ފަހުަމާނުގެ ޢަލާމާތްތައް ރާއްޖެއިން އެބަފެނޭތޯ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލަކާއި ގުޅިގެން ދަންނަވަމެވެ.
އަޅުގަނޑުމެން އެންމެންވެސް އުޅެމުން މިދަނީ ފަހުޒަމާނުގެ ދުވަސްތަކުގައެވެ. އެހެންކަމުން ފަހުޒަމާނުގެ ޢަލާމާތްތައް ދާނީ ފެންނަމުންނެވެ. ފެންނަ ޢަލާމާތްތައް ދާނީ އިތުރުވަމުންނެވެ. ރާއްޖެވެސް އިސްތިސްނާއެއް ނުވާނެއެވެ. ތިރީގައިވާ ލިޔުމުން އެކަން އެނގިލައްވާނެއެވެ. އިން ޝާ ﷲ
ބިލާލް އައްސަދު ވިދާޅުވެފައިވަނީ:
"ތިމަން ރަސޫލާއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންނަކީ ތިމަން ރަސޫލާގެ އުންމަތުގެ މީހުން ތެރެއިން ބައަކު އެމީހުންނަކީ މުސްލިމުން ކަމަށް ބުނަމުން އެމީހުން ނަމާދުކުރާނީ ރަނގަޅަކަށް (ކުރަންވީ ގޮތަކަށް) ނޫނެވެ. އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެންނާނެއެވެ. މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެއެވެ. ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދާނެއެވެ." އަދި "މީސަތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދޭނެއެވެ. ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދާނެއެވެ. މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލާނެއެވެ."
ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިކަންކަން އެމީހެއްގެ ހަޔާތުގައި ފެނިއްޖެނަމަ ރައްކައުތެރިކަން ހޯދުމަށެވެ. އެކަން ކަމާއި ކައިރިނުވެ ދުރުގައި ހުރެވޭނެ މަގެއް ހޯދުމަށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްކަން އެދޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ.
--ބިލާލް އައްސަދު
މި ޙަދީޘްފުޅުން އެނގޭ ޢަލާމާތްތަކަކީ:
-- މުސްލިމުން ކަމަށް ބުނަމުން ނަމާދުކުރަން އެންގެވި ގޮތަށް ނަމާދުނުކޮށް ނަމާދަށް ފަރުވާކުޑަކުރާ މީހުން ގިނަވުން
--އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެނުން
-- މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެ! ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދުން- (އަމަލުނުކުރުން-
-- އަދި "މީސަތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދިނުން"
-- ރިޝްވަތު ހިފުންމާއި ރިޝްވަތު ދިނުން ގިނަވުން
(ރިޝަވަތު ދިނުމާއި ރިޝްވަތު ހިފުން ޢާންމުވެ މިއަދު މިވަނީ އެންމެންހެން ކުރާ ކަމަކަށްވެފައެވެ. ބާއްވާ އިންތިޚާބުތަކާއި ގުޅިގެން ކަންކަން ހިނގާ ގޮތަށް ވިސްނައިލުމުން އެކަން ޢާންމުވެފައިވާ މިންވަރު އެނގޭނެއެވެ.)
--ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދިއުން
--މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލުން!
މި 7 ޢަލާމާތް ހަމަ މިކުޑަކުޑަ ރާއްޖޭގައި ވެސް މިވަނީ ވަރަށް ބޮޑަށް ޢާންމުވެފައެވެ. މީގެ ތެރެއިން ރާއްޖޭގައި މަދީ މިވެނިކަމެއްކަމަށް ބުނެ ފާހަގަކުރެވޭނެ އެއްވެސް ކަމެއް އޮތް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ހަމައެއާއިއެކު މަގުތަކުން ފެންނަނީ ފޭރާންލައި އެހެނަސް އަޢުރަ ނިވާނުވާ މީހުންނާއި ޖަމަލު ހުޅިގަނޑުފަދައިން ބޮލަށް ހުޅިޖަހައިގެން އުޅޭ މީހުން ފަދަ އެތައް ގިނަ ޢަލާމާތްތަކެކެވެ.