ޙިޖާމާ ޖެހުމަކީ ޑޮކްޓަރީ ބޭހުން ރަނގަޅުނުވާ ބައެއް ބަލިތަކަށްވެސް ޝިފާ ލިބޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޙިޖާމާ ޖެހުމަކީ ޑޮކްޓަރީ ބޭހުން ރަނގަޅުނުވާ ބައެއް ބަލިތަކަށްވެސް ޝިފާ ލިބޭ ކަމެއް!

ޙިޖާމާ ޖެހުމަކީ ކޮންކަހަލަމ ކަމެއްކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެއީ ބައެއް ކްލިނިކްތަކުން ކުރިމަތިވާ މައްސަލަތަކުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.  

ޙިޖާމާ ޖެހުމަކީ ސުންނަތުން ޘާބިތުވާ ކަމެކެވެ. މައްސަލައެއް ކުރިމަތިވާނަމަ ކުރިމަތިއެވަނީ ކުރަން އޮންނަ ގޮތަށް ނުކުރެވޭތީއެވެ. ތަޖުރިބާ ނެތި ކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. އެކަމަށް ހެލްތް މިނިސްޓްރީން ހުއަދަނަގަންޖެހެނީ އެފަދަ ސަބަބުތައް ކުރިމަތިވާތީއެވެ. ވީމާ ރައްކައުތެރި ގޮތަކީ ހުއްދަ އޮންނަ މީހުންލައްވައި ކުރުވުމެވެ.   

ހިޖާމާ ޖެހުމާއި ބެހޭ ގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ހިޖާމާ ޖެހުމަކީ އެކަމުގެ ފައިދާ ކުރާނެ ކަމެއްކަން ކައު އިތުރު ރަސޫލާ މުޙައްމަދު () ބަޔާން ކުރައްވަވާފައިވާ ކަމެއް ކަމަށާއި އަދި ދުނިޔަވީ ތަޖުރިބާއިންވެސް އެކަމުގެ ތަޖުރިބާ ފެންނަންހުރި ކަމެއް ކަމަށެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ފުންނާބު އުސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމް މުފްތީ މެންކް ވަނީ ސްރީލަންކާއަށް ކުރެއްވެވި ދަތުރުފުޅުގައި ހިޖާމާ ޖައްސަވައިފައެވެ. އަދި މުފްތީ މެންކް ގެންދަވަނީ ދެއްވާ ދަރުސް ތަކުގައި ހިޖާމާ ޖެހުމަކީ ގިނަ ބަލިތަކުން ޝިފާޝިފާ ލިބޭ ލިބޭ ކަމަށް ވިދާޅުވެ އެކަން ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.  

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ ހިޖާމާ ޖެހުމަށް ރަސޫލް () އަމުރުފުޅު ކުރައްވަވާފައިވާ ކަމަށާއި އިތުރު މާތް ނަބިއްޔާ () ހިޖާމާ ޖެއްސެވިކަން ސާބިތުވާ ވަރަށް ގިނަ ޙަދީޘްފުޅުތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމަށް އިންކާރު ނުކުރެވޭނެ ކަމަށެވެ.   

ހިޖާމާ ޖެހުމަކީ ސުންނަތުން ސާބިތުވާ ކަމެއްކަން ބަޔާން ކުރައްވައި ހިޖާމާ ޖެއްސެވި ފޮޓޯތައްވެސް ވަނީ ޢާންމުކުރައްވައިފައެވެ. މުފްތީ މެންކް ވެސް ވިދާޅުވެފައިވަނީ ހިޖާމާ ޖެހުމުން ބޭރުވެގެންދަނީ ޝައިޠާނީ ބާރު ހިނގާފައިވާ ނަޖިސް ލޭ ކަމަށެވެ. އެފަދަ ލޭތައް ބޭރުކުރުމުން ބަލިތަކަށް ޝިފާ ލިބޭނެ ކަމަށެވެ.

މިއަދު އޮންލައިން