އަނެކާއަށް ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރުމަކީ ޙަސަދަވެރިކަމާއި އެސްފީނާއިން ދުރުހެލިކޮށްދޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
އަނެކާއަށް ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރުމަކީ ޙަސަދަވެރިކަމާއި އެސްފީނާއިން ދުރުހެލިކޮށްދޭނެ ކަމެއް!

އަނެކާގެ ކަންކަމުގައި ބަރަކާތް ލެއްވެވުން އެދިގެން ދުޢާކުރުމަކީ މުސްލިމުން ކުރަންޖެހޭނެ ކަމެކެވެ. އަދި އެއީ ޙަސަދަވެރިކަމާއި އެސްފީނާއިން ދުރުހެލިކޮށްދޭނެ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ ދޫޢާކުރަން ބޭނުންކުރެވިދާނެ ބައެއް ޢިބާރާތްތަކެވެ. ދަސްކޮށްލެއްވުން މުހިންމެވެ.  

އެކަމުގެ މުހިންމުކަން ބަޔާންކުރައްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވަނީ ތިމާއަށް ނިޢުމަތެއް ލިބުނުވާހަކަ މީހަކު ގާތުބުނުމުން ބަރަކާތް ލެއްވެވުން އެދިގެން އޭނާ ދުޢާނުކުރިނަމަ ބުނެގެންވެސް ދުޢާކުރުވާށެވެ!  

ޝައިޚް ޝާފިޢުގެ ބަސްފުޅު:  

ބަރަކާތް ލެއްވުން އެދި ތަފާތު އިބާރާތްތަކުން ދުޢާކުރެވިދާނެއެވެ. ދިވެހި ބަހުންވެސް ދުޢާކުރެވިދާނެއެވެ. މިސާލަކަށް ހާދަ މޮޅު ކުއްޖެކެވެ. ﷲ ބަރަކާތް ލައްވާށި! މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާކުރެވިދާނެއެވެ. މިތަނުގައި މި ބުނަނީ އެފަދައިން ބޭނުންކުރެވިދާނެ ބައެއް ޢިބާރާތްތަކެވެ. 

1-بَارَكَعَلَيْكَތިބާއަށް ﷲ ބަރަކާތް ލައްވާށި

بَارَكَعَلَيْكَ/عَلَيْكِ/عَلَيْكُمَا/عَلَيْكُمْ/عَلَيْكُنَّމުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން. 

2-بَارَكَلَكَތިބާއަށް ﷲ ބަރަކާތް ލައްވާށި

بَارَكَلَكَ/لَكِ/لَكُمَا/لَكُمْ/لَكُنَّމުޚާޠަބުކުރެވޭ ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢިދުގައިވާ ފަދައިން. 

3-اللَّهُمَّ بَارِكْޔާ ﷲ ބަރަކާތް ލައްވާށި 

4-اللَّهُمَّ بَارِكْ لَهُޔާ ﷲ އޭނާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)

اللَّهُمَّ بَارِكْ لَهُ /لَهَا/لَهُمَا/لَهُمْ/لَهُنَّޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން. 

5-بَارَكَ الله فِيْكَ– ﷲ ތިބާއަށް ބަރަކާތް ލައްވާށި (ފިރިހެން 1)

بَارَكَ الله فِيْكَ/فِيْكِ/فِيهِ/فِيهَا/فِيكُمَا/فِيكُمْ/فِيكُنَّ -ޢަދަދު އަދި ޖިންސާގުޅޭގޮތުން ޢަރަބިބަހުގެ ޤަވާޢީދުގައިވާ ފަދައިން

 

- ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން