މިކިޔައިދެނީ ގިނަ ބައަކަށް ޤަބޫލުކުރަން އުނދަގޫވި ނަމަވެސް ކަންތައް ހިނގަމުން އަންނަ ގޮތެވެ! ރަނގަޅަށް އަޑުއަހާށެވެ!
އަންހެނަކު ތިބާއާއިއެކުގައި ހިފެހެއްޓުމަށްޓަކައި ކިތަންމެ ބޮޑަށް ލޯބިދިނަސް، އަޅާލިޔަސް، ޚަރަދުކުރިޔަސް، އެކުގައި ވަޤުތު ހޭދަކުރިޔަސް މިހެން ގޮސް ހުރިހާ ކަމެއް ކޮށްދިނަސް ނުހިފެހެއްޓޭނެއެވެ.
އަންހެނަކު ތިބާއާއިއެކުގައި ހިފެހެއްޓޭނެ ހަމައެކަނި ގޮތަކީ އޭނާ ތިބާއާއިއެކުގައި ހުންނަން ބޭނުންވުމެވެ. ހުންނަން ބޭނުން ނުވާ ހިސާބުން ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިނަސް ނުހުންނާނެއެވެ. ކޮންމެވެސް ހަނިދޭތެރެއެއް ހޯދައިގެން ދުވެފިލާނެއެވެ.
ގިނަ އަންހެނުންނަކީ އެމީހުންގެ ނިންމުން ބަދަލުކުރާނެ ބައެއް ނޫނެވެ. ވީމާ އަންހެނަކު ތިބައާއިއެކުގައި ހިފަހައްޓަން ބޭނުންވާނަމަ ކުރަން އޮތް ކަމަކީ އެކަމަށް ވިސްނައި އޭނާ ތިބާ ދޫކޮށްފައި ދާންބޭނުންވާނެ އެއްވެސް ކަމެއް ނުކުރުމެވެ. އެކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުމެވެ. ދިރިއުޅުން ކާމިޔާބުކޮށްފައިވާ މީހުން ކަންކަންކޮށްފައިވަނީ އެމަގުންނެވެ.
އޭނާ ދާން އުޅެން ފެށުމުން ދިއަނުދޭން، އޭނާ ރުއްސަން ކުރާ ކަންކަމުގެ ސަބަބުން ދިއުން ލަސްކޮށްލައިފާނެއެވެ. ނަމަވެސް ނުގޮސް ހުންނާނެ ކަމަށް ޔަޤީންނުކުރާށެވެ!
މިއީ ނަޞޭޙަތުގެ ބަސްކޮޅެކެވެ. ބޭނުމަކީ ކައިވެނިކުރުމަށްފަހު އަނެކާ ނުރުހޭނެ އެއްވެސް ކަމެއް ނުކުރަން ދެމީހުންނަށްވެސް ނަޞޭޙަތްތެރިވުމެވެ. ކޮންމެ ދެމަފިރިއަކަށްވެސް އެކުގައި ލޯބިން ދިރިއުޅެވޭނީ އެކަމަށް ސަމާލުކަންދިންވަރަކުންނެވެ.
- ޑރ. ޒިންދީ- ތަޖުރިބާކާރެއް