އެކުގައި އުޅެވޭ މީހުންގެ ތެރެއިން އެންމެންނަކީ އެއްވިސްނުމެއްގެ ބައެއް ނޫނެވެ. އަދި ބައްދަލުވާ މީހުންނާއިމެދުވެސް އެކަން އޮތީ އެގޮތަށެވެ. ބަލައިލެވޭ ގޮތަކުންވެސް ނުބައި މާނަ ނަގައި އެކަމުގެ ނާޖާއިޒު ފައިދާ ލިބިގަންނަން ބޭނުންވާ ބައަކު އުޅޭނެއެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައެވެ. "އަންހެނަކު ހިތްހެޔޮކަމާއިއެކު ކޮށްލެވޭ ކުޑަކުޑަ ޢަމަލަކުން، އަދި ބަލައިލެވޭ ގޮތަކުން އެއީ ނުބައި ކަމަކަށް ދަޢުވަތުދިނުން ކަމަށް ޤަބޫލުކުރެވުމަކީ ވަރަށް ގާތް ކަމެކެވެ. ވީމާ ހިތްހެޔޮކަން ބާއްވަންވާނީ ހިތުގައެވެ. އެކަން ޢަމަލުންވެސް އަދި ބެލުމުންވެސް ނުދައްކާށެވެ! އަދި ކީއްހެއްޔެވެ؟ ޝަހްވަތްތެރިކަމާއިއެކު ބެލުމަކީވެސް ފާފަވެރިވާ ކަމެކެވެ. އެކަންވެގެންދާނީ ލޮލުން ކުރެވޭ ޒިނޭއަކަށެވެ."
އަދިވެސް އޭނާ ވިދާޅުވެފައިވެއެވެ. "މިޒަމާނުގައި ގެއަށް ޒިޔާރަތްކުރާ ހިލޭ ފިރިހެނުންނަށް ޚިދުމަތްކުރަން (ކާންބޯންދިނުންފަދަ) ޚިދުމަތްތައް ކުރަން އެބަޖެހެއެވެ. އެޙާލަތުގައިވެސް އެންމެ ރައްކައުތެރި ގޮތަކީ އޭނާއަށް ނުބެލުމެވެ. އެއީ ބޮޑާވުމެއް ނޫނެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ."
އަލްޤާމާހް ބިން އަލްޙުވައިރިޘް ރިވާކުރައްވާފައި ވެއެވެ: الله ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ "ދެލޮލުގެ ޒިނޭއަކީ ޝަހުވަތްތެރި ނަޒަރެވެ." (ޝަހްވަތްތެރިކަމާއިއެކު ބެލުމެވެ.)
‘Alqamah ibn al-Huwayrith reported: The Messenger of Allah, peace and blessings be upon him, said, “The adultery of the two eyes is the lustful gaze.”
Source: al-Mu’jam al-Kabīr lil-Ṭabarānī 18/8
Grade: Sahih (authentic) according to Al-Albani
عَنْ عَلْقَمَةَ بْنِ الْحُوَيْرِثِ قَالَ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زِنَى الْعَيْنَيْنِ النَّظَرُ
18/8 المعجم الكبير للطبراني
3575 المحدث الألباني خلاصة حكم المحدث صحيح في صحيح الجامع
ބައެއް އަންހެނުންނަށް އެފަދައިން ބެލެނީ ނުބައި ނިޔަތެއް ނެތިއެވެ. ހިތްހެޔޮކަމުންނެވެ. ނަމަވެސް އެކަން ބަދަލުވެގެން އެދަނީ ފާފައަކަށެވެ. ވީމާ މިއީ ހޭލުންތެރިވާންޖެހިފައިވާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން