ލޮބުވެތި ޢިއްޒަތްތެރި އަޚުން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.
އެއްދުވަހެއްގައި މާތް ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމްގެ މަޖްލީހެއްގައި އެކަލޭގެފާނާ އެކީގަ، އެކަލޭގެފާނުގެ ޞާޙިބު މާތް ޞަޙާބީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އިންނަވަނިކޮށް، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ މަޖްލީހުގައި އިށިއިނދެވަޑައިގެން އިންނަވަނިކޮށް މީހަކު އައިސް އަބޫބަކުރު ރަޟިޔަﷲ ޢަންހްއަށް އެއްޗިހި މިކިޔަނީ.
އެކަލޭގެފާނާ ދިމާލަށް އެއްޗިހި ކިޔަން ފެށުމުން އެކަލޭގެފާނު ހަނު ހުންނެވި. އެއްވެސް ވަރަކަށް ރައްދެއް ނުދެއްވާ. އަނެއްކާވެސް އެމީހާ ތަކުރާރުކޮށް އެކަލޭގެފާނާ ދިމާއަށް ތަފާތު އެއްޗިހި ކިޔަމުން މިދަނީ. ހަމަ އަބޫބަކުރު ރަޟިޔަﷲ ޢަންހު ހަނު ހުންނެވީ. އެމީހާ ތަކުރާރުކުރަނީ މިގޮތަށް. އެންމެފަހުން އަބޫބަކުރު ރަޟިޔަﷲ ޢަންހްއަށް، އެކަލޭގެފާނަށް ރައްދު ދެއްވެން ފެށީ. އެކަމަށް އެކަލޭގެފާނަށް ކޯފާ އިސްކުރެވި ރައްދު ދެވެން ފެށުނީ.
އެވަގުތު މާތް ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމް އެތަނުން، އެމަޖްލީހުން ތެދުވެ ވަޑައިގެން އެކަލޭގެފާނު ވަޑައިގެންނެވި. އެވަގުތު އަބޫބަކުރު ރަޟިޔަﷲ ޢަންހަށް އެނގިވަޑައިގަންނަވައިފި މި އެހާ ރަނގަޅު ކަމެއް ނޫންކަން މިކުރެއްވުނީކީ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ މަޖްލީހުގައި ނުވަތަ އެކަލޭގެފާނުގެ އަރިހުގައި އިށިއިނދެވަޑައިގެން އިންނެވީ އެއްކަލަ ތަކުރާރުކޮށް އޭނަ އެއްޗިހި ކިޔަމުން ދިޔަ ވަޤުތުގައި އެމީހާ އައިސް އަބޫބަކުރު ރަޟިޔަﷲ އަންހާ ދިމާލަށް.
އެހެންނަމަވެސް އެކަލޭގެފާނު ރައްދު ނުދެއްވާ ހާލު، އެކަލޭގެފާނު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިށިއިނދެވަޑައިގެން އިންނެވި. އެހެންނަމަވެސް،ރައްދުދެއްވަން ފެއްޓެވުމުން އެކަލޭގެފާނު އެމަޖްލީހުންތެދުވެ ވަޑައިގެން ދުރަށް ޖެހި ވަޑައިގެން. އެވަގުތު އަބޫބަކުރު ރަޟިޔަﷲ ޢަންހު ފަހަތްޕުޅުން ވަޑައިގަތީ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ފަހަތްޕުޅުން ވަޑައިގަތީ. ވަޑައިގެންނެވުމުން އެކަލޭގެފާނު މިވާހަކަ ދެންނެވުމުން ޙަދީޘް ކުރައްވަނީ، ކަލޭގެފާނާ ދިމާއަށް އެމީހަ އެއްޗިހި ކިޔަމުން ދިޔަ ވަޤުތުގަ ކަލޭގެފާނު އެމީހާއަށް ރައްދު ނުދެއްވާ "އެމީހާއާ ދިމާލަށް ބދަލުގަ އެއްޗިހި ނުކިޔުއްވާ ރައްދު ނުދެއްވާ އެހެން އިންނެވި ވަޤުތުގައި މަލާއިކަތް ބޭކަލުން އެކަމަށް ރައްދު ދެއްވިއެވެ. އެހެންނަމަވެސް ކަލޭގެފާނު އޭނައަށް ރައްދު ދެއްވަން ފެއްޓެވުމުން ކިހިނެއްތޯ ވެގެން ދިޔައީ؟ ޝައިޠާނާ، އިބްލީސް އެތަނަށް ހާޒިރުވީމާ މަލާއިކަތް ބޭކަލުން އެތަން ދޫކުރައްވައިފި."
(ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އެތަން ދޫކުރެއްވެވީ އިބިލީހާ އެއްތަނެއްގައި ނުއިންނަވަންވެގެން.)
- ޝައިޚް ނިމާލް މުޙައްމަދުގެ ދަރުސަކުން