ދަރިކަލުން އަވަހާރަވެއްޖެ ކަމުގެ ހިތްދަތި ޚަބަރު ލިބިވަޑައިގަތުމުން އިބްން ޢައްބާސް ޢަމަލުކުރެއްވެވިގޮތް- މިއަދުވެސް ޢަމަލުކުރަން އޮތް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދަރިކަލުން އަވަހާރަވެއްޖެ ކަމުގެ ހިތްދަތި ޚަބަރު ލިބިވަޑައިގަތުމުން އިބްން ޢައްބާސް ޢަމަލުކުރެއްވެވިގޮތް- މިއަދުވެސް ޢަމަލުކުރަން އޮތް ގޮތް!

ހިތާމަތައް ކުރިމަތިވުމަކީ މިއަދު މެދުވެރިވާން ފެށިފައިވާ ކަމެއް ނޫނެވެ. ދުނިޔޭގައި އިންސާނުން (އާދަމްގެފާނު) ލެއްވެވީންސުރެ އެއީ ހިނގަމުން އަންނަ ކަމެކެވެ. މެދުވެރިވަމުން އަންނަ ކަމެކެވެ. އަދި ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަމެއްވެސްމެއެވެ. ހަމައެކަނި ތަފާތަކަށްވަނީ އެކަން ކުރިމަތިވުމުން އެމީހަކަށް ޢަމަލުކުރެވޭ ގޮތެވެ. 

އިބްން ޢައްބާސް ދަތުރުފުޅެއްގެމަތީގައި ބައަކާއިއެކު ވަނިކޮށް މީހަކު އައިސް ކަންފަތްޕުޅު ގާތު (އެހެން މީހުންނަށް ސިއްރުން) ވާހަކައެއް ދެންނެވިއެވެ. އެހިނދު އޭނާގެ ވާހަކަ އަޑުއެއްސެވުމަށްފަހު ވަގުތުން ޤިބްލައަށް ކުރިމަތިލައްވަވައި 2 ރަކްޢަތް ނަމާދެއް ކުރެއްވެވިއެވެ. 

ނަމާދަށް ފެށްޓެވުމުން އެވާހަކަ ދެންނެވި ބޭކަލަކާއި، އެބޭކަލަކު ދެންނެވި ވާހަކަފުޅާއިމެދު ސުވާލުކުރެވުނެވެ. ޖަވާބުގައި އެބޭކަލަކު ދެންނެވީ އިބްން ޢައްބާސްއަށް ދެންނެވީ ދަރިކަލުން ދުނިޔެ ދޫކުރެއްވެވި ވާހަކަ ކަމަށެވެ. 

ނަމާދުން ނިމިވަޑައިގަތުމުން އިބްން ޢަބާސްގެ އަރިއަހުގައި އެކަލޭގެފާނަށް "އެފަދަ ހިތާމަވެރި ޚަބަރެއް ލިބިވަޑައިގަތުމުންވެސް މޫނުފުޅުން އެއްވެސް ބަދަލެއް ނުފެނުނު ސަބަބާއި އަދި ނަމާދަށް އަވަސްވެވަޑައިގެންނެވި" ސަބަބާއި ގުޅޭގޮތުން ސުވާލު ދެންނެވުނެވެ. 

ޖަވާބުގައި ވިދާޅުވީ "ﷲ ވަޙީ ކުރައްވަވާފައިވަނީ ކެތްތެރިކަމާއިއެކު ނަމާދުން ވާގި އެދުމަށާއި އަދި ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި" ކަމަށް ނޫން ހެއްޔެވެ؟" 

މިއީ ރަސޫލް () ޞަހާބީންނަށް ދެއްވެވި ތަމްރީނެވެ. މުޞީބާތާއި ހިތްދަތިކަމުގެ ވަގުތުގައި ޢަމަލުކުރަން ދަސްފުޅުކޮށްދެއްވެވި ގޮތެވެ!  

މީސްތަކުންނޭވެ! ކޮންމެ ހިތަދަތިކަމަކުން ވެސް އަރައިގަނެވޭނީ ﷲ އެކަމަށް މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެއީ ގާތް ރަހްމަތްތެރިގިނަވުމަކުން ނުވަތަ އެއްވެސް ބައެއްގެ ނުފޫޒުގަދަވުމަކުން ޙާޞިލުކުރެވެން އޮތް ކަމެއް ނޫނެވެ. އަދި ދުނިޔޭގެ އެންމެން ގުޅުނު ނަމަވެސް ކޮށްދެވެންވެސް އޮތް ކަމެއް ނޫނެވެ! ވީމާ މުޞީބާތާއި ހިތްދަތިކަމުން އަރައިގަތުމަށް ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރާށެވެ! ހުރިހާ ކަމަކުންވެސް އަރައަިގަނެވޭނެއެވެ! އިން ޝާ ﷲ

 

- އުސްތާޛް ސާދް ތަސްލީމްގެ ދަރުސަކުން

މިއަދު އޮންލައިން