ޖިންނިވެސް ވައްކަން ކުރެއެވެ! ހެޔޮލަފާ މީހުން އުޅޭ ގެއަކުން އެއްޗެތި ގެއްލޭނަމަ އެއްވެސް މީހަކަށް ޝައްކުކުރުމުގެ ކުރިން ގޭގަ ދެއިރު ކުރުސި ކިޔަވަން އާދަކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޖިންނިވެސް ވައްކަން ކުރެއެވެ! ހެޔޮލަފާ މީހުން އުޅޭ ގެއަކުން އެއްޗެތި ގެއްލޭނަމަ އެއްވެސް މީހަކަށް ޝައްކުކުރުމުގެ ކުރިން ގޭގަ ދެއިރު ކުރުސި ކިޔަވަން އާދަކުރާށެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަހުރެމެންނަށް ޖިންނި ފެނުމަކީ ވަރަށް މަދުން މެދުވެރިވާ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ ޖިންނި ނުއުޅުމެއް ނޫނެވެ. ގެއަށް ވަދެ ނުއުޅުމެއްވެސް ނޫނެވެ. އެއެއްޗެތި އަހުރެމެންގެ ލޯތަކަށް ކަޝްފްކުރައްވަވާފައިވަނީއެވެ.  

ބައެއް ފަހަރު ދިމާވާ ކަމެކެވެ. ގޭގައި ބަހައްޓާފައި ހުންނަ އަގުބޮޑު އެއްޗެތި ވަގަށް ނަގަނީއެވެ. ގެއްލެނީއެވެ. ވާނުވާއެއް ނުއެނގެއެވެ. ގޭގެ މީހަކު ނުނަގައެވެ. ބޭރުން މީހަކު ގެއަކަށްނުވަދެއެވެ. މިޙާލަތުގައި ގިނަ ފަހަރަށް އޮންނަނީ ކޮންމެވެސް މީހަކަށް ތުހުމަތުގެ އިނގިލި ދިއްކުރެވިފައެވެ. ވީމާ މިއީ ވިސްނާލަންޖެހޭ ކަމެކެވެ.  

ޖިންނި ޝައިޠޯނުން ގެއިން ވައްކަންކުރެއެވެ. ބަހައްޓާފައި ހުންނަ އަގުބޮޑު އެއްޗެތި ވަގަށް ނަގައެވެ. އެކަމުގެ ހެކިވެސް ވަނީ ފެނިފައެވެ. ޢުބައްޔު ބިން ކަޢްބް (ރޢ) ވަނީ ގެއިން ވައްކަންކުރަން އުޅުނު ޖިންނިއެއް އަތުލައިގަންނަވައިފައެވެ.  

ކަރުދިގު ކަންވާރެއްގައި ބަހއްޓަވާފައި ހުރި ކަދުރުން މަދުވަނީއެވެ. އެއްވެސް މީހަކު ނުނަގައެވެ. އެކަން ފާހަގަކުރެއްވިގެން އެކަލޭގެފާނު އެއްރޭ ފާރައަށް ހުންނަވަނިކޮށް ފެނިވަޑައިގަތީ ޒުވާނެއްގެ ސިފައިގައި ހުރި އެއްޗެއް އައިސް ކަދުރުނަގަން އުޅެނިކޮށެވެ. ޢުބައްޔު ބިން ކަޢުބް (ރޢ) އޭނާގެ އަތުގައި ހިއްޕެވިއެވެ. އަތް ހީވަނީ ކުއްތާއެއްގެ މޮއްގަނޑުހެންނެވެ. ބަލިކަށިވެފައި ކެހެރިވެސް ހުއްޓެވެ.  

ޢުބައްޔު ބިން ކަޢުބް (ރޢ) އޭނާއަކީ ކޮން އެއްޗެއްތޯ ސުވާލުކުރެއްވުމުން ދެންނެވީ ޖިންނިއެއް ކަމަށެވެ. އައިސް އުޅެނީ ކީއްކުރަންތޯ ސުވާލުކުރެއްވުމުން ދެންނެވީ އެކަލޭގެފާނަކީ ދީލަތިފުޅު ބޭކަލަކަށްވުމުން އެގެއިން ކަދުރު ގެންދަން ކަމަށެވެ. ކަލޭމެންގެ ކިބައިން ސަލާމަތްވާނެ ގޮތަކީ ކޮބައިތޯ ސުވާލުކުރެއްވެވުމުން ދެންނެވީ ކުރުސި ކިޔެވުން ކަމަށެވެ.  

ދެން އަނެއް ދުވަހު ހެނދުނު ވަޑައިގެން ރަސޫލް އަށް އެވާހަކަ ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވީ އެބުނީ ތެދެއް ކަމަށެވެ.  

ވީމާ ހެނދުނު ކުރުސި ކިޔަވާށެވެ. އެއިރުން އެދުވަހު އެގެއަކަށް ރައްކައުތެރިކަން ދެއްވަވާނެތެވެ. ހަވީރު/ ރޭގަނޑު ކިޔަވައިފިނަމަ އެރެއަކު ރައްކައުތެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން