"ސަކީނާ" އާޔްތައް އަޑުއަހައިލުމުން ފުދޭނެތޯ؟
ޖަވާބަކީ: ރީތި ރާގުތަކަށް ކީރިތި ޤުރްއާން ކިޔަވާ އަޑުއެހުމަކީހިތަށް ހަމަޖެހުން ލިބޭ ކަމެކެވެ. އަދި ޤުރްއާންކިޔަވާ އަޑު އެހުމަކީވެސް ޘަވާބު ދެއްވަވާ ކަމެކެވެ. ނަމަވެސް އެއިރުން ލިބޭނީ އަޑުއެހިކަމުގެ ޘަވާބެވެ. ކިޔެވިކަމުގެ ޘަވާބުލިބޭނީ ކިޔެވުމުންނެވެ. ގިނަ ޘަވާބު ބޭނުންނަމަ ކިޔަވާށެވެ!
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ހިތްހަމަޖެހުން ލިބެން އޮތީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުންނެވެ. ކީރިތި ޤުރްއާން ކިޔެވުމުންނެވެ. ޤުރްއާން އަޑުއެހުމުންނެވެ. ކީރިތި ޤުރްއާނުން ޙާޞިލްނުކުރެވޭނެ ފައިދާއެއް ނެތެވެ.
އަހަރެމެންގެ ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގެ ސަބަބުން ކޮންމެ ދުވަހަކީވެސް ހިތްދަތިވުމާއި، ހާސްވުމާއި ކަންބޮޑުވުމާއި ފިކުރުބޮޑުވުމުގެ އެތައް ކަންތައްތަކަކާއި ކުރިމަތިލާންޖެހޭ ދުވަހެކެވެ. ފުރަތަމަ ހަނދާންކޮށްކޮށްލާށެވެ! މިހުރިހާ ކަމަކަށްވެސް ކީރިތި ޤުރްއާނުގައި ޝިފާއެއްވާކަމެވެ.
އިބްން ތައިމިއްޔާ ބަޔާންކުރައްވާ ގޮތުގައި (އިބްން ތައިމިއްޔާ) މިފަދަ ކޮންމެ ކަމަކާއި ގުޅިގެން މި 6 އާޔަތް ކިޔަވައިވިދާޅުވެއެވެ. އަދި އެކަމުގެ ސަބަބުން ހިތްހަމަޖެހުން ލިބިވަޑައިގަންނަވައެވެ.
ޔަޤީންކުރާށެވެ. މިލިއަނުން، ބިލިއަނުން އަތުގައި ފައިސާހުރިނަމަވެސް ހިތްހަމަޖެހުމެއް ނުގަނެވޭނެއެވެ. ހިތްހަމަޖެހުން ލިބުން އޮތީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. ޤުރްއާން ކިޔެވުމުންނެވެ.
ވުޟޫކޮށްލާށެވެ! ހަމަޖެހިލައިގެން ތަނެއްގައި އިށީނދެލާށެވެ. އިޚްލާޞްތެރިކަމާއިއެކު މާނައަށް ވިސްނައިގެން ރަހްމަތް ލައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު މި 6 އާޔަތްކިޔަވާށެވެ. އެމީހަކަށް ކުރިމަތިވެފަވާ ކަންބޮޑުވުން ފިލައި ހިތްހަމަޖެހުން ދެއްވަވާނެއެވެ. އިން ޝާ ﷲ ގިނަ ބއަކަށް ވަނީ ވަޤުތުންވެސް ޝިފާ ލިބިފައެވެ. މާޝާﷲ
މިއާޔަތްތަކަށް ނަންދެވިފައިވަނީ "ސަކީނާ"އެވެ.
އެ 6 އާޔަތަކީ:
1 وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ آلُ مُوسَىٰ وَآلُ هَارُونَ تَحْمِلُهُ الْمَلَائِكَةُ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ
"އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް تابوت އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ ހިތްހަމަޖެހުމަކާއި، أمان ކަމަކާއި، އަދި، موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ تابوت ގައި ވެއެވެ. (އެތަކެއްޗާއެކު) އެ تابوت، ملائكة ން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: تابوت އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مفسر ން ލިޔުއްވާފައިވެއެވެ.)"
(އަލް ބަޤަރާ: 248)
2 ثُمَّ أَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُوا ۚ وَذَٰلِكَ جَزَاءُ الْكَافِرِينَ
"ދެން اللَّه އެކަލާނގެ رسول އާއަށާއި، إيمان ވި މީސްތަކުންގެ މައްޗަށް އެކަލާނގެ (حضرة ން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر އެއް ބާވައިލެއްވިއެވެ. އަދި كافر ވި މީހުންނަށް އެކަލާނގެ عذاب ދެއްވިއެވެ. އެއީ كافر ންގެ ޖަޒާއެވެ." (އައްތައުބާ: 26)
3 إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ ۗ وَكَلِمَةُ اللَّهِ هِيَ الْعُلْيَا ۗ وَاللَّهُ عَزِيزٌ حَكِيمٌ
"ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. اللَّه ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. اللَّه އީ، عزيز ވަންތަަ، حكيم ވަންތަ ރަސްކަލާނގެއެވެ." (އައްތައުބާ: 40)
4 هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ ۗ وَلِلَّهِ جُنُودُ السَّمَاوَاتِ وَالْأَرْضِ ۚ وَكَانَ اللَّهُ عَلِيمًا حَكِيمًا
"އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، اللَّه އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ."
(އަލް ފަތްޙް: 4)
5 لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا
"ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ."
(އަލް ފަތްޙް: 18)
6 إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَىٰ رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَىٰ وَكَانُوا أَحَقَّ بِهَا وَأَهْلَهَا ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
" كافر ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، اللَّه، އެކަލާނގެ رسول އާގެ މައްޗަށާއި، مؤمن ތަކުންގެ މައްޗަށް، އެކަލާނގެ حضرة ން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمة އަށް حق ކަން ބޮޑުވެފައި، އަދި އެ كلمة ގެ أهل ވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ." (އަލް ފަތްޙް: 26)
- ޝައިޚް މުޙައްމަދު ބާޖައުރގެ ދަރުސަކުން