ތިމާއަށް ދުނިޔޭގަ އުފަލުގަ އުޅެވުމަށްވުރެ ދަތިޙާލުގަ އުޅެންޖެހިފައިވާ މީހުންނަށް އެހީތެރިވުމުން ލިބެން އޮތް އުފާވެރިކަން މާބޮޑު!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ތިމާއަށް ދުނިޔޭގަ އުފަލުގަ އުޅެވުމަށްވުރެ ދަތިޙާލުގަ އުޅެންޖެހިފައިވާ މީހުންނަށް އެހީތެރިވުމުން ލިބެން އޮތް އުފާވެރިކަން މާބޮޑު!
 

ދުނިޔޭގައި އުފަލުގައި އުޅެން ލިބުމުން އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ ދުނިޔޭގައެވެ. ދުނިޔޭގައި ލިބޭ ކޮންމެ އުފާވެރިކަަމކީވެސް ތިމައާއި ވަކިވެގެންދާނެ ނިޢުމަތެވެ. ތިބާއާއިއެކު ދެމިހުންނާނީ އާޚިރަތަށްޓަކައި ތިބާ ކުރި މަސައްކަތްކުން އާޚިރަތް ދުވަހު ދެއްވަވާނެ އުފާވެރިކަމެވެ. 

ވީމާ ތިބާއާއިއެކު ދެމިގެންވާނެ އުފާވެރިކަން ލިބެން އެދޭމީހާ ގަދައަޅައި މަސައްކަތްކުރަންވީ އާޚިރަތް ދުވަހަކީ ތިމާއަށް އުފާވެރި ދުވަހަކަށް ހެދުމަށެވެ. 

އެކަމަށް އެދިގެން ކުރެވެން އޮތް 2 ކަމެއް!: 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "مَنْ سَرَّهُ أَنْ يُنْجِيَهُ اللهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ"  رواه مسلم  

"ޤިޔާމަތްދުވަހުގެ ތުރާތަކުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކު ސަލާމަތްކޮށްދެވުމަށް އެދޭ މީހާ، ފަހެ ދަތިޙާލުގައި އުޅޭ މީހަކަށް އެހީތެރިވެ ފަސޭހަކޮށްދޭށެވެ. ނުވަތަ އެކަމެއް އެމީހަކާ ދުރުކޮށްދޭށެވެ"

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

"مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ عَنْهُ أَظَلَّهُ اللهُ فِيْ ظِلِّهِ رواه مسلم  

"ނިކަމެއްޗަކު ނަގާފައިވާ ދަރަންޏެއް ފަސްކޮށްދީ ނުވަތަ އެދަރަނި މަޢާފުކޮށްދީފި މީހަކު (ޤިޔާމަތްދުވަހުން) ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ހިޔާވަހިކަމުން އެމީހަކަށް ހިޔާވަހިކަން ދެއްވާނެތެވެ." 

المرجع : المنهاج شرح صحيح مسلم بن الحجاج ـ أبو زكريا يحيى بن شرف بن مري النووي.

 

ޙަދީޘް އާއި މާނަ: ޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން