ދިރިއުޅޭއިރު އެބައަކާއި ދުރުހެލިވާންޖެހޭ 5 ބާވަތެއްގެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދިރިއުޅޭއިރު އެބައަކާއި ދުރުހެލިވާންޖެހޭ 5 ބާވަތެއްގެ މީހުން-

ދިރިއުޅޭއިރު އެބައަކާއި ދުރުހެލިވާންޖެހޭ ބައަކު އުޅެއެވެ. އެއިގެ ތެރެއިން މިތަނުގައި ފާހަގަމިކުރަނީ 5 ބާވަތެއްގެ މީހުންނެވެ. 

1 ތިބާގެ ޙާލަތަށް ނުވިސްނައި ތިބާގެ ކިބައިން ކަންކަމު އެދޭމީހުން. އެމީހުން ތިބާއާއިއެކުގައި ވާނީ އެމީހުންގެ ބޭނުންތައް ތިބާގެ ކިބައިން ފުދޭނަމަ އެކަންޏެވެ.

2 އެމީހުންނަށް ކުރެވޭ ކުށްތައް ޤަބޫލުނުކޮށް ތިބާގެ ކުށްހޯދައި ޝަކުވާކުރާ މީހުން

3 އެމީހަކަށްވުރެ ބޮޑަށް ތިބާއަށް ކުރިއެރުން ލިބެން ނޭދޭ މީހުން

4 ތިބާގެ ތެދުވެރިކަމުގެ އަގުވަޒަންނުކުރާ މީހުން

5 ތިބާ އެމީހަކަށް މާފުކުރުމުން އެކަމުގެ އަގުވަޒަންނުކޮށް އަބަދު މާފުހޯދަން އެދޭ މީހުން. 

މި 5 ބާވަތުންކުރެ ބާވަތެއްގެ މީހަކާއި ގުޅުން ބާއްވައިގެން ނުވަތަ އެކުގައި އުޅެން މަސައްކަތްކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ. މީގެ ތެރއިންވެސް 5 ވަނަ ބާވަތުގެ މީހުންނާއިމެދު ބަހެއް ބުނެލާނަމެވެ. 

އަނެކާއަށް ކުރެވޭ ކުށްތަކަށް މާފުކުރުމަކީ ދީލަތި މީހުންގެ ސިފައެކެވެ. އެކަމުގެ އަގުވަޒަންނުކޮށް ނާޖާއިޒު ފައިދާ ނަގަން މަސައްކަތްކުރާ މީހުން ވަރަށް ގިނައެވެ. ގިނަ ފަހަރު ކުސްތަކުރާރުކުރާނަމަ އިތުރުކުށްތައްކޮށް ގިނަގިނައިން މާފަށް އެދެންޖެހޭނަމަ އެކަމުން އަންގައިދެނީ އެމީހަކީ އިޞްލާޙްވާނެ މީހަކު ނޫންކަމެވެ. އެފަދަ މީހުންނާއި އެކުގައި އުޅެން މަސައްކަތްކުރާނަމަ ގާތީ އެމީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުން ނުލިބުމެވެ.

 

- ޙިކުމަތްތެރި ނަޞޭޙަތް

މިއަދު އޮންލައިން