އަނބިމީހާއަށް ބަލިޙާލަތެއް ކުރިމަތިވުމުން 2 ވަނަ އަންތބަކު ހޯދަންވީ ހަމައެކަނި ފިރިމީހާ އުފާކުރާކަށް ނޫން! އެކުގަ އުޅެމުން އައި އަނބިމީހާއަށް އަޅާލައި ހެޔޮކޮށް ހިތަންވެސް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަނބިމީހާއަށް ބަލިޙާލަތެއް ކުރިމަތިވުމުން 2 ވަނަ އަންތބަކު ހޯދަންވީ ހަމައެކަނި ފިރިމީހާ އުފާކުރާކަށް ނޫން! އެކުގަ އުޅެމުން އައި އަނބިމީހާއަށް އަޅާލައި ހެޔޮކޮށް ހިތަންވެސް ޖެހޭނެ!

ކައިވެނިކޮށް ދެމީހުން އެކުގައި ދިރިއުޅެމުންދަނިކޮށް ދިމާވާ ކަމެއްގެ ސަބަބުން އަނބިމީހާއަށް ބަލިޙާލަތެއް ނުވަތަ ނކުޅުދުންތެރިކަމެއް ދިމާވުމުން ވަރިކޮށް އެއްލައިލާ މީހުން ބިރުވެތިވާށެވެ. 

އެފަދަ ވަޤުތުގައި އޭނާ އާއިއެކު އުފަލުގައި ހޭދަކުރި ދުވަސްތައްމަތިން ހަނދާންކުރާށެވެ! އޭނާގެ ކިބައިން ލިބިގަތް އުފާތަކުގެ މަތިން ހަނދާންކުރާށެވެ. ޢޭނާ ތިމާއަށް ކޮށްދިން ކަންކަމާއި ވީޤުރްބާނީގެ މަތިން ހަނދާންކުރަންވާނެއެވެ. 

އަދިވެސް ވިސްނައިލާށެވެ! އަނބިމީހާއަށް ބަދަލުތައް އައީ ވިހެއުމުންކަމަށްވާނަމަ އޭނާ ވިހެއީ ތިބާގެ ދަރިން ނޫންހެއްޔެވެ؟ ލިބުނު ގެއްލުމެއް ލިބުނީ ތިބާގެ ސަބަބުން ނޫންހެއްޔެވެ؟ އެހެން ގޮތަކުން ބަލިހާލެއް ޖެހުނުނަމަ ފުރަތަމަވެސް އޮތީ ތިމާ ބަލިނުވެ ހެޔޮޙާލުގައި ލެއްވެވިކަމަށްޓަކާ ޝުކުރުއަދާކުރުމެވެ. އެކަމަށްވެސް ކުރަން އޮތް ކަމަކީ ބަލިޙާލުގައި އޮތް އަނބިމިހާއަށް ހެޔޮކޮށް ހިތުމެވެ. 

އިސްލާމް ދީނުގައި ގިނަ އަނބިން ހުއްދަވެގެންވަނީ ހަމައެކަނި ފިރިމީހާ އުފާހޯދަން ކަމަށް ނނުދެކޭށެވެ! އެއީ އަމިއްލަ އެދުން ވަރަށް ބޮޑު މީހުން ދެކޭ ގޮތެވެ. ކުރިން މިބުނި ފަދަ ޙާލަތެއް ކުރިމަތިވެ އަނބިމީހާ ބަލިކަށިވީނަމަވެސް އޭނާ ނިކަމެތިކޮށް ދޫކޮށްނުލައި ބައިންދައިގެން އޭނާއަށާއި ފިރިމީހާއަށްވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދެއްވެވުމުގެ ގޮތުންކަމަށް ޤަބޫލުކުރުމަކީ އެންމެ ރަނގަޅު ވިސްނުމެވެ. އެކަންނުކުރެވޭނަމަ އެއީ އިންސާނަކަށްނުވާނެއެވެ. އެމީހަކުވާނީ ވަލުޖަނަވާރުންނަށްވުރެވެސް ދަށުދަރަޖައިގެ މީހަކަށެވެ. 

ވީމާ މިއީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. މިވާހަކަ މިދައްކަނީ ހަމައެކަނި އަންހެނުންނަށް ކަންތައްތަކެއް ހޯދައިދިނުމަކަށް ނޫނެވެ. ފިރިންނަށް ކުރެވޭ މިބޮޑު ފާފައިން ސަލާމަތްކުރުމުގެވެސް ބޭނުމުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން