ހިތްހަމަނުޖެހުމާ ހާސްވެ ކަންބޮޑުވުން ފިލާނީ މީހުން ބުނާ ގޮތަށް ހެދުމަކުން ނޫން! މިއާޔަތަށް ޢަމަލުކުރުމުންކަން ޔަޤީން!: ޑރ. ނޫމާން ޢަލީ ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ހިތްހަމަނުޖެހުމާ ހާސްވެ ކަންބޮޑުވުން ފިލާނީ މީހުން ބުނާ ގޮތަށް ހެދުމަކުން ނޫން! މިއާޔަތަށް ޢަމަލުކުރުމުންކަން ޔަޤީން!: ޑރ. ނޫމާން ޢަލީ ޚާން

ހިތްދަތިވެ ހާސްވެ ކަންބޮޑުވާންޖެހޭ ކަންކަން ކުރިމަތިވުމުން ޢަމަލުކުރާނެ ގޮތުގެ ލަފާ ހޯދަން ދިއުމުން އެކަކު ބުނާނީ ގިނަގިަނއިން ބޭރަށްގޮސް އެކުވެރިންނާއިއެކު މަޖާކުރުމަށެވެ. އަނެކަކު ބުނާނީ ގޭގެ ރޫފްޓޮޕަށް އަރައި ނުވަތަ ކޮންމެވެސް ތަނަކަށް ގޮސް އެކަނިވެލައިގެން އިނދެ މީހުން އުފާކުރާތަން ބެލުމަށެވެ. އަނެކަކު ބުނާނީ ކޮންމެވެސް ލަވައެއް އަޑުއެހުމަށެވެ. 

މިހެން ގޮސް ތަފާތު ކަންކަން ކުރަން ބުނާނެއެވެ. އެހުރިހާ ކަންކަން ކުރަންވެސް މަސައްކަތް ކުރާނެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެއިން އެއްވެސް ކަމަކުން ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ޙަޤީޤީ ހިތްހަމަޖެހުމެއް ލިބޭނީ ﷲ ތަޢާލާ ކީރިތިޤުރްއާނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމުންނެވެ. 

ﷲ ތަޢާލާގެ ވަހީބަސްފުޅު މިއޮތީއެވެ. ވަރަށް ސާފެވެ! 

28﴾ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ 

"އެއުރެންނީ، އީމާންވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟" 

ރަނގަޅަށް ވިސްނައިލާށެވެ! އަހުރެންނަށް ފެންނަނީ ސުވާލުގެ ކުރިއަށް ޖަވާބު އޮއްވައެވެ! ހިތަށް ހަމަޖެހުނުން ލިބޭނީ ﷲ ތަޢާލާ ހަނދުމަކުރުމުން ކަމަށް އޮތް ބަސްފުޅެވެ. 

މިއާޔަތް އެންމެންނަށްވެސް އެނގޭނެއެވެ. އެކަމަކު ޢަމަލުކުރަން ބޭނުންނުވަނީއެވެ. ޢަމަލުކުރަން ބޭނުންމިވަނީ ކޮންމެވެސް މީހަކު ބުނާ ވާހަކައަކަށެވެ. ހިތްތަކަށް ހަމަޖެހުން ލިބޭނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާކަމަށް ޔަޤީންނުކުރެވޭ މީހަކަށް އަބަދުވެސް ހުންނަން ޖެހޭނީ ހިތްހަމަނުޖެހިފައެވެ. ހާސްވެ ކަންބޮޑުވެފައެވެ. 

އާނއެކެވެ! މިއާޔަތުގައވާ ފަަދއިން ﷲ ތަޢާލާ ހަނދުމަކުރުމުން ހިތަށް ހަމަޖެހުން ލިބޭނީ ފުރިހަމަ ގޮތުގައި އީމާންވެގެން ހުރިނަމައެވެ. އީމާންވެގެން ހުރެ މިއާޔަތަށް ޢަމަލުކޮށްފިނަމަ ހިތްހަމަޖެހުން ނުލިބޭނެ މީހަކު ނުހުންނާނެކަން އެއީ ޔަޤީންކަމެކެވެ.

 

- މަޢުލޫމާތު: ޑރ. ނޫމާން ޢަލީޚާންގެ ދަރުސަކުން

މިއަދު އޮންލައިން