ފަރުވާކުޑަކުރަން ހެޔޮނުވާނެ! ތިބާއަށް އެންމެ މުހިންމުވާ ވަޤުތު ތިބާއަށް އެންމެ ބޮޑު އުފާވެރިކަން ލިބޭނީ ތިބާކުރި ސުންނަތް ނަމާދުތަކުން ކަމަށްވުމުގެ ފުރުޞަތު ވަރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ފަރުވާކުޑަކުރަން ހެޔޮނުވާނެ! ތިބާއަށް އެންމެ މުހިންމުވާ ވަޤުތު ތިބާއަށް އެންމެ ބޮޑު އުފާވެރިކަން ލިބޭނީ ތިބާކުރި ސުންނަތް ނަމާދުތަކުން ކަމަށްވުމުގެ ފުރުޞަތު ވަރަށް ބޮޑު!

ދުނިޔޭގައި ކުރިމަތިވާ އެއްވެސް ކަމަކީ މައްސަލައެއް ނޫނެވެ. އެހެނީ ކިތަންމެ ބޮޑު މައްސަލައެއްގައި މުޅުޢުމުރު ހޭދަކުރަންޖެހުނަސް އެކަން ވާނީ ދާދި ކުރު މުއްދަތަކަށް އުފުލަންޖެހޭ ކަމަކަށެވެ. ދުނިޔޭގައި ހޭދަކުރަންލިބެނީ މަދު ވަޤުތުކޮޅަކަށްވާތީއެވެ.

ނިމުމެއް ނެތް ޙަޔާތް ފެށެނީ މަރުވުމުންނެވެ. އެހެންކަމުން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު ކަމަކަށްވާނީ ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުމެވެ. މުސްލިމުން އެމީހުންގެ ހުރިހާ ސަމާލުކަމެއް އެކަމަށްދޭން މަސައްކަތްކުރެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކުރެވެނީ އެކިމީހުންނަށް އެކިވަރަށެވެ. ވީމާ މިކަންކަމަށް ވިސްނައިލަމާހެއްޔެވެ؟

ބައެއް މީހުން ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރެއެވެ. ސުންނަތް ނަމާދުތަކަށް ފަރުވާކުޑަކުރުމަކީ ސުންނަތް ނަމާދުކުރުމަށް ފަރުވާ ކުޑަކުރުމެވެ. އަނެއް ބައަކު ސުންނަތް ނަމާދުތައް ކުރެއެވެ. ނަމަވެސް އެއީ ސުންނަތް ނަމާދަކަށްވުމުން ފަރުޟު ނަމާދުގައި ފަދައިން ސަމާލުކަން ނުދީ ފަރުވާކުޑަކުރެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްގޮތަކަށްވެސް އެގޮތަށް ޢަމަލުނުކުރާށެވެ. ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއި މެދުގައެވެ. ފަރުޟު ނަމާދުން އުނިވާބައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންނަށް ފޫބައްދަވައިދެއްވަވާނީ އެމީހަކު ކޮށްފައިވާ ސުންނަތް ނަމާދުންނެވެ.

ވީމާ ސުންނަތް ނަމާދުތަކަކީވެސް ވަރަށް ފަރުވާތެރިކަމާއިއެކު ކުރަން ޖެހޭ ނަމާދެއްކަން މިއޮތީ އެނގޭށެވެ. ފަރުވާކުޑަކޮށްލައި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކޮށްފައި ނުވާނަމަ އެ ނަމާދުތައް ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ. ފަރުޟު ނަމާދުން އުނިވިބައި ފޫބައްދަން ބޭނުމެއް ނުކުރެވޭނެއެވެ! ނަތީޖާއަކީ މީހާ އެކުގައި ފޭލްވުމެވެ.

ވީމާ ސުންނަތް ނަމާދުތައް ކުރުމުގައި އަވަސް އަރުވައިނުލާށެވެ! ހަމައެކަނި ވާޖިބު އަދާކޮށްފައި ނިންމައިނުލާށެވެ! ފަރުޟު ނަމާދުތަކަށް ދޭ ސަމާލުކަން ދީގެން ކުރާށެވެ!

ސުންނަތް ނަމާދު ތަކުގައި ހަރަމް ބަނދެފައި ކިޔާ ދުއާ ތަކާއި ފަހު އައްތަހިޔާތުވެސް ކިޔަން ޖެހޭނެތޯ؟ ވެސް ބައެއް މީހުން ސުވާލުކުރެއެވެ. މި ސުވާލަށް ޝައިޚް މުޙައްމަދު ޝާފިޢު ދެއްވާފައިވާ ޖަވާބު ވިދާޅުވާށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފަރުޟު ނަމާދާއި ސުންނަތް ނަމާދު ތަކުގައި އެއީ ތަރާވީސް، ވިތުރި، ނުވަތަ ދަމުނަމާދު އަދި ޟުޙާ ނަމާދު އަދި ރަވާތިބު ސުންނަތްތައް ކަމުގައިވިޔަސް ނަމާދުގެ ރުކުންތަކާއި ވާޖިބުތަކުގައި އަދި ނަމާދުގައި ކިޔާ ދުޢާ ތަކާއި ޒިކުރު ތަކުގައި އެއްވެސް ތަފާތެއް ނުވެއެވެ. ނަމާދުގެ ރުކުންތައް:

01- ފަރުޟުނަމާދުތަކުގައި ޤިޔާމަށް ހުރުން

(މިބަހުގެ މާނައީ ނަމާދަށް ކޮޅަށް ހުރެވޭ މީހާ ފަރުޟު ނަމާދުގައި އިށީނދެއިނުމުން ނަމާދު ޞައްޙަ ނުވާނެ ކަމެވެ. ނަމަވެސް ކޮޅަށް ހުރެވޭމީހާއަށް ސުންނަތް ނަމާދުތަކުގައި އިށީނދެ އިނދެވިދާނެއެވެ. ސަވާބުން އުނިވާނެއެވެ!)

02- ޙަރަމް ބަން ތަކުބީރުކިޔުން

03- ސޫރަތުލް ފާތިޙާ ކިޔެވުން

04- ކޮންމެ ރަކުޢަތެއްގައި ރުކޫޢު ކުރުން

05- 06- ރުކޫޢުން ތެދުވުމާއި އިޢްތިދާލުގައި ހުރުން

07- ސަޖިދަކުރުން

08- ސަޖިދައިން ތެދުވުމާއި ދެސަޖިދަ ދެމެދު އިނުން

09- ނަމާދުގެ ކޮންމެ ޙަރަކާތެއްގައި މަޑުވެލުން

10- 11- ފަހު އައްތަޙިއްޔާތާއި، ފަހު އައްތަޙިއްޔާތުގައި އިށީނުން

12- ފަހު އައްތަޙިއްޔާތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތްކިޔެވުން

13- ރުކުންތައް ތަރުތީބުކުރުން

14- ސަލާމްދިނުން

ނަމާދުގެ ވާޖިބުތައް:

01- ތަކްބީރަތުލް އިޙްރާމް ފިޔަވައި އެހެން ތަކްބީރުތައް.

02- އިމާމްވެ ނަމާދުކުރާމީހާ އާއި މުންފަރިދު ’سمع الله لمن حمده‘ މިފަދައިން ކިޔުން.

03- މައުމޫމުވެ ނަމާދުކުރާމީހާ ’ربنا ولك الحمد‘ މިފަދައިން ކިޔުން

04- ރުކޫޢުގައި ’سبحان ربي العظيم‘ މިފަދައިން އެއްފަހަރު ކިޔުން

05-ސަޖިދައިގައި ’سبحان ربي الأعلى‘ މިފަދައިން އެއްފަހަރު ކިޔުން

06-ދެސަޖިދަ ދެމެދުގައި ’رب اغفرلي‘ މިފަދައިން ކިޔުން

07- ފުރަތަމަ އައްތަޙިއްޔާތު ކިޔުން

08- ފުރަތަމަ އައްތަޙިއްޔާތުގައި އިނުން

 

މިއަދު އޮންލައިން