މައިންބަފައިން މުސްކުޅިވެ ކަންކަން ހަނދާން ނުހުންނަނަމަ ނަމާދުނުކުރިޔަސް ޤަބޫލުކޮށް އަޅައިނުލެވި އެބަދެއެވެ. އެމީހުން ކުރިން ނަމާދުކޮށްފައި އޮތުމުން ފުދޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ.
މައިންބަފައިން އެޙާލަތަށް ހިނގައްޖެނަމަ އެމީހުންނަށް އެހީތެރިވާށެވެ. ވަޤުތު ޖެހުމުން ހަނދާންކޮށްދޭށެވެ. ވުޟޫކުރުވާށެވެ. އެކަމަށް އެހީތެރިކަން ބޭނުންވާނަމަ އެހީތެރިވެދޭށެވެ. ދަރިންކުރާ މަސައްކަތަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ
ސަބަބު:
"ބުއްދި ފިލާ ގޮސްފައިވާ މޮޔައަކު ނަމަ ނަމާދު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް މުސްކުޅި ޙާލަތު ހުރިގޮތުން ހަނދާނުގެ މައްސަލަތައް ހުރުންފަދަ ކަމެއް ހުރެގެން ނަމާދު ދޫކޮށްލުން ހުއްދަވެގެންނުވެއެވެ. ހޭބުއްދި ސަލާމަތުން ހުރެއްޖެ ކޮންމެ މީހަކުވެސް ނަމާދު ކުރަން ޖެހޭނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް