ކައިވެނި ކުރުމަށްފަހު އަނބިން ޢިލްމް ހޯދަން މަސައްކަތްކުރަންވާނީ ފިރިމީހާގެ ޙައްޤުތައް އަދާކުރަމުން! ފުރައިގެންދާންވާނީ މަޝްވަރާކޮށް ރުހިގެން!: ޝައިޚް މުޙައްމަދު އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 46ސ
ކައިވެނި ކުރުމަށްފަހު އަނބިން ޢިލްމް ހޯދަން މަސައްކަތްކުރަންވާނީ ފިރިމީހާގެ ޙައްޤުތައް އަދާކުރަމުން! ފުރައިގެންދާންވާނީ މަޝްވަރާކޮށް ރުހިގެން!: ޝައިޚް މުޙައްމަދު އިބްރާހީމް

މިހާރަކީ ދެމަފިރިންވެސް ކިޔަވައި ނިމޭ ޒަމާނެއް ނޫނެވެ. ވަޒީފާއެއްގައި އުޅޭނަމަ އަބަދުހެން އޮންނަނީ އިތުރަށް ކިޔަވައި ތަމްރީނު ހޯދަންޖެހިފައެވެ. އެކަން އޮއްވައި ތިމާ ޙާޞިލްކުރަން ބޭނުންވާ ފެންވަރަށް ތަޢުލީމް ޙާޞިލުކޮށް ނިމެނީވެސް އެތައް އަހަރަކުންނެވެ.  

ވީމާ މިއީ ވިސްނާލުން މުހިންމު ސުވާލެކެވެ.  

ޝަރުޢީ ޢިލްމު ވިޔަސް އަދި ދުނިޔަވީ ޢިލްމުވިޔަސް، ހޯދުމުގަ އަނބިމީހާ ފިރިމީހާއަށް އަދާ ކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްނުދީ އޭނަ އަމިއްލައަށް އެގޮތަށް ޢިލްމު ހޯދަން ދެވިދާނެތޯ؟  

ޖަވާބު:  

އާދެ، މިހާރު ކައިވެނި ކުރުމަށްފަހުގަ އެންމެ ފުރަތަމަ އޭނާގެ އެންމެ އިސް ވާޖިބަކީ ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުން. އެއަށްފަހުގަ ދެން މިއަންނަނީ ފިރިމީހާގެ ޙައްޤުތައް އަދާ ކުރުން. ފިރިމީހާގެ ޙައްޤުތައް ވަރަށް ބޮޑު. މިހާރު ޙަދީޘްގަ އިއިއްސަ މިއޮންނަނީ -- "ތިމަންކަލޭގެފާނު މީހަކު މީހަކަށް ސަޖިދަކުރުމަށް އަމުރުކުރެއްވިކަމުގަ ވާނަމަ އަނބިމީހާ ފިރިމީހާއަށް ސަޖިދަކުރުމަށް އަމުރު ކުރެއްވެވީމުހޭ. އެއީ އަނބިމީހާގެ މައްޗަށްވާ ފިރިމީހާގެ ޙައްޤުގެ ބޮޑު ކަމުންނެވެ."  

އެހެންވީމާ ފިރިމީހާގެ ޙައްޤުތައް ހަނދާން ނައްތާލާފަ އޭނާ އެ ޢިލްމު ޙަސިލް ކުރުމަށްޓަކާ ދިއުން އެއީ ހުއްދަ ކަމެއް ނޫން އެއީކީ. މިހާރު ފިރިމީހާގެ ޙައްޤުތައްވެސް އަދާ ކޮށްދެމުން އޭނާ އެކަން ކުރޭ. އެހެނެއް ނޫން މިސާލަކަށް ކައިވެނި ކުރުން އޭނާއަށް ލަސް ކުރެވިދާނެތާ، އެ ޢިލްމު ހާސިލް ކުރުމަށްޓަކާ އޭނަ ކައިވެނި ކުރުން ލަސް ކުރީ، މައްސަލައެއް ނެތް.  

މިސާލަކަށް ދުނިޔަވީ ޢިލްމެއްވެސް މުޖުތަމަޢަށް ފައިދާހުރި ޢިލްމެއް އޭނާ ޙަސިލް ކުރުމަށްޓަކާ އޭނަ ކައިވެނި ކުރުން ލަސްކުރީ. އޭނާގެ ޢިއްފަތްތެރިކަން ރައްކަތެރި ކުރުމާއި އެކު. އެހެން ވެއްޖެއްޔާ މައްސަލައެއް ނެތް. ދެން މިސާލަކަށް ކައިވެނި އޭނާ ކޮށްފަ ފިރިމީހާގެ ޙައްޤުތައް އަދާނުކޮށް އެ ޢިލްމު ޙަސިލް ކުރުމެއްނެތް. ނެތް އެއްގޮތަކަށްވެސް، އެ ހުއްދައެއް ނުވާނެ. ކައިވެނި ކޮށްފަ ދެން ފިރިމީހާގެ ޙައްޤުތައް އަދާ ނުކޮށް ދިއުން. ކައިވެނި ކުރުމަށްފަހުގަ އޭނާ ފިރިމީހާގެ ޙައްޤުތައް އަދާ ކުރަން ޖެހޭނެ.  

ދެން އޮތީ މިސާލަކަށް ދެމީހުން ވާހަކަ ދައްކައިގެން، މިސާލަކަށް ކޮންމެހެން އަނބިމީހާ ޙަސިލް ކުރަން ޖެހޭ ޢިލްމެއް ޙާސިލް ކުރުން، ދެމީހުން އެކަކު އަނެކަކަށް މާފުކޮށްގެން އެ ދެން މައްސަލައެއް ނޫން އެއީކީ، އެކަކު އަނެކަކާ މަޝްވަރާ ކޮށްގެން، މައްސަލައެއް ނެތޭ އެގަޑީގަ ކަލޭ ކިޔަވަން އުޅުނަސް ތިމަންނަގެ ޙައްޤު އަދާ ނުކުރިއަސް މައްސަލައެއް ނެތޭ. އެގޮތަށް ދެމީހުން މަޝްވަރާ ކޮށްގެން ދެމީހުންގެ އެއްބަސްވުމުގެ މަތިން މައްސަލައެއް ނެތް އޭރަކަށް. އެހެނެއް ނޫން، އަނބިމީހާ ހަމަ އެއްގޮތަކަށްވެސް ފިރިމީހާގެ ޙައްޤުތައް އަދާނުކޮށް ތަނަކަށް ގޮސް ޢިލްމު ޙާސިލް ކުރުން އެ ހުއްދައެއް ނުވާނެ އިނދެގެންނެއް. އެހެން ނޫނީ ކައިވެނި ނުކޮށް އެކަން ކުރޭ.

- ޝައިޚް މުޙައްމަދު އިބްރާހީމް  

މައްސަލައަށް އޮތް ޙައްލު: ޝައިޚުގެ ޖަވާބަށް ބަލާއިރު މައްސަލައަށް އޮތް އެންމެ ރަނގަޅު ޙައްލަކީ ކިޔެވުމާއިގެން ކުރިއަށް ދިއުމުގެ ނިޔަތް އޮތްނަމަ ކައިވެނީގެ ކުރިން އެކަމަށް މަޝްވަރާކޮށް އެކަމަށް ހުރަސް ނުއަޅާނެ މީހަކާއި ކައިވެނިކުރުމެވެ. ކައިވެނިކުރުން ލަސްކުރުމަކީ އެކަމުގެ ނުރައްކައުތެރިކަން މާބޮޑުކަމެކެވެ.

 

މިއަދު އޮންލައިން