ދިރިއުޅުމުގެ ކަންކަމުގައި ކުރިއަރާފައިވަނީވެސް އަދި ތަޤްވާވެރިކަމުގައި ކުރިއަރައިގެންދެވިފައިވަނީވެސް މައިންނަށް ހެޔޮކޮށް ހިތާ މީހުންނަށް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދިރިއުޅުމުގެ ކަންކަމުގައި ކުރިއަރާފައިވަނީވެސް އަދި ތަޤްވާވެރިކަމުގައި ކުރިއަރައިގެންދެވިފައިވަނީވެސް މައިންނަށް ހެޔޮކޮށް ހިތާ މީހުންނަށް!: މުފްތީ މެންކް

މީސްތަކުންނޭވެ! މައިންނަކީ ދަރިންނަށް ކުރިމަތިކުރައްވަވާ ވަރަށް ބޮޑު އިމްތީޙާނެކެވެ! ހުރިހާ މައިން އެއްގޮތެއް ނުވާނެއެވެ. ކަންކަންކުރާނީ އެއްގޮތަކަށްވެސް ނޫނެވެ. އިމްތިޙާނަކަށްވަނީ އެކަމެވެ. ފާސްވާން މިޖެހެނީ އެ އިމްތިޙާނުންނެވެ.  

ކޮންމެ ޙާލަތެއްގައިވެސް މައިންނަށް ނުބައި ބަހެއް ނުބުނާށެވެ! ބުނެވިފައިވާނަމަ އަވަހަށް މައިމީހާ އާއި ބައްދަލުކޮށް މާފަށް އެދޭށެވެ! މީސްތަކުންނަށް ނުބައިބަސް ބުނުމުން ޢަޛާބް ދެއްވަވާއިރު މައިންނަށް ނުބައިބަސްބުނުމުން ދެއްވަވާނެ ޢަޛާބުގެ ގަދަފަދަކަމަށް ބިރުވެތިވާށެވެ!  

ބުނަންހެއްޔެވެ؟ މިވާހަކަ މިބުނަނީ މީހަކު ބުނީތީއެއް ނޫނެވެ. ފޮތެއްގައި ލިޔެފައި އޮތީތީއެއްވެސް ނޫނެވެ. އަހުރެންގެ އަމިއްލަ ތަޖުރިބާއަށެވެ. ދިރިއުޅުމުގެ ކަންކަމުގައި ކުރިއަރާފައިވަނީވެސް އަދި ތަޤްވާވެރިކަމުގައި ކުރިއަރައިގެންދެވިފައިވަނީވެސް މައިންނަށް ހެޔޮކޮށް ހިތާ މީހުންނަށެވެ.  

ވީމާ އަހުރެމެންގެ ދުނިޔަވީ ޙަޔާތާއި އުޚުރަވީ ޙަޔާތުގެ ކާމިޔާބީ ގުޅިފައި މިވަނީ މައިންނާއި ނޫންހެއްޔެވެ؟  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން