ހައިހޫނުކަމުގަ ހުރި ކުޑަ އަންހެންކުއްޖަކަށް ހެޔޮކޮށް ހިތިމީހަކަށް ގޮތްހުސްވި ވަޤުތު ހިތްފުރި އިތުރުވާވަރަށް ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ހައިހޫނުކަމުގަ ހުރި ކުޑަ އަންހެންކުއްޖަކަށް ހެޔޮކޮށް ހިތިމީހަކަށް ގޮތްހުސްވި ވަޤުތު ހިތްފުރި އިތުރުވާވަރަށް ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ- ޢިބްރަތް ޙާޞިލުކުރަންޖެހޭ ފިލާވަޅެއް!

ފަށަމުން މިޘާލެއްގެ ގޮތުން ވަރަށް ކުރު ވާހަކަކޮޅެއް ކިޔައިދޭނަމެވެ. އޭނާއަކީ ބޭކަރީއެއް ހިންގާ މީހެކެވެ. އޭނާއަށް ފެނުނީ ކުޑަކުއްޖަކު ދޮރުގެ ބިއްލޫރިގަނޑުން ލޯޖަހައިގެން ބަލަންހއްޓައެވެ. އެކުޑަކުއްޖާ އެތެރެއަށް ވައްދާފައި ވާހަކަދައްކައިލުމުން އެނގުނީ އެއީ ބަނޑުހައިވެގެން ހުރި ކުއްޖެއްކަމާއި އަތުގައި އެއްވެސް ފައިސާއެއް ނެތްކަމެވެ. އޭނާ އެކަމަކަށް ނުބަލައެވެ. ކުއްޖާއަށް މީރު އެއްޗެތި ކާންދިނެވެ. އަދި ގެންދަންވެސް ދިނެވެ. އެއީ އޭނާގެ އާދައަކަށްވާތީ ފަހުން އެކަމަކަށް ނުވެސް ވިސްނައެވެ. 

އެއިގެ އަހަރުތަކެއް ފަހެވެ. އޭނާގެ އަނބިމީހާ ވަރަށް ބޮޑަށް ބަލިވިއެވެ. ބޭސްކުރަން ހަދައިގެން އަތުގައި ހުރި ހުރިހާ ފައިސާއެއް ހުސްވެ ވިޔަފާރި ބަނގުރޫޓުވިއެވެ. ތަނުގެ ބިލްތައްވެސް ނުދެއްކި ދަރަނިވެރިވިއެވެ. 

ފައިސާ ދަރަންޏަށްވެސް ލިބޭނެ ގޮތެއް ނެތުމުން ބޭކަރީ ވިއްކާލަން ނިންމަައި ބޭރުގައި ނޯޓިސް ހަރުކުރިތާ 3 ވަނަ ދުވަހު ކާރެއް މަޑުކޮށްފައި އަންހެނަކު ފެއިބިއެވެ. އަދި ތަންގަންނަން ޝައުޤުވެރިވާކަމަށް ބުނެ ވާހަކަދައްކަމުން އޭނާއަށް އެޙާލުގައި ޖެހުނު ގޮތާއި ދަރައި އޮތް މިންވަރު އޮޅުންފިލުވިއެވެ. ތަންވިއްކަން ނިންމާފައި އޮތް އަގު ބުނުމުން ވަޤުތުން ޗެކެއް ލިޔެފައި ދިނެވެ. ބުންޏެވެ. "ތިއަ ފައިސާ ބޭނުންކޮށްގެން ތަން ހިންގާށެވެ. ލިބޭ ފައިސާވެސް ކަލެއަށެވެ. ބޭކަރީވެސް ކަލެއަށެވެ." 

އެހެން ބުނެފައި އަންހެންކުއްޖާ ބުންޏެވެ. "ކަލޭ މިހާރު ހަނދާން ނެތިދާނެއެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން އަހަރެންގެ އަތުގައި އެއްވެސް ފަދައެއް ނެތި، ކާނެ އެއްޗެއް ނެތިގެން މަގުމަތީގައި އެނބުރެމުން އައިސް މިތަނުގެ ދޮރުމަތީގައި ބަލަންހުއްޓާ އަހުރެން ވައްދައި ބަނޑުބޮޑުވަންދެން ކާން ދިނުމުގެ އިތުރުން ގެއަށް ގެންދަންވެސް އެއްޗެތިދިން ހަނޑާން އަހުރެން އެބަހުއްޓެވެ. މިއީ އެކުޑަ އަންހެންކުއްޖާއެވެ. މިއަދު ކަލެއަށް އެހީތެރިމިވީ އެދުވަހުގެ ހަނޑާންތައް ހުރީތީއެވެ." 

އޭނާއަށް ބުނާނެ އެއްޗެއްވެސް ނުވިސްނުނެވެ. ހަމައެކަނި ބުނެވުނީ "ﷲގެ ދީލަތިވަންތަކަމާއެވެ! ޝުކުރު އަލްޙަމްދުލިﷲ އެވެ." 

މިބާވަތުގެ އެތައް ޙާދިސާތަކެއް ކޮންމެ ދުވަހަކު ހިނގައެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! ﷲ ތަޢާލާގެ މަގުގައި ދީލަތިވާށެވެ! އެމީހަކަށް ރަހްމަތް ލައްވަވާނެ ގޮތް ހިތަށްވެސް ނުގެނެވޭނެއެވެ. ގިނަ މީހުންނަށް ދުނިޔޭގައިވެސް ބޮޑެތި މަންފާތައް ކުރެއެވެ. އާޚިރަތުގައި ކުރާނެ ފައިދާ ހިތަށްވެސް ނުގެނެވޭނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން