ރަވާތިބް ސުންނަތް ކުރަން ލިބެނީ މަދުވަޤުތުކޮޅެކެވެ. މިސްކިތު ގަޑިން އެލާމް އެޅީމާ ޤަމަތްދޭތީ އެންމެ ފުރިހަމައަށް ކުރަން އޮންނަނީ އުނދަގޫވެފައެވެ. އެލާމް އަޅާއިރަށް ޤަމާތް ނުދީފިނަމަ ރުޅި އަންނަ ބައަކުވެސް ތިބެއެވެ. އެއީ ވަޤުތު ގިނަވާތީއެވެ. އަވަހަށް ފައިބަން ބޭނުންވާތީއެވެ.
ނަމަވެސް ފަރުޟް ނަމާދު ނިމިގެން ރަވާތިބް ސުންނަތް ކުރާއިރު ނުވަތަ ބަންގިއާއި ދެމެދު ވަޤުތު އޮވެގެން މަސްޖިދު ސުންނަތްކުރާއިރު ނުވަތަ އިހު ސުންނަތް ފިޔަވައި އެހެންވެސް ސުންނަތް ނަމާދުކުރާއިރު އެމީހަކު ބޭނުންވަރަކަށް ފުރިހަމަކުރަންވީއެވެ. ފުރިހަމަކުރިވަރަކަށް ޘަވާބު އިތުރުވާނެއެވެ. އިން ޝާ ﷲ
ސުވާލު:. މަސްޖިދު ސުންނަތް އަދި ރަވާތިބް ސުންނަތް ކުރާއިރު ދުޢާއުލް އިފްތިތާޙް ކިޔަން ޖެހޭނެތަ؟
ޖަވާބު:. ކިއުން އެދެވިގެންވޭ. ނަމަވެސް ލާޒިމެއް ނޫން.
(މިޖަވާބުން އެނގެނީ ސުންނަތް ނަމާދުތަކުގައި ދުޢާއުލް އިފްތިތާޙް ކިޔުމުން އިތުރަށް ފުރިހަމަ ވާނެކަމެވެ. އިތުރަށް ފުރިހަމަކުރިވަރަކަށް ދެއްވަވާ ޘަވާބު އިތުރުވާނެއެވެ. އިން ޝާ ﷲ)
އިތުރު ސުވާލެއް:
ސުވާލު:. ނަމާދުގައި އަންހެނުންގެ އަތްތިލަ ކޮންމެހެން ފެންނަން ޖެހޭތޯ؟ ނަމާދު ދޮޅިން ދެއަތްތިލަ އެއްކޮށް ފޮރުވިފައިވާނަމަ ކަމުދާނެތޯ؟
ޖަވާބު:. ނަމާދު ދޮޅިން އަތްތިލަ ފޮރުވުނަސް މައްސަލައެއް ނޫން، މަނާވެގެންވަނީ އަންގިލެއްވުން.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް