ލޮލުން ބައެއް ރަތްވެފަ ހުންނަން މެދުވެރިވާ ސަބަބުތަކާ އެކަމަށް ދެވޭނެ ފަރުވާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ލޮލުން ބައެއް ރަތްވެފަ ހުންނަން މެދުވެރިވާ ސަބަބުތަކާ އެކަމަށް ދެވޭނެ ފަރުވާ-

ސަބްކޮންޖަންކްޓިވަލް ހެމޮރޭޖް އާންމުކޮށް ވަގުތު ފާއިތުވަމުން ދާއިރު ބޭސްފަރުވާއެއް ނެތި ރަނގަޅުވެއެވެ. 

ނަމަވެސް މީހުންނަށް މި ގޭގައި ބޭނުންކުރެވޭ ފަރުވާތައް ޓްރައިކޮށްގެން އުނދަގޫ އަލާމާތްތަކަށް ލުއި ލިބި، ޝިފާ ހޯދުމަށް ކުރިއެރުން ލިބިދާނެއެވެ: 

ބޮނޑިތާންކޮށްގެން ކެހުން ކުޑަކުރުން

ދުޅަވުން ކުޑަކުރުމަށް އައިސް އެޅިދާނެ

ލޯ ރަނގަޅުވަމުންދާއިރު ކޮންޓެކްޓް ލެންސް ނުޖަހަން އިޚްތިޔާރު ކުރުން

ހިކިކަން ކުޑަކުރުމަށް އާޓިފިޝަލް ކަރުނަ ބޭނުންކުރުން

ލޯ ނުއުނގުޅުން (ނުކެހުން) 

ޑޮކްޓަރަށް ދައްކަންވީ ކޮން އިރަކު؟: 

އަނިޔާއެއްގެ ސަބަބުން ލޮލުގެ ކަޅިއަށް ލޭ އަރާނަމަ ނުވަތަ ލޭމައްޗަށް ދިއުމުގެ ތާރީހެއް އޮތްނަމަ ނުވަތަ ލޭއައުމުގެ އުދަނގޫއެއް ހުރިނަމަ ޑޮކްޓަރަށް ދައްކަން ޖެހެ އެވެ. 

އަދި ރަތްކުލައިގެ ތަނުގެ އިތުރުން ތިރީގައިވާ އަލާމާތްތައް ފެނިއްޖެނަމަ ޑޮކްޓަރަށް ދައްކަން ޖެހެއެވެ. 

ބަލިޖެހިފައިވާ ލޮލުގައި ރިހުން

ބޮލުގައި ރިއްސުން

ލޮލުން ލޭއައުން

ދެލޮލުން ލޭއައުން

ފެނުމަށް ބަދަލުއައުން

ހިރުގަނޑުން ލޭއައުން

ލޮލުގެ ވަށައިގެން ރިއްސުން

މަލްޓިޕަލް ސަބްކޮންޖަންކްޓިވަލް ހެމޮރޭޖްސް 

ގިނަ ފަހަރަށް ސަބްކޮންޖަންކްޓިވަލް ހެމޮރޭޖް ވުމަކީ ކޮންޖަންކްޓިވަލް އެމިލޮއިޑޯސިސް ފަދަ ތަފާތު އަސްލު މެޑިކަލް ހާލަތެއް ކަމަށް ވެދާނެ އެވެ. 

ކޮންޖަންކްޓިވަލް އެމިލޮއިޑޯސިސް އަކީ ލޮލުގެ މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ސަބަބުން ލޮލުގައި ނުވަތަ ލޮލުގެ ކަޅި އެތެރޭގައި ޕިންކް ނުވަތަ ރީނދޫ ކުލައިގެ ލޭހޮޅިތަކެއް އުފެދެއެވެ. އެއީ ގުނަވަންތަކާއި އެހެނިހެން ޓިޝޫތަކުގެ ތެރޭގައި ޕްރޮޓީން ޖަމާވުމުން ދިމާވާ ކަމެކެވެ. 

ކޮންޖަންކްޓިވަލް އެމިލޮއިޑޯސިސް އާންމުކޮށް ހުންނަނީ ލޮލުގެ ތެރޭގައި ކަމަށާއި އެހެން ގުނަވަންތަކެއް ނުވަތަ ޓިޝޫތަކެއް ނުހިމެނޭ ކަމަށެވެ. 

ރައްކާތެރިވުން: 

ލޮލުގެ ހުދުކުލައިގައި ލޭގެ ކުލަޖެހުން ހުއްޓުވުމަކީ އަބަދުވެސް ކުރެވޭނެ ކަމެއް ނޫނެވެ. ސަބްކޮންޖަންކްޓިވަލް ހެމޮރޭޖް އަށް މެދުވެރިވާ ބައެއް ސަބަބުތަކަކީ ބޮޑު ތަނުން ދުރުހެލިވާން ޖެހޭ ސަބަބުތަކެކެވެ. 

ނަމަވެސް ލޮލުގެ ހުދުކުލައިގައި ލޭ އައުމުގެ ނުރައްކާ ކުޑަކުރުމަށް ފިޔަވަޅުތައް އެޅިދާނެ އެވެ. 

އޭގެ ތެރޭގައި ހިމެނެނީ؛ 

ލޭގެ ޕްރެޝަރު ބެލެހެއްޓުން: ލޭމައްޗަށް ދިއުމަކީ މީހެއްގެ ލޮލުގެ ލޭހޮޅިތައް ފަޅައިގެން ދިއުމުގެ ފުރުސަތު އިތުރުކޮށްދޭ ކަމެކެވެ. ލޭގެ ޕްރެޝަރު ދުޅަހެޔޮ ރޭންޖެއްގައި ބެހެއްޓުމަށްޓަކައި ބޭސް ދިނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް ޑޮކްޓަރުގެ އިރުޝާދުތަކަށް ތަބާވާން ޖެހެ އެވެ. 

ކަވަރުކޮށް ރައްކާތެރިކޮށްގެން އުޅުން: އުދުހޭ ތަކެތި ނުވަތަ ކުނިކޮޅުތައް ލޮލަސް އެޅިދާނެ ކުޅިވަރުތަކާއި ނުވަތަ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ލޮލަށް އަނިޔާ ނުވަތަ ރިއްސުމުން ރައްކާތެރިވުމަށް ރައްކާތެރި އައިނު ނުވަތަ ބޮލުގައި އަޅާ ހެލްމެޓް ލޯކަަވރުކޮށްދޭނެ ގޮތަށް އަޅަން ޖެހެ އެވެ. 

ލޭއައުމުގެ އުދަނގޫތަކާ ބެހޭގޮތުން ސުވާލުކުރުން: ލޮލުގައި ލޭގެ ކުލަތައް ގަވާއިދުން އުފެދެމުންދާނަމަ، ލޭއައުމުގެ އުދަނގޫއެއް ދިމާވެދާނެ ކަމާ ބެހޭގޮތުން ޑޮކްޓަރާ ވާހަކަ ދައްކަން ޖެހެއެވެ. މިފަދަ އުދަނގޫތަކުގެ ސަބަބުން ލޮލުގެ ކެޕިލަރީތަކުން ލޭ ލީކުވުމުގެ ނުރައްކާ އިތުރުވެދާނެ އެވެ. 

މަޑުމަޑުން ލޮލުގައި ފިރުމާލުން: ލޯ މާ ބާރަށް އުނގުޅާލުމުން ލޮލުގައި ހުންނަ ލޭހޮޅިތައް ފަޅައިގެން ދިއުން ފަދަ ކަންކަން މެދުވެރިވެއެވެ. މީހަކު ލޮލުގައި ފިރުމާލަން ޖެހިއްޖެނަމަ ވީހާވެސް މަޑުން އެކަން ކުރަން ޖެހެއެވެ. ކެހުމުގެ ބަދަލުގަ ލޮލަށް އަޅާ ފެން ބޭނުންކުރެވިދާނެއެވެ. 

ހަކުރުބަލީގެ ފަރުވާއަށް އަމަލުކުރުން: ހަކުރުބަލީގެ ކޮންމެ ބާވަތެއްގެ (ޓައިޕް 1، ޓައިޕް 2، ނުވަތަ މާބަނޑު ދުވަސްވަރު ހަކުރުބަލި) ހުންނަ މީހުންނަށް ލޮލުގައި މި ލޭގެ ކުލަތައް އުފެދުމުގެ ނުރައްކާ ބޮޑުވެއެވެ. ހަކުރުބަލި ހުންނަ މީހަކަށް އޭނާގެ ހާލަތު މެނޭޖްކޮށް، ލޭގައި ހަކުރު ހުންނަ މިންވަރު ދުޅަހެޔޮ ރޭންޖެއްގައި ބެހެއްޓުމުގެ ފުރުސަތު ކުޑަކުރެވޭނެ އެވެ. 

ޚުލާސާ: 

ބިރުވެރި ގޮތަކަށް ފެނުނު ނަމަވެސް ލޮލުގައި ލޭގެ ސްޕޮޓެއް ހުރުމަކީ ސަބްކޮންޖަންކްޓިވަލް ހެމޮރޭޖް އަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބްކޮންޖަންކްޓިވަލް ހެމޮރޭޖްސް އަކީ އާންމުކޮށް ބޭސްފަރުވާއެއް ބޭނުން ނުވާ އަދި މީހެއްގެ ފެނުމަށް އަސަރެއް ނުކުރާނެ ކަމެކެވެ. 

ލޮލަށް ތަދުވާނަމަ، ފެނުން ދަށްވެއްޖެނަމަ، ނުވަތަ ރަތްކުލަ ހުންނަ ލޮލުން ލޭ އަންނަނަމަ ޑޮކްޓަރަށް ދައްކަން ޖެހެއެވެ. 

ހަކުރުބަލީގެ ރެޓިނޯޕެތީގެ ސަބަބުން ލޮލުގައި ރަތް ކުލައެއް ވެސް ހުރެދާނެ އެވެ. ހަކުރުބަލި ހުންނަ މީހުންނަށް ފްލޯޓަރ ނުވަތަ ބްލަރިންގ ފަދަ ލޮލުގެ ފެނުމަށް އަންނަ ބަދަލުތައް ފާހަގަކުރެވިއްޖެނަމަ ޑޮކްޓަރުގެ ލަފާ ހޯދައިލެވޭނެއެވެ. 

- ޞިއްޙީ ޚަބަރު

މިއަދު އޮންލައިން