ދުޢާ ކުރުމަށްޓަކައި ޤިބްލައާއި ވީފަރާތަށް އެނބުރުމަކީ ދުޢާ އިޖާބަކުރެއްވެވުމުގެ ޝަރުޠެއް ކަމަށް ބައެއް މީހުން ހީކުރެއެވެ.
އެއީ އޮޅުމެކެވެ. ދުޢާ ކުރުމަށްޓަކައި ޤިބްލައާއި ވީފަރާތަށް އެނބުރުމަކީ (ޤިބްލައަށް ކުރިމަތިލުމަކީ) ދުޢާ އިޖާބަކުރެއްވެވުމުގެޝަރުޠެއްނޫނެވެ. ނަމަވެސް ދުޢާކުރުމުގެ އަދަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤިބްލައަށް ނޫންގޮތަކަށް ދުޢާ ކުރިނަމަވެސް އެއީ މައްސަލައެއްނޫނެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ކަމެއް ޖެހިގެން ދުޢާކުރަންބަލާއިރު ޤިބްލަ ނުއެނގިވެސް ހިނގައިދާނެއެވެ. އަދި ޤިބްލައަށް ކުރިމަތިލެވެން ނެތިވެސް ހިނގައިދާނެއެވެ. އެޙާލަތުގައި އޭނާއަށް އޮތީ ހުރިތަނެއްގައި ހުރި ގޮތަކަށް ހުރެ ދުޢާކުރުމެވެ.
ނަމަވެސް މިސްކިތުގައި ނުވަތަ މުަސައްލަމަތީގައި ނުވަތަ ފަސޭހައިން ޤިބްލައަށް ކުރިމަތިލެވެން އޮތް ޙާލަތުގައި (އެކަމަށް ހުރަސްއެޅޭ ސަބަބެއް ނެތި) ދުޢާކުރާނަމަ ޤިންލައަށް ކުރިމަތިލާށެވެ! އެހެނީ އެއީ ދުޢާކުރުމުގެ އަދަބު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.