ހަނދުމަކޮށްދިނުމެއް!: ކައްވަޅުގައި ޢަޛާބު ލިބޭނެ ކަމުގެ ވަޢީދު ބަސްފުޅު އައިސްފައިވާ 17 ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހަނދުމަކޮށްދިނުމެއް!: ކައްވަޅުގައި ޢަޛާބު ލިބޭނެ ކަމުގެ ވަޢީދު ބަސްފުޅު އައިސްފައިވާ 17 ފާފައެއް!

ކޮންމެ ކިޔުންތެރިއަކުވެސް ތިރީގައިވާ 17 ކަންތަކާއިމެދު ފުންކޮށް ވިސްނަވައިލައްވާށެވެ! އަދި އެބޭފުޅަކު ހުންނެވި ޙާލު އަމިއްލަފުޅަށް ޔަޤީންކޮށްލައްވާށެވެ! އިޞްލާޙްވެ ކުރިއަށް ދެވޭނީ އެމީހަކަށް ހުރެވޭ ޙާލު އެމީހަކަށް ވިސްނޭނަމައެވެ. ނުވަތަ ވިސްނިގެންނެވެ.

ކައްވަޅުގައި ޢަޖާބު ލިބޭނެ ކަމުގެ ވަޢީދު ބަސްފުޅު އައިސްފައިވާ ފާފަތއް އެނގެން އެގެން އެބައޮތެވެ. އެއިގެ ތެރޭގައި އަންނަނިވި ފާފަތައް ހިމެނެއެވެ!

1 ދެބައުޑުވުމާއި ޣީބަބުނުން،

2 ކުޑަކަމުދާ ނަޖިހުން ރައްކައުތެރިނުވެވުން،

3 ވުޟޫނުކޮށް ހުރެ ނަމާދުކުރުން،

4 ދޮގުހެދުން،

5 ނަމާދު ނުކުރުން

6 ޒަކާތް ނުދިނުން،

7 ޒިނޭކުރުން، 8 ވައްކަންކުރުން

9 ކިޔާނާތްތެރިވުން،

10 މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުން،

11 ރިބާ ކެއުން،

12 އަނިޔާ ލިބޭ މީހާއށް ނަޞްރު ނުދިނުން،

13 ރާބުއިން،

14 ބޮޑާކަމާއިއެކު އިޒާރު ތަނބިކަށިން ތިރިކޮށްފައި ބެހެއްޓުން،

15 ޙައްޤަކާއި ނުލައި މީހުން މެރުން،

16 ޞަޙާބީންނަށް ބަދުބަސްބުނުން.

17 ބިދުޢަވެރިއެއްގެ ގޮތުގައި މަރުވުން ޔާ ﷲ! އަޅަމެން އެންމެން ކައްވަޅުގެ ފިތުނައިންނާއި ކައްވަޅުގެ ޢަޛާބުން ސަލާމަތްކޮށްދެއްވަވާށި! އާމީން

--ޝައިޚް ނަޞްރުﷲ ޢަލީ

މިއަދު އޮންލައިން