ރަޙިމުގެ ގުޅުން ނުކަނޑާށެވެ! މިޙަދީޘްފުޅަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރަޙިމުގެ ގުޅުން ނުކަނޑާށެވެ! މިޙަދީޘްފުޅަށް ބިރުވެތިވާށެވެ!

އަހުރެން ބުނާނީ އަޚަކު ރަޙިމުގެ ގުޅުން ކެނޑިނަމަވެސް އޭނާ އާއި ގުޅުން ނުކަނޑާށެވެ! އިސްވެ މަސައްކަތްކޮށްގެންވެސް ގުޅުން އުފައްދާށެވެ! އެއީ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ހޯދެން އޮތް މަގެކެވެ. 

ޖެހީމާ ކޮންމެ މީހަކަށްވެސް ތަދުވާނެއެވެ. ތަދު ފިލާނެއެވެ. އެހިސާބުން އެކަން ނިންމައިލާށެވެ! އެކަން އަނެކާ ދަތުމާއި ނުދަތުމަކީވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ މޮޅަސް ދެނެވޮޑިގެންވެއެވެ. އެއިރުން ނިމުނީކަމަށް ހަދާށެވެ! 

އެއްވެސް ކަމަކަށް ނުވާފަދަ ދާދި ކުދިކުދި ކަންކަމުގައިވެސް މިއަދު މީސްތަކުން ރަޙިމުގެ ގުޅުން އެބަ ކަނޑައެވެ. އެކަން ނުކުރަން ބުނީމާ ބުނަނީ ގުޅުން ނުކަނޑާކަމަށެވެ. ނަމަވެސް އަނެކާއަށް ހިތްހެވެއް ނުކުރެއެވެ. މަޖުބޫރުވެގެން ނޫނީ އަނގައަކުން ނުބުނެއެވެ. ޙާލެއް ނުބަލައެވެ. އެހީތެރިއެއް ނުވެއެވެ. އެހެންކަމަށްވާއިރު ގުޅުން ނުކެނޑިފައި ކޮބާހެއްޔެވެ؟ 

ޤުދުސިއްޔަ ޙަދީޘްފުޅެއްގައި އައިސްފައިވަނީ: 

((أَنَا الرَّحْمَنُ، أَنَا َخَلَقْتُ الرَّحِمَ وشَقَقْتُ لَهَا اِسْمًا مِنْ اسْمِى فَمَنْ وَصَلَهَ وَصَلْتُها وَمَن قَطعَهَا قَطَعْتُهُ وَمَنْ بتَّها بَتَتُّه  

-- ތިމަން ރަސްކަލާނގެއީ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ރަޙިމު ހެއްދެވީމެވެ. އަދި ތިމަން ރަސްކަލާނގެ ނަންފުޅުތަކުން ނަމެއް އެއަށް ދެއްވީމެވެ. އެއަށް ހެޔޮކޮށް ހިތި މީހަކަށް ތިމަން ރަސްކަލާނގެ ހެޔޮކަން ވާޞިލު ކޮށްދެއްވަމުއެވެ. އެއާ ގުޅުން ކެނޑިމީހާކަށް ތިމަން ރަސްކަލާނގެ ރަޙްމަތް ކަނޑުއްވަމުއެވެ.))  

އެމީހަކަށް ﷲ ތަޢާލާ، އެކަލާނގެ ރަޙްމަތް ކަނޑުއްވަވައިފި މީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑަށް ބިރުގަންނަންޖެހޭނެ ކަމެއް ވާނެ ހެއްޔެވެ؟ ވީމާ އަވަހަށް ކަންކަން އިޞްލާޙްކޮށްލަމާ ހިނގާށެވެ! ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ސަލާމަތްކަމެއް ލިބެން އޮތީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން