ނަމާދުކުރަން ބޮޑަށް އައުލާވެގެން ވަނީ އެއްވެސް މަންޒަރެއް ކުރެހުމެއް ނުހުންނަ ހެދުމުގައިތޯ، ނުވަތަ ގޮޅި ޖެހި ގަމީހާއި އެކު ނަމާދުކުރުމަކީ އޭގެ ސަބަބުން ނާމަދަށް އުނިކަމެއް އަތުވެދާނެ ކަމެއް ތޯ؟
އާދެ، މިހާރު ހެދުމުގައި މާބޮޑަށް މަންޒަރުތައް ހުރެއްޖެއްޔާ ނަމާދަށް ބަދަލު އަންނާނެ، ނަމާދު މަކްރޫޙާ ވާނެ. ދެން އެ ނަމާދު ޣާފިލްވާފަދަ މަންޒަރެއް ނެތް ކަމުގަ ވާނަމަ، އާދައިގެ ޑިޒައިނެއް މިސާލަކަށް ރޮނގެއް ދަމާފަ ގޮޅިއެއް ޖަހާފަ ހުރީ، އެއަކުން މައްސަލައެއް ނެތް. އެއަކުން އެއްވެސް މައްސަލައެއް ނެތް.
ދެން ތިއަ ސުވާލު އެބައޮތް އުފެދިފަ، އެއިން އެއްވެސް އެއްޗެއް ނެތް ހެދުމެއްގަތޯ އެންމެ ރަނގަޅީ؟ އެއިން އެއްވެސް އެއްޗެއް ނެތް ހެދުމެއްގަ. ފިރިހެނަކު ވެއްޖެއްޔާ ހުދު ފޭރާން އެއީ އެންމެ މޮޅު އިތުރު ވެގެންވާ ފޭރާން ކަމުގަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާން ކުރައްވާފަ ވަނީ. --- "ޙަދީޘް ކުރައްވަނީ: ތިޔަބައިމީހުން ފޭރާންތަކުގެ ތެރެއިން ހުދު ފޭރާން ލާށޭ، އެއީ އެންމެ ހެޔޮވެގެންވާ ފޭރާމަކީ ފިރިހެނުންނަށް. އެންމެ ހެޔޮވެގެންވާ ފޭރާމަކީ އެއިއްޔޭ. އަދި ތިޔަބައިމީހުންގެ ތެރެއިން މަރުވާމީހުން ކަފުންވެސް ކުރާށޭ ހުދު ފޭރާމުން. : ޙަދީޘް ކުރައްވާފަވަނީ.
އެހެންމަ ހުދު ފޭރާން، ޑިޒައިނެއް ނެތް ހުދު ފޭރާން އެއީ އެންމެ ރަނގަޅު ފޭރާމަކީ ނަމާދު ކުރުމަށްޓަކާ. ދެން ޑިޒައިނެއް މިބުނާހެން މާބޮޑަށް ނަމާދުން ޣާފިލް ވާފަދަ އެއީ ބެލޭފަދަ، ނަމާދަށް ހުރެގެން ބެލޭފަދަ ޑިޒައިނެއް ހުރެއްޖެއްޔާ އެ ނަމާދު މަކްރޫހަވާނެ.
- ޝައިޚް މުޙައްމަދު އިބްރާހީމް