ބިރުވެތިވޭ! ސަމާލުވޭ!: އެތައް ހާސް ދައްޖާލުން ފެތުރިގަނެ މަސައްކަތް ގެންދަނީ ބާރަށް ކުރިއަށް! ގިނަ ބައަކު ދަނީ ޝިކާރަވަމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ބިރުވެތިވޭ! ސަމާލުވޭ!: އެތައް ހާސް ދައްޖާލުން ފެތުރިގަނެ މަސައްކަތް ގެންދަނީ ބާރަށް ކުރިއަށް! ގިނަ ބައަކު ދަނީ ޝިކާރަވަމުން!: މުފްތީ މެންކް

ދައްޖާލު މިހާރުވެސް ފައުޅުވެފައިވާކަމަށް އެބަ ބުނެއެވެ! ދައްޖާލު ނުފެންނަނީސް އެހެން އެބުނަނީ ކީއްވެގެންތޯ؟

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ. ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ!

ﷲ ތައާލާގެ ދީނާއި މީސްތަކުން ދުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކީ ދައްޖާލެކެވެ. ކޮންމެ ދައްޖާލަކީ އެންމެ ބޮޑު ދައްޖާލުކަމުގައިވާކަށް ނުޖެހެއެވެ! ދައްޖާލުކުރާނެ މަސައްކަތް ކުރާ ކޮންމެ މީހަކީވެސް ދައްޖާލެކެވެ. ބޮޑު ދައްޖާލު ފައުޅުނުވާއިރުވެސް ދައްޖާލުގެ ފިތުނައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ އެ ސަބަބަށްޓަކައެވެ. އެކަމަށް އެދި ކޮންމެ ނަމާދެއްގެ ފަހު އައްތަޙިއްޔާތުގައި މިގެންދަނީ ދުޢާކުރަމުންނެވެ.

ދައްޖާލުގެ މާނައަކީވެސް މީސްތަކުން ދީނާއި ދުކުރުކުރުވާ މީހާއެވެ. ޤިޔާމަތްވާން ކައިރިވުމުން ފައުޅުވާ އެންމެ ފަހުގެ ބޮޑު ދައްޖާލުގެ ކުރިން ކުދި 30 އަށްވުރެ ގިނަ ދައްޖާލުން ފައުޅުވާނެތެވެ. އެއިގެ އިތުރުން ކުދިކުދި އެތައް ހާސް ދައްޖާލުން ފައުޅުވާނެއެވެ. އެ ހުރިހާ ދައްޖާލުންވެސް ކުރާނެ ކަމަކީ މީސްތަކުން ދީނާއި ދުރުކުރުވުމުގެ މަސައްކަތެވެ. އެންމެފަހުން ފައުޅުވާ ބޮޑު ދައްޖާލުވެސް ކުރާނީ ހަމަ އެ މަސައްކަތެވެ.

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ "ތިމަންނަމެން ބުނާ ގޮތަށް ކަންތައް ނުކުރާނަމަ އިޤްޠިޞާދީ ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށާއި އަދި ތިމަންމެން ބުނާ ގޮތަށް ކަންތައް ކުރާނަމަ އިޤްޠިޞާދު ކުރިއަރުވައިދޭނެ ކަމަށް" ބުނެ އިސްލާމް ދީނާއި މީސްތަކުން ދުރުވާނެ ގޮތަށް ކންކަން ކުރަން ބުނަނީވެސް ދައްޖާލުންނެވެ. އެމީހުން ބުނާ ބސް ޤަބޫލުކޮށް އެގޮތަށް ޢަމަލުކުރުމަކީ ދައްޖާލުންނަށް ތަބަޢަވުމެވެ.

މިބާވަތުގެ ބަސްތައް ބުނާ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އެމީހުން އެ ފަތުރަނީ ދައްޖާލުގެ މަސައްކަތެވެ. އެމީހުން އެކުރަނީ މީސްތަކުން ދީނާއި ދުރުކުރުވުމުގެ މަސައްކަތެވެ.

މިކަން އެނގޭ އެންމެ ބޮޑު އަސާސަކީ ދައްޖާލަށް ކިޔަމަންވެ އޭނާއަކީ ކަލަކުކަމަށް ޤަބޫލުކުރުމުން އޭނާ ދަނޑުހައްދަން ފެންދޭނެއެވެ. އެކަމުގެ ސަބަބުން މީސްތަކުން މުއްސަނދިވާނެއެވެ. އެކަމުގެ ދަހިވެތިކަމުގައި ގިނަބައަކު އޭނާއަކީ ކަލަކު ކަމަށް ޤަބޫލުކުރާނެއެވެ. ވީއިރު މިއަދު މިކުރަނީ ހަމަ އެއްކަމެއް ނޫން ހެއްޔެވެ؟ އޭނާއަށްވެސް އެކަން ކުރެވެނީ އެކަމުގެ ބާރު އޭނާއަށް ﷲ ތަޢާލާ ދެއްވެވުމުންނެވެ. ޤަުމުތަކާއި ބާރުތަކަށްވެސް މިއަދު ކަންކަން ކުރެވެނީވެސް ﷲ ތަޢާލާ އެމީހުންނަށް އެކަމަށް މަގުފަހިކޮށްދެއްވެވުމުންނެވެ.

ދައްޖާލުގެ ކިބައިން ފެނިގެންދާނެ އަނެއްކަމަކީ ނުބައިކަންކަމަކީ ރަނގަޅު ކަންކަންކަމުގައި މީސްތަކުން ޤަބޫލުކުރުމެވެ. ހެޔޮ ބަސް ބުނާ މީހާއަކީ ނުބައި މީހެއް ކަމަށް ޤަބޫލުކުރެވި ނުބައިބަސް ބުނާ މީހާއަކީ ރަނގަޅު މީހަކު ކަމުގައި ޤަބޫލުކުރެވުމެވެ. ނަތީޖާއެއްގެ ގޮތުން ޢިލްމުވެރިން ނެތިގެންދާނެއެވެ. އަދި ޢިލްމު ނެތް މީހުންނަކީ ޢިލްމުވެރިންކަމުގައިވެގެންދާނެއެވެ.

މިއަދު ހަމަމިކަންކަން މިދަނީ ފެންނަމުންނެވެ. ދައްޖާލުތަކުގެ ނުފޫޒު ފޯރުވޭ ފިތުނަވެރި މީޑިއާތަކުން މުސްލިމުންގެ ޚަބަރުތައް އޮޅުވައިލުމުން ދޮގަތީ ތެދުކަމަށްވެ އަދި ތެދަކީ ދޮގުކަމަށް ހަދައި މުސްލިމުން މިދަނީ އެމީހުންގެ އަޚުންނަކީ ހަތުރުން ކަމުގައި ހަދަމުންނެވެ. އަހަރެމެން މިވަނީ ގެއްލި ނިމިފައި ނޫންހެއްޔެވެ؟

ހަތަރުވަނަކަމަކީ މީސްތަކުން ބާރުވެރިކަމަށް ދަހިވެތިވުމެވެ. ބާރު ލިބިގަތުމަށްޓަކައި ދައްޖާލާއި ބައިވެރިވާ ބައަކު އުޅޭނެއެވެ. އެއީ އެމީހުންނަށް ދައްޖާލުބާރުދޭތީއެވެ. މިއަދު މިވަނީ ކިހިނަކުން ހެއްޔެވެ؟ ތިމާއަކީ ބާރުވެރިއަކަށްވުމަށްޓަކައި ދުނިޔޭގައި މިތިބަ ދައްޖާލުން ބުނާހައި ނުބައި އަމަލުތައް މިއަދު ނުކުރޭ ހެއްޔެވެ؟ އެމީހުން އެ އަޅުކަންކުރަނީ އިބިލީހަށެވެ. ބަދަލުގައި އިބިލީސް އެގެންދަނީ އެމީހުން ބާރުވެރިކުރުވަމުންނެވެ. އިބިލީސް ކުރުވަން ބޭނުންވާހައި ނުބައި ޢަމަލުތަކެއް އެމީހުން ލައްވައި އެގެންދަނީ ކުރުވަމުންނެވެ. އެއީ ކިތަންމެ ގިނަ ބައަކު މރުން ނުވަތަ ޝަހީދުކުރުން ކަމުގައިވީނަމަވެސްމެއެވެ.

ހަމައެއާއިއެކު މިއަދު މިއުޅޭ މިޔުޒިޝިއަނުންނަކީވެސް މީގެތެރޭގައި ހިމެނޭ ބައެކެވެ. ﷲ ތަޢާލާގެ ގެކޮޅުގައި އެމީހުންގެ ނަންތައް ކިޔަން ބޭނުމެއް ނޫނެވެ. އެމީހުން ލައްވާ ޝައިޠޯނީ އަޑުތަކަށް ހެއްލި މީސްތަކުން މިދަނީ ﷲ ތަޢާލާ އާއި ދުރުހެލިވަމުންނެވެ. ލަވަތައް ކަމަށް ބުނެ ކިޔާ ތަކެތި މިހާރު އެވަނީ އަވަގުރާނައަށްވުރެވެސް ނުބައި ޙާލަތުގައެވެ. އެހެންކަމާއިއެކުވެސް އެބުނާ މިޔުޒިކާއި ނުލައި އެއްވެސް މީހަކަށް އެއްވެސް ކަމެއް މިއަދު ކުރެވޭކަމަށް ނުވާ ޙާލަތަށް މިއަދު ކަންކަން މިވަނީ ގޮސްފައެވެ!

"ޔާ ﷲ! ދައްޖާލުތަކުގެ ފިތުނައިން އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ! އާމީން

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން