އެކިއެކި ފަރާތްތަކުގެ ޝަފާއަތަށް ބަޔަކު ނަރަކައިން ނެރެވިގެންދޭ. ނަބީބޭކަލުންގެ ޝަފާޢަތް، ޢީމާނުގެ އެހުލުވެރިންގެ ޝަފާޢަތުން ބަޔަކު ނަރަކައިން ނެރެވިގެންދޭ. 

ހުރިހާ ފަރާތްތަކެއްގެ ޝަފާޢަތް ނިމުމާއެކުވެސް ބަޔަކު ނަރަކައިގަ ތިބޭ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާނެ " ރަސޫލުބޭކަލުން ނަބީބޭކަލުންގެ ޝަފާޢަތް ނިމިއްޖެއޭ. ޢީމާނުގެ އަހުލުވެރިންގެ ޝަފާޢަތް ނިމިއްޖެއޭ. ދެން އޮތީ އަރްޙަމުއް ރާޙިމީންގެ ޝަފާޢަތޭ." އައްރަޙްމާން އައްރަޙީމް ގެ ޝަފާޢަތަށް ނަރަކައިން އެންމެ ފަހުން ނެރުއްވޭނެ މީހުން. އެއަށްފަހުގަ ދެން އިތުރު ފަރާތެއްގެ ޝަފާޢަތެއް ނުލިބޭނެ މީހުން. 

އެހެންނަމަވެސް ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުން! އެމީހުން ނަރަކައިން ފާހަގަ ވާނީ ކިހިނެއްތޯ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާނެ އެބައެއްގެ ހިތުގައި ޢީމާންކަމުގެ ޒައްރެއްގެ މިންވަރު ވާ މީހުންވެސް ނަރަކައިން ނެރުއްވުމަށް. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ --- " ނަރަކައިން އެބައިމީހުން ފާހަގަ ވާނެ ޢަލާމާތަކީ ސަޖިދައިގެ އަސަރުންނޭ." 

ލޮބުވެތި ޢިއްޒަތްތެރި އަޚުންނާއި އުޚްތުން! އަޅުގަނޑުމެންނަކީ ސަޖިދަކުރާ ބައެއްކަމުގައި ނުވާނަމަ، ނަމާދުކުރާ ބައެއްކަމުގައި ނުވާނަމަ އެންމެ ފަހުން ނަރަކައިން ނިކުންނަން ލިބޭ ފުރުސަތުގައިވެސް ޝާމިލްވެގެން ނުދާނެއެވެ. 

އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކުރައްވާފައިވަނީ " ނަރަކަ އާދަމުގެ ދަރިޔާގެ ހުރިހާ ތަނެއް ކައި ހުސްކޮށްލާނެއޭ ސަޖިދައިގެ އަސަރު ފިޔަވާ." ސަޖިދައިގެ އަސަރެއް ކެއުން މާތް ﷲ ވަނީ ނަރަކައަށް ހަރާމް ކުރައްވާފަ. އެހެންވީމަ އެންމެ ފަހުން އަރްޙަމުއް ރާޙިމީންގެ ޝަފާޢަތަށް ނަރަކައިން ނިކުތުމުގެ ފުރުސަތު ލިބޭނީ އެ ނަމާދު ކޮށްއުޅޭ މީހަކަށް. އެހެންމަ އަޅުގަނޑުމެން ވާން އެބަޖެހޭ ދުނިޔޭގައި ތިބެ އެ ނަމާދަށް ރައްކާތެރިވާ ބަޔަކަށް. އެހެންނޫނީ އެންމެ ފަހު ފުރުސަތުންވެސް ލައްވާނުލައި ނަރަކައިގަ ދާއިމަށް ދެމި ތިބެން ޖެހިދާނެ. ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު. 

- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން

މިއަދު އޮންލައިން