ޞަޙާބީންވެސް ހެޔޮ ޢަމަލުތައް ކުރެއްވެވުމުގަ ވާދަކުރެއްވެވި! އަހަރެމެންނަށްވެސް ހުއްދަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޞަޙާބީންވެސް ހެޔޮ ޢަމަލުތައް ކުރެއްވެވުމުގަ ވާދަކުރެއްވެވި! އަހަރެމެންނަށްވެސް ހުއްދަ!

މިއަދު އަހުރެމެންނަށް ވާދަކުރެވެނީ ވާދަކުރުން ހުއްދަ ނޫން ކަންކަމުގައެވެ. އެއީ ދުނިޔަވީ ކަންކަމުގައި ކުރިއަރައިދިއުމަށް ވާދަކުރުމެވެ. ވާދަނުކުރެވެނީ ވާދަކުރުން ހުއްދަ ކަންތަކުގައެވެ. އެއީ ތަޤްވާވެރިކަމުގައި ކުރިއަރައިދިއުމަށް ވާދަކުރުމެވެ. އަޅުކަންކުރުމުގައި ކުރިއަރައިދާން ވާދަކުރުމެވެ.  

ތިރީގައިވާ ޝައިޚް ނިމާލްގެ ބަސްފުޅަށް ވިސްނަވައިލައްވާށެވެ!   

ބޭރުފުށުން ބަލާއިރު ޙަސަދަހެން ހީވެދާނެ. އެހެންނަމަވެސް އެއީ ޙަސަދައެއް ނޫން. އެއަށް މިކިޔަނީ ޣިބްދާއޭ. މީހަކު ހެޔޮ ކަންތައްތައް ކުރަނީ. މީހަކު ﷲ އަށްޓަކާ ހޭދަކުރަނީ. މީހަކު ނަމާދުކޮށް ރޯދަހިފާ ޒަކާތްދީ ހެޔޮ ކަންތައްތައް ކުރުމުގައި ދެމި ހުންނަ މީހެއް. އެފަދަ މީހަކާ އެއްވައްތަރު ވުމަށް އޭނާގެ ހިތް ނިޔަތުގައި ބޭނުންވުން، އޭނާގެ ހިތުގައި އެކަމަށް އެދުން.  

އެކަމަކު އެއްކަލަ ހެޔޮ ކަންތައްތައް ކުރާމީހާ ނުވަތަ ނިޢުމަތްތައް ލިބެމުންދާ މީހާ، އެމީހާގެ އެނިޢުމަތް އޭނާގެ ކިބައިން ފިލާދިއުމަށް އެދުމެއް ނެތި. ﷲ އަށްޓަކާ ހޭދަކުރަމުން ދާމީހާ އެމީހާ ހަމަ ހޭދަކުރަމުންދިޔުމަށް އޭނާ އެދޭނެ. އެހެންނަމަވެސ އެމީހާ ފަދައިން ތިމަންނައަކީވެސް ﷲ އަށްޓަކާ ހޭދަކުރުމާއި އެ ނިޢުމަތްތައް ލިބޭ މީހެއްގެ ގޮތުގައި ވުމަށް ނުވަތަ އެ އެދުން އޮތުން ނުވަތަ އެ ވިސްނުން އޮތުން، އެއަށް މިކިޔަނީ ޣިބްދާއޭ. 

ބައެއްފަހަރު ބައެއް މީހުންނަށް އެކަހަލަ ކަންތައްތައް އޮޅިފަ ހުރެދާނެ. ތިމަންނަވެސް އޭނަ ފަދަ މީހަކަށް ވުމަށް އެދިއްޖެކަމުގައި ވާނަމަ އެއީވެސް ޙަސަދައޭ! ނޫން ލޮބުވެތި އަޚުން. އޭނާގެ ކިބައިން އެ ނިޢުމަތް ފިލާ ދިއުމަށް ނޭދޭހާ ހިނދަކު ތިމަންނައަށްވެސް އެ ނިޢުމަތް ލިބި ހަމަ އޭނާ ކުރާފަދަ ހެޔޮ ކަންތައްތައް ކުރަން އެދޭ ކަމަށް ވާނަމަ އެއަށް މިކިޔަނީ ޤިބްދާއޭ. އެ ހެޔޮކަމަކަށް އެދޭ އެދުމޭ. އެހެންވީމަ އަޅުގަނޑުމެން މިފަދަ ކަންތައްތައްވެސް ތަފާތުކުރާ ބައެއް ގޮތުގައި ވާންޖެހޭ.

- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން