ދަމުނަމާދުގައާ އެހެން ނަމާދުތަކުގަވެސް ސަޖިދައިގަވެސް ފަސޭހައިން ކުރެވޭނެ ކުރު ދުޢާތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ދަމުނަމާދުގައާ އެހެން ނަމާދުތަކުގަވެސް ސަޖިދައިގަވެސް ފަސޭހައިން ކުރެވޭނެ ކުރު ދުޢާތަކެއް!

ދަމުނަމާދުގައި ކުރެވިދާނެ ދުޢާތަކާއިބެހޭ ގޮތުން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ދަމުނަމާދުގައި ކުރެވިދާނެ ދުޢާތަކެވެ. މިއީ ދަމުނަމާދުގެ އިތުރުން އެހެން ނަމާދުތަކުގެ ސަޖިދައިގައިވެސް ކުރެވިދާނެ ވަރަށް ކުރު ދުޢާތަކެކެވެ. 

ދަމުނަމާދުގައި ކުރެވިދާނެ ކުރު ދުޢާ ތައް:   

اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنَّا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އީ ޢަފޫ ކުރައްވާ އިލާހެވެ. ޢަފޫ ކުރެއްވުމަށް ލޯބި ކުރައްވާ އިލަހެވެ. އަޅަމެންނަށް ޢަފޫކޮށްދެއްވާފާންދޭވެ.  

رَبَّنَا آتِنَا فِيْ الدُّنْيَا حَسَنَةً وَفِيْ الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދުނިޔޭގައިވެސް ހެޔޮކަން، އާޚިރަތުގައިވެސް ހެޔޮކަން ދެއްވާ ނަރަކައިގެ ޢަޛާބުން އަޅަމެން މުއްތި ކުރައްވާފާންދޭވެ.  

رَبِّ ارْحَمْهُمَا كَمَا رَبَّيَانِيْ صَغِيْرًا 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެދެމީހުންނަށް ރަޙްމަތް ލައްވާފާންދޭވެ.  

رَبَّنَا لَا تُزِغْ قُلُوْبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَة ًإِنَّكَ أَنْتَ الْوَهَّابُ 

މާނަ: އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ތެދުމަގު ދެއްކެވުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްގުގެ މަގުން އެއްކިބާ ނުކުރައްވާފާންދޭވެ. އަދި އަޅަމެންނަށް އިބަ ﷲ ގެ ޙަޟްރަތުން ރަޙްމަތް ލައްވާފާންދޭވެ. ހަމަކަށަވަރުން، އިބަ ﷲ އީ، ގިނަގުނަ ނިޢްމަތްތައް ދެއްވާ އިލާހެވެ.   

اَللَّهُمَّ تَوَفَّنَا مُسْلِمِيْنَ وَأَلْحِقْنَا بِالصَّالِحِيْنَ  

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މުސްލިމުންކަމުގައިވާ ޙާލުގައި އަޅަމެންގެ މަރު ގެންދަވާފާންދޭވެ. އަދި ޞާލިޙުންނާއި އެކު އަޅަމެން ލައްވާފާންދޭވެ.   

اَللَّهُمَّ ارْزُقْنَا الْجَنَّةَ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅަމެންނަށް ސުވަރުގެ މިންވަރު ކޮށްދެއްވާފާންދޭވެ.  

اَللَّهُمَّ أَجِرْنَا مِنَ النَّارِ 

މާނަ: ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތް ކުރައްވާފާންދޭވެ. 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން