ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރުން ޢާންމުވެއްޖެއެވެ. ޢާންމުނުވާ ޤައުމެއް މިއަދަކު ނެތެވެ. ބަނގުރަލާއި މިޔުޒިކާއި ފާޙިޝް ޢމަލުތައް ނުކުރާ ޤައުމެއް ނެތެވެ. ވީމާ ރައްކައުތެރިވެ ހުންނަން ހިޖުރަކުރާނެ ޤައުމެއްވެސް ނެތެވެ. އޮތީ އެމީހަކު އެކަމަށް މަސައްކަތްކުރި ވަރެކެވެ. އެހެން އެއްވެސް ގޮތެއް ނެތެވެ.
ވަކި ޤައުމެއްގައި ނުވަތަ ވަކިބައަކު ކުރުމަކުން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުން އެއީ ހުއްދަކަމަކަށް ބަދަލެއް ނުވެއެވެ. ވަކިޤަބީލާއެއްގެ ، ވަކި ނަސްލެއްގެ، ވަކި ބަހަކުން ވާހަކަދައްކާ، ވަކި ގޮތަކަށް ހެދުންލާ ބައަކު ކުރުމަކުންވެސް ޙަރާމް އެއްވެސް ކަމެއް ޙަލާލެއްވެސް ނުވެއެވެ. ނުވެސްވާނެއެވެ.
މުސްލިމުންގެ ދުސްތޫރަކީ ޤުރްއާނާއި ޙަދީޘްފުޅުތަކެވެ. ގިނަ ބައަކު އުޅޭގޮތާއި އދގެ ޤަރާރުތަކެއްވެސް ނޫނެވެ. ވީމާ ބިރުވެތިވާންވީ މި ޙަދިޘްފުޅަށެވެ.
Anas ibn Maalik (may Allah be pleased with him) narrated that the Messenger of Allah (peace and blessing be upon him) said:
« There will come upon the people a time when holding onto the religion will be like holding onto hot coal. »
(Tirmidhi)
ޙަދީޘްފުޅުން އެނގިގެންދަނީ އިސްލާމް ދީނުގައި ޘާބިތުވެ ހުރުމަކީ އަތަށް އަނގުރު އަލިފާންގަނޑެއްލައިގެން އުޅުން ފަދަ ކަމަކަށް ވެގެންދާނެ ދުވަހެއް އަންނާނެކަމެވެ. އެދުވަސް މިވަނީ އަރައިހަމަކޮށްފައެވެ.
ކަންކަން ވަމުން މިދާގޮތް މިއޮތީއެވެ. ... ބިން ޝައިޠޯން ކިޔަސް އެހެން ނަމެއް ކިޔަސް ޖެހެމުން މިދަނީ އެވެރިންގެ މަޅީގައެވެ. ކައިރި އެވެނީ ނަރަކައަށެވެ. ދުރަށްދެވެނީ ސުވަރުގެއާއިއެވެ.
ގިނަގިނައިން ހަނދާންކުރަންވީ މިކަންކަމެވެ.
ޑރ. މުޞްޠަފާ މަޙުމޫދު "ޤިރާއަތުލް މުސްތަޤްބަލު" މި ފޮތުގައި ، މުސްތަޝްރިޤަކު ހުޅަނގަށް ހަދިޔާކޮށްފައިވާ އިސްލާމްދީން ހަލާކުކޮށްލާނެ ގޮތުގެ ޕްލޭނެއް ގެނެސްފައިވެއެވެ.
އެބައިމީހުންގެ ކާބަފައިންގެ ޙަޟާރަތް ފުނޑާލަން ބޭނުން ކަމުގައިވާނަމަ 3 ވަސީލަތެއް ބޭނުން ކުރާށެވެ.
1️⃣ ޢާއިލާތެރެ ހަލާކުކޮށްލާށެވެ. (މުޖުތަމަޢު)
2️⃣ ތަޢުލީމީ ނިޒާމު ހަލާކުކޮށްލާށެވެ.
3️⃣ އެބައެއްގެ ތެރޭގައިވާ ރިވެތި ނަމޫނާތައް (ރަސޫލުން ، ޞަޙާބީން ، ޢިލްމުވެރީން) ، އަދި މަރުޖިޢުތަކުގެ ހައިބަތު ގެއްލުވާލާށެވެ. (އެބަހީ މީސްތަކުން ކުރާ ޤަދަރު ގެއްލުވާލާށެވެ.)
ޢާއިލާތެރެ ފުނޑުކޮށް ޚަރާބު ކޮށްލުމަށް ، މަންމަގެ ދައުރު ޢާއިލާގެ ތެރެއިން ގެއްލުވާލާށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމަށް މައިން ގޭގައި އިނުމަކީ އެއީ ޢައިބު ކަމެއްކަމުގައި ދައްކުވާށެވެ.
ތަޢުލީމީ ނިޒާމު ފުނޑާލުމަށް ، މުދައްރިސުންނަކީ އެންމެ ބޮޑު ޓަރގެޓްކަމުގައި ހަދާށެވެ. އަދި މުޖުތަމަޢުގައި އެމީހުންނަކީ އެއްވެސް އަގެއް ހުރި ބަޔަކު ކަމުގައި ވިޔަ ނުދޭށެވެ. އަދި އެމީހުންގެ ދަރިވަރުން އެމީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުން ގެއްލުވާލާށެވެ.
ރިވެތި ނަމޫނާތައް ފުނޑާލުމަށް ، ޢިލްމުވެރިންގެ ޢަބުރާއި ޢިއްޒަތް ގެއްލުވާލާށެވެ. އެމީހުންނަށް ކުރާ އިޙްތިރާމް ގެއްލުވާލާށެވެ. އެމީހުންނާއި މެދުގައި މީސްތަކުންގެ ހިތްތަކުގައި ޝައްކު އުފައްދާށެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުން މީސްތަކުން ދުރުވެ އެމީހުންނަށް ތަބަޢަވުން ހުއްޓާލައިފުމަށް ދާންދެނެވެ."
މިއީ އިސްލާމީ ގިނަ ޙަޟާރަތްތައް ހަލާކުކޮށްލުމަށް ބޭނުން ކުރަމުން އައި ޕުލޭންއެވެ. ވިސްނާށެވެބިރުވެތިވާށެވެ. އެމީޙެއްގެ ސަލާމަތް ހޯދަން މަސައްކަތްކުރުން އޮތީ އެމީހަކަށެވެ. ސަލާމަތްކަން ހޯދަން މަސައްކަތްކުރި މީހަކަށް ދެއްވަވާނެތެވެ. މިއަދުވެސް ވޮޑިގެންވަނީ ހަމަ ކަހްފް ބާގައިގެ މީހުންނަށް ސަލާމަތްކަން ދެއްވެވި ﷲ ތަޢާލާއެވެ. އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރުމުން މިއަދުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން