ތިމާއާ ﷲ ތަޢާލާ އާއި ދެމެދުގަ އޮންނަ ގުޅުން ބަދަހިކުރަން މިމަގުން މަސައްކަތްކޮށްބަލަ! ނަތީޖާ ފެންނާނެ! އިން ޝާ ﷲ.: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާއާ ﷲ ތަޢާލާ އާއި ދެމެދުގަ އޮންނަ ގުޅުން ބަދަހިކުރަން މިމަގުން މަސައްކަތްކޮށްބަލަ! ނަތީޖާ ފެންނާނެ! އިން ޝާ ﷲ.: ޢުމަރު ސުލައިމާން

އެއްވެސް މީހަކު އެއްވެސް ކަމަކަށް އެދި ދެއަތް އުފުލައި ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރުމުން އެމީހަކާއި ﷲ ތަޢާލާގެ ޙަޟްރަތާއި ދެމެދަށް ވަދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެކަން އޮންނާނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ.  

ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާކުރަންވީ ހަމައެކަނި އެކަލާނގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމަކުން ނޫނެވެ. ތިބާ މައިންބަފައިންނަށް ފޯނުކޮށްގެން ވާހަކަދައްކަނީ އެމީހުންގެ ކިބައިން ކަމަކަށް ބޭނުންވުމަކުން ނޫނެއްނޫން ހެއްޔެވެ؟ އެމީހުންނާއި ގުޅުން ބަދަހިކުރަން ނޫންހެއްޔެވެ؟ ތިބާއާއި ﷲ ތަޢާލާއާއި ދެމެދު އޮންނަންޖެހޭ ގުޅުން ބަދަހިކުރަން ދުޢާކޮށް މުޢާމަލާމާތުކުރުމުން އެކަމުގެ ފައިދާ މިލިއަނުން، ބިލިއަނުންވެސް ގުނައި ޢަދަދު ނުކުރެވޭނެއެވެ. އިން ޝާ ﷲ އެހައި ގިނަ ފައިދާތައް ލިބޭނެއެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުޢާކުރާނެ ވަކިޚާއްޞަ ބޭނުމެއް ނެތް ޙާލަތުގައި ފާފަފުއްސަވައި ދެއްވެވުން އެދިނަމަވެސް ދުޢާކުރާށެވެ. މީގެ މާނައަކީ ފާފަފުއްސަވައި ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާ ނުކުރުމެއް ނޫނެވެ. އެއީ އަބަދުވެސް އެންމެ ގިނައިން ކުރަން އޮތް ދުޢާވެސްމެއެވެ.  

ދުޢާކުރާނެ ވަކި ޚާއްބަ ކަމެއް ނެތްނަމަ މިފަދައިންވެސް ދެންނެވިދާނެވެ.  

"ޔާ ﷲ! މިއަޅާވަނީ އިނބަ ﷲ ގެ ހެޔޮ ރަހްމަތްފުޅުގައެވެ. އެކަމަށްޓަކައި މިއަޅާގެ ހިތުގެ އެންމެ ފުންމިނުން އިނބަ ﷲ އަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. މިއަޅާއަށް އުނިނުކުރައްވަވައިފާނދޭވެ! މިއަޅާއަށް ދެއްވަވާފައިވާ އެއްވެސް ނިޢުމަތެއް އަނބުރާ ނުގެންދަވާފާނދޭވެ! ދުނިޔެއާއި އާޚިރަތުގައިވެސް މިއަޅާއަށް އުފާވެރިކަން ދެއްވަވައިފާނދޭވެ! އާމީން"   

- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން