އެމީހާގެ ނަން ކޮންމެ ދުވަހަކު އެމީހަކު ބޭނުންވާ ވަރަކަށް ރަސޫލް ޞޢޥ އަށް ދެންނެވޭނެ މަގު އެބައޮތް! ފުރުޞަތުގެ ބޭނުން ހިފާ މީހަކަށް ޤިޔާމަތް ދުވަހު ހުރި ރަހްމަތުގެ ބޮޑުކަމާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
އެމީހާގެ ނަން ކޮންމެ ދުވަހަކު އެމީހަކު ބޭނުންވާ ވަރަކަށް ރަސޫލް ޞޢޥ އަށް ދެންނެވޭނެ މަގު އެބައޮތް! ފުރުޞަތުގެ ބޭނުން ހިފާ މީހަކަށް ޤިޔާމަތް ދުވަހު ހުރި ރަހްމަތުގެ ބޮޑުކަމާއެވެ!

ދެން އޮތީ މި ހުކުރު ދުވަހުގެ އެންމެ މަތިވެރި ޢަމަލް. އަޅުގަނޑުމެން އެންމެންވެސް ވަރަށް ފަރުވާތެރިކަމާއެކު ހުކުރުދުވަހުގަ ކަހަފް ސޫރަތް ކިޔަވާ. އަޅުގަނޑުމެންގެ ދަރިންނަށްވެސް އެސޫރަތް އުނގަންނައިދޭ. 

އެހެންނަމަވެސް ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ބައެއް ދަންނަ ބޭކަލުން ވިދާޅުވަނީ ޙަދީޘްތަކުގެ އަލީގައި، ހުކުރު ދުވަހު ޤުރުއާން ކިޔެވުމަށްވުރެވެސް ހެޔޮވެގެންވާ ޢަމަލެކޭ އެއީ ގަދަ ކީރިތި ވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ މި އުއްމަތަށް ކައު ކުރެއްވި ކީރިތި މާތް ސާޙިބާ މުޙައްމަދުން ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވުން. 

އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުގައި އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވޭ -- " ތިޔަބައިމީހުން ހުކުރު ވިލޭރެއާ ހުކުރު ދުވަހު ތިމަންކަލޭގެފާނަށް ގިނަގިނައިން ޞަލަވާތް ކިޔަވާށޭ" އެއީ ކީއްވެގެންތޯ؟ --- " ތިޔަބައިމީހުން ޞަލަވާތް ކިޔަވާ ކޮންމެ ވަގުތަކު ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ޞަލަވާތް ތިމަންކަލޭގެފާނާ ހަމައަށް ގެނެސްދެއްވާނެއޭ." އެވަގުތު ޞަހާބީން ސުވާލު ކުރައްވަނީ އޭ ﷲ ގެ ރަސޫލާއޭ ކިހިނެއްހެއްޔޭ ކަލޭގެފާނު ފަސްދާނު ލެއްވުމަށްފަހުގައި ކަލޭގެފާނުގެ ހަށިކޮޅު ބިމުގެ ވެލިތަކާ އެއްވެ ވީރާނާވެގެން ދިޔުމަށްފަހު ކިހިނެއްހެއްޔޭ ތިމަން ބޭކަލުންގެ ޞަލަވާތް ކަލޭގެފާނާ ހަމައަށް އަންނާނީ. 

ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ " އަންބިއާއިން" ނަބީބޭކަލުންނާއި ޝަޙީދުންގެ ހަށިތައް ކެއުން ބިމުގެ ފަނިފަކުސާތަކަށް ހަރާމް ކުރައްވާފައެވެ. އެހެންވީމާ ޝަޙީދުންނާއި ނަބީ ބޭކަލުން ފަސްދާނު ލެވިފައި ވިޔަސް ނުވަތަ ވަޅުލެވިފައި ވިޔަސް، އެބޭކަލުންގެ ހަށިގަނޑުތަކަކަށް އެއްވެސް ބަދަލެއް ނާއްނަނެ. 

ލޮބުވެތި އަޚުންނޭ، މި ޙަދީޘްއަށް އަޅުގަނޑުމެން ކުޑަކޮށް ވިސްނާލައްވާ. ކީކޭ މި ޙަދީޘް ގަ ލޮބުވެތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ؟ ތިމަންކަލޭގެފާނަށް މުސްލިމަކު ދުނިޔޭގެ ކޮންމެ ތަނަކު ހުރެގެން ޞަލަވާތް ކިޔަވައިފި، (ކޮބާ ޞަލަވާތަކީ؟ އެއީ އެންމެ ކުޑަ މިންވަރަކުން (ޞައްލަﷲ ޢަލާ މުޙައްމަދު-) އެގޮތަށް އަޅުގަނޑުމެން ކިޔާ ކޮންމެ ފަހަރަކު ކިހިނެއް މިވަނީ. މަލާއިކަތަކު އެމީހަކު އެ ހުރިތަނުން ދަތުރު ކުރައްވާފަ ވަޑައިގަންނަވަނީ ސައުދިއަރަބިޔާ އަށް. ވަދައިގެން މަދީނާގަ ޢައިޝަތުގެފާނުގެ ގަނޑުވަރުކޮޅުގަ ފަސްދާނުލެވިފައިވާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އެ މަލާއިކަތަކު ވަދައިގަންނަވާނެއޭ، ވަޑައިގެން ވިދާޅުވާނެއޭ، (މިޘާލަކަށް) އޭ ﷲ ގެ ރަސޫލާއޭ، ތިމަންނަ މިއައީ ޅ އަތޮޅު ހިންނަވަރު މިވެނި މީހެއް ކަލޭގެފާނަށް ޞަލަވާތް ކިޔެވީމަ އެ ޞަލަވާތް ރައްދުކުރާށޭ. ދެން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ ފުރާނަފުޅު އަޅުއްވާ އެކަލޭގެފާނު އެ ޞަލަވާތާއި ސަލާމް ބަލައިގެން އެމީހާއަށް އެކަލޭގެފާނު އެ ރައްދުކުރައްވާނެ. 

ލޮބުވެތި އަޚުންނޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުގަ ދުވާލަކު ދިހަހާސް ފަހަރަށް މަލާއިކަތަކު އައިސް މީ ޅ. ހިންނަވަރު ނުވަތަ ނައިފަރު ނުވަތަ އެހެން ރަށެއްގެވެސް މިވެނި މީހަކު ކަލޭގެފާނަށް ދެންމެ ޞަލަވާތް ކިޔަވައިފި، ދެންމެ ޞަލަވާތް ކިޔަވައިފި. ދުވާލަކު ދިހަހާސް ފަހަރު އެކަލޭގެފާނުގެ ކަންފަތްޕުޅަށް،  ނުވަތަ ދުވާލަކު އެއްހާސް ފަހަރު ނުވަތަ ދުވާލަކު ސަތޭކަފަހަރު އެމީހެއްގެ ނަން އެކަލޭގެފާނުގެ ކަންފަތްޕޅުގެ ދޮށުގަ ޛިކުރު ކުރެވޭ މީހާ، މާދަމާ މަޙްޝަރުގެ ބިމުން ނުވަތަ ސުވަރުގެއިން ބައްދަލުވީމަ އެކަލޭގެފާނަށް  އެނގިވަޑައިނުގަންނަވާނެތޯ؟ އެހެންވީމަ ބަލާ، އަޅުގަނޑުމެން ވަރަށް ކުޑަކުޑަ ޢަމަލެއް ކޮށްގެން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޘަވާބެއް ޙާސިލް ކުރެވިގެން މިދަނީ.  

 

- ޝައިޚް މުޖުތަބާ ހަމީދް

 

މިއަދު އޮންލައިން