ޚުޠުބާ: މުފްލިސަކަށްވެ ނަރަކައަށް ވަންނަންޖެހިދާނެ ހުރިހާ ކަމަކުން ދުރުހެލިވާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޚުޠުބާ: މުފްލިސަކަށްވެ ނަރަކައަށް ވަންނަންޖެހިދާނެ ހުރިހާ ކަމަކުން ދުރުހެލިވާށެވެ!

ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނާ ސުވާލުކުރެއްވިއެވެ.

"މުފްލިސަކީ، ކާކުކަން ތިޔަބޭކަލުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟" އެބޭކަލުން ދެންނެވޫއެވެ. ތިމަންމެންގެ ތެރޭގައި މުފްލިސަކީ، އެމީހެއްގެ އަތުގައި ދިރިއުޅުމަށް ބޭނުންވާ ފައިސާއެއް އަދި މުދަލެއް ނެތް މީހާއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ.

"ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންކުރެ މުފްލިސަކީ، ނަމާދާއި، ރޯދައާއި، އަދި ޒަކާތާއިގެން ޤިޔާމަތް ދުވަހު އަންނަ މީހާއެވެ. އޭނާ މަޙްޝަރު ކުރެވޭއިރު އޭނާވަނީ އެވެނި މިވެނި މީހަކަށް އެއްޗެހި ކިޔާފައެވެ. އެވެނި މިވެނި މީހަކަށް ޤަޒުފު ކޮށްފައެވެ. އެވެނި މިވެނި މީހެއްގެ މުދާ ކައިފައެވެ. އެވެނި މިވެނި މީހެއްގެ ލޭ އޮހޮރުވައިފައެވެ. އެވެނި މިވެނި މީހެއްގެ ގައިގައި ޖަހައިފައެވެ. އެހިނދު އޭނާގެ ހެޔޮ ޢަމަލުތަކުން އެވެނި މިވެނި މީހަކަށް ދެވޭނެތެވެ. އަނިޔާލިބުނު މީހުންގެ ޙައްޤު އަދާވުމުގެ ކުރީން އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެ ނަމަ، އަނިޔާ ލިބުނު މީހުންގެ ފާފަތައް އަނިޔާވެރިވި މީހާއާއި ލައިޖެއްސޭނެތެވެ. އެއަށް ފަހު، އޭނާ ނަރަކައަށް އެއްލައިލެވޭނެތެވެ." 

މިޙަދީޘް ބަސްފުޅުން އެނގޭ ގޮތުގައި އިންސާނާ ކިތަންމެ ގިނަ ހެޔޮކަމަކާއިގެން اللهُ سُبْحَانَهُ وَتَعَالَىއާއި ބައްދަލުކުރިޔަސް، މީސްތަކުންގެ ޙައްޤުތަކަށް އޭނާ ރައްކާތެރި ނުވެއްޖެ ނަމަ، އެ ހެޔޮ ޢަމަލަކުން އޭނާއަށް ކުރާނެ  އެއްވެސް  މަންފާއެއް ނޯންނާނެއެވެ.  

 

 

 

 

މިއަދު އޮންލައިން