ނިދުމަށް ފަރުވާކުޑަކުރެވުމަކީ ޑިޕްރެޝަނަށް މަގުފަހިވާކަމެއް! ފަސޭހައިން ނިދަން ކުރެވިދާނެ ބައެއް ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ނިދުމަށް ފަރުވާކުޑަކުރެވުމަކީ ޑިޕްރެޝަނަށް މަގުފަހިވާކަމެއް! ފަސޭހައިން ނިދަން ކުރެވިދާނެ ބައެއް ކަންކަން!

ޑިޕްރެޝަންގެ މައްސަލަތައް އުފެދުމުން ނިދަން އުނދަގޫވެއެވެ. ނަމަވެސް ގިނަ މީހުންނަށް އެކަން ކުރިމަތިވަނީ އެއިގެ އަނެއްކޮޅަށެވެ. އެމީހުން ނިދުމަށް ފަރުވާކުޑަކުރެވެނީ ނިދަން ވަކިގަޑިއެއް ކަނޑަނާޅައި ހޭލާތިބެނީއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ ނިދި ނުލިބެނީއެވެ. ހަށިގަނޑަށް ބޭނުންވާ ނިދިނުލިބުމުން ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވަނީއެވެ.  

އެއީ އެމީހުންގެ ސިކުނޑި ތާޒާނުވާތީއެވެ. ސިކުނޑި ވަރުބަލިވެފައި އޮންނާތީއެވެ. އެޙާލަތުގައި ސިކުނޑި އޭގެ ދައުރު އަދާކުރުމުގަ "ސްލޯ"ވަނީއެވެ. އެއިރުން މީހާ ދާނީ ކަންނެތްވަމުންނެވެ. ކުރަންޖެހޭ ކަންކަން ކުރަން ފޫހިވެ ފަރުވާކުޑަކުރެވެމުންނެވެ.  

ވީމާ އެއްވަޤުތެއްގައި ނިދުމާއި އެއްވަޤުތެއްގައި ހޭލަން އާދަކުރާށެވެ. ހަފްތާ ބަންދުކަމަށްވީތީ ގިނައިރު ނިދަން ނުއޮންނާށެވެ!  

ނިދުމަށް އެހީތެރިވެދޭ ބައެއް ކަންކަންވެސް ބުނެލާނަމެވެ!

- ފޮތްކިޔުން

- ވާހަކަ ނުވަތަ މަޒްމޫނުލިޔުން

- ސްކްރީނަށް ބެލުން މަދުކުރުމާ ހަވީރު 4 ގެ ފަހުން އެއްވެސް ވަރަކަށް ކޮފީނުބުއިން

- ނިދަންވުމުން ތާފަނާކަން ހުންނަވަރުގެ ހޫނުފެނުން ފެންވެރުން-

- ރޭގަނޑުގެ ކެއުމަށްފަހު ކޮންމެހެން ދައްކަންޖެހޭ ވާހަކަ ނޫނީ ނުދެއްކުން 

މިކަންކަން ކުރުމުން ސިކުނޑިއަށާއި ހަށިގަނޑަށް ތާޒާކަން ލިބޭނެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ނިދަން ފަސޭހަވާނެއެވެ.

 

--މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

މިއަދު އޮންލައިން