ސިޙުރާ އެސްފީނާ ޖެހުމުން ފެނުން ގާތް ބައެއް ޢަލާމާތްތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ސިޙުރާ އެސްފީނާ ޖެހުމުން ފެނުން ގާތް ބައެއް ޢަލާމާތްތައް!

ސިޙުރު ނުވަތަ އެސްފީނާ ޖެހުމުން ފެންނާނެ ޢަލާމާތްތަކާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރާތީ ބުނެލަމެވެ.  

ސިޙުރާ އެސްފީނާ ޖެހުމުން ފެނުން ގާތް ބައެއް ޢަލާމާތްތަކުގެތެރޭގައި:

--ކުދިކުދިކަންތަކަށް، ކުލިއަކަށް ރިއާދެވުން،

--ކުދިކުދި ކަންތަކަށްވެސް ހިތްދަތިވެ ކަންބޮޑުވުން،

--ނިދަން އުޅުމުން ނޭވާހާސްވުމާ ނިދީގަ އަނދިރި، ބިރުވެރި ހުވަފެން ފެނުން ގިނަވުން،

--ވިހަގަަދ ހަރުފަ، ކަޅުވެން ފަދަ ތަކެތި ހުވަފެނުގަ ފެނުން

--އެކަނި ގިނަ ވަޤުތު ހުންނަން ބޭނުންވުން،

--ޑޮކްޓަރުންނަށް ސަބަބު ނުއެނގޭ ތަދުތައް ހަށިގަނޑުގަ ހުންނަން ފެށުން،

--ކުރަން މަސައްކަތްކުރާ ކަންކަމުގަ ފޭލްވުން ގިނަވުން،

--ދެރަ ގޮތްތައް ގިނަގިނައިން މެދުވެރިވުން،

--ހެޔޮލަފާ ތަޤްވާވެރި މީހުންނާއި ދުރުހެލިވެވެން ފެށުން

--އަޅުކަންކުރުމަށް ކަންނެތްވެ ދުރުހެލިވެވެން ފެށުން 

މިހުރިހާ ކަމެއް އެކުގައި ނުފެނިދާނެއެވެ. މިއިން ކަމެއް ނުވަތަ މިފަދަ ކަންކަން ފެންނަނަމަ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ކީރިތި ޤުރްއާނާއި ގުޅުން ބަދަހިކުރާށެވެ. ސިހުރާއި އެސްފީނާއިން ސަލާމަތްވާން ކިޔަވަންހުރި ސޫރަތްތަކާއި އާޔަތްތަކާއި ޛިކުރުތައް ކިޔަވާށެވެ. ޙައްލު ނުލިބި ގިނަދުވަސްވާނަމަ ތަޖުރިބާހުރި، ހެޔޮލަފާ މީހަކު ލައްވައި ރުޤްޔާކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން