ޚުޠުބާ: ކޮންމެ ތަނެއްގައި މަރުވިޔަސް، ހަށިގަނޑަށް ކޮންމެ ގޮތެއްވެފައިވީނަމަވެސް ޤިޔާމަތްދުވަހު މަޙްޝަރު ކުރައްވަވާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 28ސ
ޚުޠުބާ: ކޮންމެ ތަނެއްގައި މަރުވިޔަސް، ހަށިގަނޑަށް ކޮންމެ ގޮތެއްވެފައިވީނަމަވެސް ޤިޔާމަތްދުވަހު މަޙްޝަރު ކުރައްވަވާނެ!

އާޚިރަތް ދުވަހަކީ ދުންޔަވީ ޙަޔާތް ނިމޭ ދުވަހެވެ. މި ދުވަސް އަންނާނެ ވަގުތެއް اللهُ سُبْحَانَهُ وَتَعَالَى ފިޔަވައި އެއްވެސްފަރާތަކަށް އެނގިގެންނުވެތެވެ. އެ ދުވަހު އުޑުތަކާއި ބިންގަނޑު ފަޅައިގެންގޮސް އިރުގެ އަލި ނެތިގެން ދާނެތެވެ. އަދި އެއްވެސް ތަރުޖަމާނަކާ ނުލައި اللهُ سُبْحَانَهُ وَتَعَالَى ކޮންމެ މީހަކާމެ ބަސް ވަޙީކުރައްވާނެތެވެ. އެއީ، ފަންސާސް ހާސް އަހަރާ އެއްވަރުގެ ދިގު ދުވަހެކެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---[1] މާނައީ: "ފަންސާސް ހާސް އަހަރުގެ މިންވަރުގެ ދުވަހެއްގައި، ملائكةންނާއި، جبريلގެފާނު، އެކަލާނގެ حضرةއަށް އަރައިވަޑައިގަންނަވާނެތެވެ." 

ދުންޔަވީ ޙަޔާތުގައިވާ އެންމެ ބޮޑު ޙަޤީޤަތަކީ، ތިބާ ލޯބިވާ އެންމެތަކުންނާއި، އެއްކޮށްފައިވާހައި ތަކެއްޗެއް ދޫކޮށް، މަރުވެގެން ދާން ޖެހޭނެކަމެވެ. އެ ކަމުން ފިލައިގެން ދެވޭނޭ ހަމަ އެކަކު ވެސް ނުހުންނާނެތެވެ. އާޚިރަތަށް ޓަކައި ދުނިޔޭގައި އުޅޭ ބަޔަކުކަމުގައި އަހަރެމެން ވާންޖެހެއެވެ. ނަމަވެސް އާޚިރަތް ހޯދުމަށް މަސައްކަތްކުރަނީ ވަރަށް މަދު ބަޔެކެވެ. މިއާ ޚިލާފަށް މާއްދިއްޔަތަށް ގޮސް ހުސްވެ، ދުނިޔެ ހޯދުމުގައި އުޅެނިކޮށް، އެ ބަޔެއްގެ އަޖަލާ ބައްދަލުކުރަނީ ކިތައް މީހުންހެއްޔެވެ؟  މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އެކަމަކުން ތިޔަބައިމީހުން ފިލާންދުވާ މަރު (ދަންނާށެވެ!) ފަހެ، އެ މަރު ތިޔަބައިމީހުންނާ ބައްދަލުކުރާނެކަން ކަށަވަރެވެ. ދެން ތިޔަބައިމީހުން ރައްދުކުރައްވާހުށީ، ނުފެންނަ ކަންތަކާއި، ފެންނަ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ حضرةއަށެވެ. ފަހެ، އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ."[2] 

اللهُ سُبْحَانَهُ وَتَعَالَىގެ ޤުދުރަތްތެރިކަން އެކަލާނގެ އަޅުތަކުންގެ މައްޗަށް ޝާމިލުވެގެންވެއެވެ. ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށް މީހަކު ދުނިޔެ ދޫކޮށްފައި ވިޔަސް އެކަލާނގެ އެމީހަކު މަޙްޝަރުކުރައްވާނެތެވެ. ޖައްވުގައި ވިޔަސް، ފުން ބިންގަރާހެއްގެ އެންމެ އަޑީގައި ވިޔަސް، ވަލުޖަނަވާރެއްގެ ބަނޑުގައި ވިޔަސް، އަދި މި ނޫން ގޮތަކަށް ވިޔަސް، ޤިޔާމަތްދުވަހު އެންމެން އެއްތަންކުރެއްވުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެކެވެ. އެ ދުވަހުން އުފާވެރިކަންހުރީ ހެޔޮ ޢަމަލުކޮށްއުޅުނު މީހާއަށެވެ. މާތް ގެ މަގުން މޫނު އަނބުރައިލި މީހާ އެދުވަހުން ހިތާމަކުރާނެތެވެ. މާތް އަށާއި، އާޚިރަތް ދުވަހަށް ފުރިހަމަ ގޮތުގައި އީމާންވާ ނަމަ، ތިމާ ކުރާ ކޮންމެ ކަމެއްގައިމެ އެކަލާނގެއަށް އިޚްލާޞްތެރިވާށެވެ!  

ޤިޔާމަތް ދުވަހަކީ، ބިރުވެރިކަމުން ފުރިގެންވާ ދުވަހެކެވެ. މާތް ވަޙީކުރައްވައިފައި ވެއެވެ. ---[3] މާނައީ: "ތާޅަފިލި ފުމެލައްވާހުށްޓެވެ. ދެން އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ހޭނެތި މަރުވެދާހުށްޓެވެ. އިރާދަކުރެއްވި މީހަކު މެނުވީއެވެ. ދެން އަނެއް ފަހަރު ފުމެލައްވާހުށްޓެވެ. ފަހެ، އެހާރުން އެއުރެން ތެދުވެ (މަޙުޝަރު ބިމުގައި) ބަލަބަލައި ތިބޭނެތެވެ." 

ރަޙިމުގެ ގުޅުމަކުން ނުވަތަ ބައިބޮޑުކަމަކުން މަންފާއެއް ކުރާ ވަރަށްވުރެ ޤިޔާމަތް ދުވަހުގެ ބިރުވެރިކަން މާބޮޑެވެ. އިންސާނާ އެންމެ ލޯބިވާ މައިންބަފައިންނާއި، އަނބިދަރީންނާއި، އެއްބަނޑު އެއްބަފާ މީހުން، ގޮތް ހުސްވެފައިވާ ޙާލުގައި ފެނުނަސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. މި ކަން ބަޔާންކޮށްދެއްވައި މާތް ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "(އެއީ) މީހާ އޭނާގެ އާޚާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލާންދާ ދުވަހެވެ. އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެ ދުވަހުން ވެއެވެ."[4] 

މިއަދު އޮންލައިން