އިމްތިޙާންތަކުން ދަރިންނަށް ރަނގަޅު ނަތީޖާ ހޯދައިދޭން މަސައްކަތްކުރާއިރު ވިސްނާލުން މުހިންމު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިމްތިޙާންތަކުން ދަރިންނަށް ރަނގަޅު ނަތީޖާ ހޯދައިދޭން މަސައްކަތްކުރާއިރު ވިސްނާލުން މުހިންމު ކަމެއް!

ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވާނީ ތިމާގެ ދަރިފުޅަކީ އިމްތިޙާނުތަކުން އެންމެ މަތިން މާކްސް ހޯދައިގެން ފާސްވާ ކުއްޖަކަށްވުމަށެވެ. އެހެންކަމާއިއެކުވެސް ހެދި އިމްތިޙާނުން ދަރިފުޅަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގޮތަކަށް ވިސްނަންވާނެއެވެ.

ތިރީގައި އެވަނީ ކޮންމެ ބެލެނިވެރިއަކުވެސް އަދި ދަރިވަރުންވެސް ވިސްނާލުން މުހިންމު މައްސަލައެއްގެ ވާހަކައެވެ.

ދަރިވަރަށް ޙާޞިލްވެފައިވާ މިންވަރާއި ދަރިވަރުގެ ޢިލްމީ ފެންވަރު އެ އެސައިންމެންޓުގެ ޛަރީޢާއިން ވަޒަން ކުރެވޭ އެއްޗެކެވެ. އެހެންކަމުން އެސައިންމެންޓުގެ މަސައްކަތް ކުރަންވާނީ ދަރިވަރެވެ. އަދި އެކަމަށް އެކި އެކި ފަރާތްތަކުން އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް މުޅި އެސައިންމެންޓު އަގު ދީގެން މީހަކު ލައްވާ ހެއްދުމަކީ އެކަމުގެ ގެއްލުން ދަރިވަރަށްވެސް ލިބޭނެ ކަމެކެވެ. އެސައިންމެންޓު ހެދުމުގެ ތެރޭގައި ދަރިވަރަށް ދަސްވާ ބައިވަރު ކަންކަން އެގޮތަށް ކަންތައްކުރީމައި ދަސްނުވާނެތީއެވެ. އަދި ޢިލްމީގޮތުން ބަލާއިރު ފައިސާއަށް މީސްމީހުން ލައްވާ އެސައިންމެންޓު ހެއްދުމަކީ އެތިކަލް ކަމެއް ނޫނެވެ.

އެއްވެސް އިޚްލާޞްތެރިކަމެއް ނެތި، ސެޓްފިކެޓަށް ކިޔެވުމަކީ މިއަދު މުޅި ތަޢުލީމީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ސެޓްފިކެޓް ޙާޞިލްކޮށްގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި ޢިލްމީ ޤާބިލުކަން ނެތުމެވެ! والله المستعان

--ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން