ދީނުގަ ބަޔާންވެގެންވާ ބޮޑެތި ފާފަތަކަށް ރައްކާތެރިވީމާ އެމީހަކަށް ކުރެވޭ ކުދިކުދި ފާފަތަކަށް ކަންބޮޑުވާކަށް ނުޖެހޭނެ! ﷲ ތަޢާލާ ޢަފޫކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދީނުގަ ބަޔާންވެގެންވާ ބޮޑެތި ފާފަތަކަށް ރައްކާތެރިވީމާ އެމީހަކަށް ކުރެވޭ ކުދިކުދި ފާފަތަކަށް ކަންބޮޑުވާކަށް ނުޖެހޭނެ! ﷲ ތަޢާލާ ޢަފޫކުރައްވަވާނެ! އިން ޝާ ﷲ

ބައެއް މީހުންނަށް ވިސްނެނީ ނަރަކަ ހައްދަވާފައިވަނީ މީސްތަކުން ވައްދަވައި ފުރާލައްވަވަން ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގަންނަވާތީ ކަމަށެވެ. އެއީ ވަރަށް ނުބައި ވިސްނުމެކެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން ބޭނުންވާ މީހާއަށް އެކަން ޙާޞިލުކުރެވޭނެ ވަރަށް ގިނަ މަގުތައް ﷲ ތަޢާލާ ވަނީ ދައްކަވައިފައެވެ. 

މީސްތަކުންނަށް ދީލަތިވެވޮޑިގަތުމާއިމެދު ނިކަން ވިސްނަިލަބަލާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.: 

"ތިއަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިއަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިއަބައިމީހުންގެ ކުދިކުދި ފާފަތައް ތިއަބައިމީހުންގެ ކިބައިން، ތިމަންރަސްކަލާނގެ ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެޔަށް) ތިމަންރަސްކަލާނގެ، ތިއަބައިމީހުން ވައްދަވާހުށީމެވެ." (އައް ނިސާ: 31) 

ބޮޑެތި ފާފަތަކުގެ ތެރެއިން ގިނަ ފާފަތަކަކަށް އަރައިގަނެވުން މިހާރު މިވަނީ ވަރަށް ބޮޑަށް ޢާންމުކަމަކަށްވެފައެވެ. ބައެއް މީހުންނަށް އެއީ ބޮޑެތި ފާފަތައް ކަމުގައި ޤަބޫލުވެސް ނުކުރެވެއެވެ. 

އެގޮތުން ބަލާއިރު، ފާހިޝް ޢަމަލުތައް ކުރުމާއި ވައްކަންކުރުމާއި، މަކަރާއި ޙީލަތްހެދުމާއި ބަނގުރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި އަނިޔާވެރިވުމާއި ސިހުރުހެދުމާއި ރިބާކެއުމާއި މީހުން ދިރިތިއްބައި އެމީހުންގެ މުޅަމަސް ކެއުން ފަދަ އެތައް ބޮޑެތި ފާފަތަކެއް ކުރުން މުޖުތަމައުގައި އިންތިހާއަށް އަށަގެންފައެވެ. 

މިފަދަ ކަންކަން ކުރުމަކީ ބޮޑު ފާފަތަކަށް އަރައިގަތުންކަމާއި މިފަދަ އެންމެހައި ފާފަތައް ކުރުން ހުއްޓާލަން ޖެހޭކަން އެންމެންނަށްވެސް އެނގެއެވެ. ހިތާމައަކީ ހަމަ ބިރުވެތިނުވެވޭކަމެވެ. އަންނަނިވި އާޔަތް ކިޔައި ހޭލުންތެރިވާށެވެ! ނަރަކައަށް ނުވަދެ ސުވަރުގެ ލިބުންވަނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން