އަމިއްލަ ނަފްސަށް ފަރުވާކުޑަކުރެވުން- ޑިޕްރެޝަނާ ގުޅިފައިވާ ބޮޑު މައްސަލައަކަށްވާއިރު ޙައްލުކުރަން ފަސޭހައިން ކުރެވިދާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަމިއްލަ ނަފްސަށް ފަރުވާކުޑަކުރެވުން- ޑިޕްރެޝަނާ ގުޅިފައިވާ ބޮޑު މައްސަލައަކަށްވާއިރު ޙައްލުކުރަން ފަސޭހައިން ކުރެވިދާނެ ކަމެއް!

ޑިޕްރެޝަންގެ މައްސަލަ ކުރިމަތިވުމުން އަމިއްލަ ނަފްސަށް ފަރުވާ ކުޑަކުރެވެން ފަށައެވެ. ރީތިވެ ޒީނަތްތެރިވާން ފޫހިވެއެވެ. އެކަންކަން ބޮޑުވަމުން އައިސް ފެންވަރައި ތާހިރުވާހިތްވެސް ނުވާންފަށައެވެ. އެކަންކަމަކީ ކުރަން އުނދަގޫ، އަދި ފޫހިވާ ކަމަކަށް ވެގެންދެއެވެ.  

ޙައްލަކީ ހޭލުންތެރިވުމެވެ. އެކަންކަމަށް ފަސްނުޖެހުމެވެ. ހިތްވަރުކޮށްފައިވެސް އަމިއްލަ ނަފްސަށް ފަރުވާތެރިވުމެވެ. ފެންވަރައި ޒީނަތްތެރިވެ ޙަރަކާތްތެރިވެ އުޅެން މަސައްކަތްކުރުމެވެ. އަމިއްލަ ނަފްސަށް ފަރުވާކުޑެވޭނަމަ، ކަންކަން ކުރާހިތް ނުވާނަމަ ތަނެއްގައި އިށީނދެލައިގެން އިނދެ އިރުކޮޅެއްވަންދެން ފުންކޮށް ނޭވާލުމަކީވެސް ހިތްވަރުލިބޭ ކަމެކެވެ. މަސައްކަތުގައި އުޅޭއިރުވެސް އަދި ތަނެއްގައި އުޅޭއިރުވެސް ހަށިގަނޑު ކަންނެތްވާކަމަށް ވިސްނިއްޖެނަމަ ހުޓިލައިގެން ހުރެނަމަވެސް އިރުކޮޅެއްވަންދެން ފުންކޮށް ނޭވާލާށެވެ!   

އަމިއްލަ ނަފްސަށް ފަރުވާކުޑަކުރެވޭ އެއް ސަބަބަކީ ވިސްނަމުން ގޮސް ސިކުނޑިއާއި ހަށިގަނޑުގެ މަސްލްސްތައް ވަރުބަލިވުމެވެ. މިބުނި ގޮތަށް ފުންކޮށް ނޭވާލުމަކީ މަސްލަތަކަށް ދިރުން ލިބޭ ކަމެކެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ރަނގަޅު ބަދަލުތަކެއް އަންނާނެއެވެ.  

ގޭގައި ހުރިނަމަ މިބުނި ގޮތަށް ފުންކޮށް ނޭވާލުމަށްފަހު އިރުކޮޅަކު އަރާމުކޮށްލާށެވެ. އެކަމުން ފައިދާކުރާނީ ތިމާއަށް ކަންބޮޑުވާން ޖެހިފައިވާ މައްސަލަ ނޫން ކަމަކަށް ވިސްނުމުންނެވެ.  

ޑިޕްރެޝަންގެ މައްސަލައަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް ނޫނެވެ. ކޮންމެވެސް މިންވަރަކަށް އެކަން ކުރިމަތިވެފައި ނެތް މީހަކު ވަރަށް މަދުވާނެއެވެ. އެކަން މައްސަލައަކަށް ނުވެ ދިރިއުޅެވެނީ މައްސަލައަށް ޙައްލުހޯދައި އެކަން މެނޭޖްކުރަން އަމިއްލައަށް މަސައްކަތްކުރެވޭ ވަރަކުންނެވެ.

 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު 

މިއަދު އޮންލައިން